ދަ ގްރާންޑޭޭގެ ހާލަތު އިތުރަށް ގޯސްނުވާނެ ކަމަށް އިންމަ ބުނެފި

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންމަ ވާހަަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންމަ ވާހަަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ދަ ގްރާންޑޭގެ ފަރާތުން ފެނުނު ކުޅުން ފަހަކަށް އައިސް އެ ޓީމަށް ތަކުރާރު ކުރެވިފައިނުވާއިރު، ލީގުގައި މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިޔަސް ދަ ގްރާންޑޭ އިތުރަށް ފަހަތަށް ނުވެއްޓޭނެ ކަަމުގެ އިތުބާރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

ލީގުގެ ދެ ވަަނަ ބުރު ފެށިގެން އަދި ހާއްސަކޮށް ކޮވިޑްގެ ކޭސްތައް ގިނަވާތީ ލީގު ހުއްޓާލަން ޖެހުމުން މި އައި ބްރޭކަށް ފަހު މިދިޔަ މަހު ފަހު ކޮޅު ލީގު ފެށި ފަހުން ދަ ގްރާންޑޭގެ ހާލަތު އަންނަނީ ދަށްވަމުންނެވެ. އޭގެ އަސަރު ޓީމުގެ ނަތީޖާތަކަށް ވެސް ވަނީ ކޮށްފަ އެވެ.

ވެލެންސިއާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުނީ ހާލަތު އޮތްގޮތުން ނަތީޖާތަކަށް އަސަރުކުރުމުން އޭނާ ވެސް ކަންބޮޑުވާ ކަމަށާއި މިކަމުން އަަރައިގަންނަން ވެލެންސިއާ މެޗު މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"މި ކަހަލަ މުހިއްމު މެޗަކުން އަޅުގަނޑުމެންނަށް ޕޮއިންޓެއް ލިބިއްޖިއްޔާ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ޓާނިން ޕޮއިންޓަކަށް ވުން ވެސް އެކަށީގެންވޭ. އަޅުގަނޑުމެން މި ހާލަތުގައި ވިނިން މެންޓަލިޓީ އަކަށް ޕްލޭޔަރުން އެރި ކަމުގައި ވިޔަސް ސަބަބުތަކާ ހުރެ މެޗުތަކުން ތިން ޕޮއިންޓް ނުނެގިން މި އުޅެނީ. މި މެޗަކީ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ރަނގަޅު ފޯމަކަށް ޓީމު ބައްޓަން ކުރަން މުހިއްމު މެޗެއް،" އިންމަ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ބަލިވި ކަމަށްވިޔަސް އެވަރަކަށް ޓީމު ވެއްޓުނަނުދޭނަން. ދެން މޮޅުވެޖިއްޔާ ކުޅުންތެރިންނަށް ހިތްވަރެއް. އެކަަމަކު އެހެން އިތުރު ކަމެއް ދިމާވިޔަސް އަޅުގަނޑުމެން އެވަރަށް ވެއްޓުނުނަދޭން،"

ދަ ގްރާންޑޭ އިން ވަނީ ލީގުގެ ފުރަތަމަ ބުރުގައި 2-1 އިން ވެލެންސިއާ ބަލިކޮށްފަ އެވެ.

އިންމަ ބުނީ ދަ ގްރާންޑޭގެ ޕާފޯމަންސް ދަށްވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ޓީމުގެ ޕްރެކްޓިސް ސެޝަންތައް އެންމެ ރަނގަޅަށް ނުދިއުން ކަމަށެވެ. އަދި އެކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދުވަހެއް ދުވަހަކަށް އެކަންތައްތަކަށް ވެސް ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް އިންމަ ބުންޏެވެ.

އަޔާ ޕްރެކްޓިހުގައި ބައިވެރިއެއްނުވޭ: އިންމަ

ލީގުގެ މެޗެއްގެ ވޯމްއަޕްގެ ތެރެއިން އަޔާ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ލީގުގެ މެޗެއްގެ ވޯމްއަޕްގެ ތެރެއިން އަޔާ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ މެޗެއްގެ ވޯމްއަޕްގެ ތެރެއިން އަޔާ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މި ފަހަރު ލީގުގައި ދަ ގްރާންޑޭ ކޮޅަށް ގިނަ މެޗުތަކުގެ ނަތީޖާ އެނބުރިފައި ހުރީ އެ ޓީމުގެ ހުނަރުވެރި ފޯވާޑް އަޔާޒް އަހުމަދު (އަޔާ)ގެ ގޯލުތަކުންނެވެ. އެކަމަކު އެ ކްލަބްގެ ޕްރެކްޓިހުގައި އަޔާ ބައިވެރިނުވާ ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

"އަޔާ ޕްރެކްޓިހަށް ނުނިކުންނަތާ މިހާރު ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ވެދާނެހެން އަޅުގަނޑަށް ހީވަނީ. މެނޭޖްމަންޓުން އޭނައާ ޑީލްކުރަމުން އެބަދޭ. ހަމަގައިމު ވެސް (އަޔާ) ޓްރެއިނިން ސެޝަން އަށް ނުނިކުންނަތަން ގާތްގަނޑަކަށް 10 ދުވަސް ވެދާނެ ހެން ހީވަނީ،" އިންމަ ބުންޏެވެ.

އަޔާ ޕްރެކްޓިހަށް ނުނިކުތް ނަމަވެސް މެޗުގައި ބޭނުންކުރާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އިންމަ ބުނީ "ޕްރެކްޓިސް ކުރާ މީހުން ބޯޅަ ކުޅޭނެ. ޕްރެކްޓިސް ނުކުރާ މީހުން ބޯޅައެއް ނުކުޅޭނެ. އެކަން އޮންނާނީ އެހެންދޯ،" މިހެނެވެ.

ލީގުގައި އެންމެ ފަހުން ދަ ގްރާންޑޭ ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވިއިރު، އިންމަ ވަނީ އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ގްރާންޑޭގައި ރަނގަޅުކުރަން ޖެހޭ މައްސަލަތަކެއް ހުރި ކަމަށް ބުނެފަ އެވެ. އަދި އެ ކަންތައްތަކަށް ހައްލެއް ހޯދައި ހާލަތު ބަދަލުކުރެވޭތޯ ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށް އިންމަ ބުންޏެވެ.

އެ ކަންތައްތަކަށް އިޝާރާތްކޮށް އިންމަ ބުނީ ކޯޗަކަށް ހުންނަ މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު އުނދަގުލަކީ ދަނޑުމަތީގައި ތިބޭ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ނުކުޅުން ކަމަށެވެ.

"ކުރިން މެޗުގައި ދަނޑުމަތީގައި އަޅުގަނޑުމެންގެ ޕްލޭޔަރުންގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގަމުންދިޔަ. އެއްޗެކޭ ބުނީމަ އޭގެ ރައްދުގެ ގޮތުގައި ބަސްމަގުތައް ރަނގަޅުނޫން ކަންތައްތައްތަކެއް ވެސް އައި. މި ކަހަލަ ކަންތައްތަކާ ހުރެ އަޅުގަނޑުމެންގެ ޓީމުގެ ޕާފޯމަންސް ވެއްޓިގެންދިޔައީ. ޓީމެއްގެ ގޮތުގައި ނުކުޅެވި އެކަކު އަނެކަކަށް ބޯޅަތަކުގައި އެއްޗެހި ބުނުމާ އެއަށް އަޅުގަނޑު އެޑްރެސް ކުރާ ވާހަކަ ބުނީ،" ކުރިން މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ވެސް އުފުލި އިންމަ ބުންޏެވެ.

"އެއީ އެއްކޮށް ހުއްޓަން ޖެހޭ ކަންތައްތައް. ޓީމެއް މޮޅުވާން ބޭނުންވަންޏާ މި ކަންތައްތައް ހިނގައިގެންނުވާނެ."

ލީގުގައި ވެލެންސިއާ އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މިރޭ 22:00 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox