ޑެޕިއުޓީ މޭޔަރުގެ ވާދަވެރިކަން ބޮޑުވެއްޖެ

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަ ކުރާ ޝުޖާ، ނަހުލާ، އަދި އައްލޮ: ތިން މީހުންގެ މެދުގައި ވާދަވެރިކަން ބޮޑު--

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަ ކުރާ ޝުޖާ، ނަހުލާ، އަދި އައްލޮ: ތިން މީހުންގެ މެދުގައި ވާދަވެރިކަން ބޮޑު--

މާލޭ ސިޓީއަށް އިންތިހާބު ކުރި މެމްބަރުންގެ ތެރެއިން ޑެޕިއުޓީ މޭޔަރުކަމަށް އައްޔަން ކުރާނެ ބޭފުޅެއްގެ ވާދަވެރިކަން އިދިކޮޅު ކޯލިޝަންގެ ތެރޭގައި ބޮޑުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭ ގޮތަށް 19 މެމްބަރުން އިންތިހާބު ކޮށްފައިވާއިރު އޭގެ ތެރެއިން 12 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިންނެވެ. އެ ކޯލިޝަނަށް ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިފައިވާއިރު މިހާރު އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޑެޕިއުޓީ މޭޔަރުގެ މަގާމަށެވެ.

ޑެޕިއުޓީ މޭޔަރުކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަހުލާ އަލީ އާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ނާސިރު (ހެރިންސް އައްލޮ) އެވެ. އޭގެ އިތުރުން ޕީޕީއެމްގެ ބައެއް ސަޕޯޓަރުން އަންނަނީ ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ޑެޕިއުޓީ މޭޔަރަކަށް ގެނައުމަށް ކެމްޕެއިން ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ޕީޕީއެމްގެ ސަޕޯޓަރުން އަންނަނީ އެ ތިން ކެންޑިޑޭޓުންނަށް ފޯރިގަދަ ކެމްޕެއިންތަކެއް ކުރަމުންނެވެ.

ޑެޕިއުޓީ މޭޔަރުކަމަށް އޭނާ އައްޔަން ކުރަން ޖެހޭ ސަބަބާ ގުޅޭގޮތުން، ނަހުލާ "އަދަދު" އަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްއަށް ތާއީދު ހޯދުމަށް ވެސް އޭނާ ފަދަ ޒުވާން އަންހެނަކު މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް އައްޔަން ކުރުމަކީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމުން ވެސް ހިތްވަރު ދޭނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު އަދި ހަގީގީ ބާރުވެރިކަން ދެ ޖިންސަށް ހަމަހަމަ އަށް ލިބިދިނުމަކީ މި ދައުރުގައި ޕީޕީއެމްއިން ވެސް ތަރުހީބު ދެއްވާނެ ކަމެއް ކަމުގައި ޔަގީން ކުރަން،" ނަހުލާ ވިދާޅުވި އެވެ.

އޭނާ އަކީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މޭޔަރުގެ މަގާމަށް އިންތިހާބުވި ޑރ. މުހައްމަދު މުއިއްޒާއެކު މަސައްކަތް ކުރުމުގެ ގާބިލުކަމާއި ތައުލީމު ވެސް ލިބިފައި ހުރި މީހެއް ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

އަބްދުﷲ ނާސިރު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ހިދުމަތް ކުރަން ދިން ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ ކަމަށެވެ. އެގޮތުން މާލޭ ޑެޕިޔުޓީ މޭޔަރުގެ މަގާމަށް އޭނާގެ ޝައުގުވެރިކަން އެބަ ހުރި ކަމަށް ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ޑެޕިއުޓީ މޭޔަރުގެ މަގާމާ ގުޅޭގޮތުން "އަދަދު" އިން ސުވާލު ކުރުމުން ޝުޖާއު ވިދާޅުވީ އެކަމާ މެދު އެއްޗެއް ވިދާޅުވާން އަދި ބޭނުން ނުވާ ކަމަށެވެ.

ކުރިން ބާރަށު ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރެއްވި ޝުޖާއުއަށް ތާއީދުކޮށް ވާހަކަދައްކާ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ބުނަނީ ޝުޖާއުއަކީ ޕީޕީއެމް އެންމެ ހާލުގައި ޖެހުނު ދުވަހު ގިނަ މަސައްކަތްތަކެއް ޕާޓީއަށްޓަކައި ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޑެޕިއުޓީ މޭޔަރު ކަމަށް އޭނާ ގެނައުމަށް އެ ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ.

ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ޑެޕިއުޓީ މޭޔަރުންގެ ވާދަވެރިކަން ބޮޑު ނަމަވެސް އެ ޕާޓީން އަދި ރަސްމީކޮށް އެކަމާމެދު ގޮތެއް ނުނިންމަ އެވެ. ޑެޕިއުޓީ މޭޔަރު ކަނޑައަޅާނީ ޕާޓިންކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ.

މިއީ މާލޭން އިންތިހާބެއް އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހުރިހާ އިންތިހާބެއްގައި މާލޭގެ އަގުލަބިއްޔަތު ނަގަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox