އެޗްއާރްސީއެމުން ދޫނިދޫއަށް ގޮސް އަނިޔާ ލިބުނު މީހާގެ ބަޔާން ނަގައިފި

ސެޓަލައިޓަކުން ދޫނިދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އަނިޔާ ކުރި ކަމަށް ބުނަނީ ތިމަރަފުށީ މީހަކަށް -- ފޮޓޯ: ގޫގަލް މެޕްސް

ސެޓަލައިޓަކުން ދޫނިދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އަނިޔާ ކުރި ކަމަށް ބުނަނީ ތިމަރަފުށީ މީހަކަށް -- ފޮޓޯ: ގޫގަލް މެޕްސް

ދޫނިދޫ ޖަލުގެ ގޮޅިއަކުން ނެރެ ގައިދީއަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނުން ޖަލަށް ގޮސް ގައިދީގެ ބަޔާން ނަގައިފި އެވެ.

ފުލުހުން އަނިޔާ ކުރި ކަމަށް ބުނަނީ ޓެރަރިޒަމްގެ މައްސަލައެއްގައި ތ. ތިމަރަފުށިން ހައްޔަރުކޮށްފައިވާ ގުރޫޕުގެ ތެރެއިން އެ ރަށު، އަސްރަފީވިލާ، އަހުސަން މުހައްމަދަށެވެ.

ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުރި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ބުނާ މައްސަލައަކީ އެޗްއާރުސީއެމުން ބަލަމުންދާ މައްސަލައެކެވެ.

"އަނިޔާ ލިބުނުކަމަށް ބުނާ ފަރާތާ [މި ކޮމިޝަނުން] ބައްދަލުކޮށް ވަނީ މައުލޫމާތު ސާފުކޮށްފަ. ކޮމިޝަނުން މި މައްސަލަ ބަލަމުންދާކަން އާއިލާއަށް ވެސް ވަނީ ސާފްކޮށްދެވިފަ. މި މައްސަލަ އެންޓި-ޓޯޗަރ ގާނޫނުގެ ދަށުން އެޗްއާރުސީއެމުން ތަހުގީގު ކުރާނެކަމުގައި ދަންނަވަން،" އެޗްއާރްސީއެމުން ޓުވިޓަރުގައި ބުނެފައިވެ އެވެ.

އަހްސަން ހައްޔަރުކުރީ، އައިސިސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ހިތްވަރުދީ ރާވަމުން ދިޔަ ކަމުގެ ތުހުމަތަށެވެ. އޭނާއާ އެކު ހައްޔަރުކުރި ހަތް މީހެއްގެ މައްޗަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.

ޖަލުގައި އަހްސަންއާ ދޭތެރޭގައި އަމަލުކުރި ގޮތާއި ގޮޅިއަށް ވެއްދުމުގައި ބާރުގެ ބޭނުންކުރުމުން އާއިލާ އިން ކުރި ޝަކުވާ ސާފުކޮށްދެމުން ފުލުހުން ރޭ ބުނީ އަހްސަން ގޮޅިން ބޭރަށް ނެރެން ޖެހުނީ ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާއަށް ނުފެންނަ ގޮތް ހެދުމަށް އެކި މަސައްކަތްތައް ކުރަމުން ދިއުމުންނެވެ. ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އޭނާ ގޮޅިން ބޭރަށް ނެރުނީ ފުލުހުން ބުނިގޮތުގައި މިދިޔަ ހޮނިހިރުދުވަހުގެ ރޭ އަށެއް ޖެހި އިރެވެ. އޭނާ އަށް ފުލުހުން އެންގީ ކެމެރާގައި އުނގުޅާފައި ހުރި ދަތް އުނގުޅާ ބޭސް ސާފުކުރުމަށާއި ކެމެރާ ބްލައިންޑް ކުރަން ބޭނުންކުރާ ތަކެތި ގޮޅިން ނެރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox