ރަނޭ، ރަނޭއަކަށް ހެދީ ވޮލީން، ބޭނުންވަނީ އޭގެ އަގު އަގުއަދާކުރަން

ރަނޭ، ރަނޭއަކަށް ހެދީ ވޮލީން، ބޭނުންވަނީ އޭގެ އަގު އަގުއަދާކުރަން

ރާއްޖޭގެ ވޮލީބޯޅަ މިދިޔަ 18 މަސް ދުވަސް ހޭދަކުރީ ގަދަކަނޑެއްގަ އެވެ. ގަދަ އޮޔާއި ވައިގެ ތެރޭގައި ދާ ދިމާލެއް ނޭގޭ ހާލަތުގަ އެވެ. އެކަމަކު 2019 ވަނަ އަހަރު ފަހުކޮޅު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމާއި ދުނިޔޭގެ ފެޑެރޭޝަން އެފްއައިވީބީގެ ހިއްސާ ވެސް އޮވެގެން ކުރި މަސައްކަތުން ވޮލީބޯޅަ އެސޯސިއޭޝަން މިހާރު އޮތީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްފަ އެވެ.

މައްސަލަތައް ހައްލުކޮށް ބޭއްވި އިންތިހާބު ކާމިޔާބުކޮށް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ވަޑައިގަތީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ރަނޭޝް (ރަނޭ) އެވެ. މިދިޔަ ދައުރުގައި ސީނިއާ ނައިބު ރައީސެއްގެ މަގާމުން ފެނުނު ރަނޭ މި ފަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވީ ވޯޓުގައި ބައިވެރިވި ހަ ކްލަބުގެ ތާއީދާ އެކު އެވެ.

ރަނޭ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވީއޭއެމްގައި މައްސަލައެއް އުފެދުމާ އެކު އެންމެ ބޮޑު އެހީއެއް މިވީ މައި އިދާރާ އެފްއައިވީބީ އިން ކަމަށާއި އެފްއައިވީބީ އިން އެޑްހޮކް ކޮމިޝަނެއް އުފެދި އެ އެޑްހޮކް ކޮމިޝަންގެ ބެލުމުގެ ދަށުން އިންތިހާބަކަށް ދިިއުމުން ހަގީގަތުގައި މީގެ ފައިދާ ބޮޑުކަމަށެވެ.

Advertisement

"ގާތްގަނޑަކަށް 18 ވަރަކަށް މަސް ދުވަހު މަސައްކަތް ކުރުމަށް ފަހު ނަތީޖާ ނެރެވުނީ. އަޅުގަނޑަށް ހީވަނީ އެ ކުރެވުނު މަސައްކަތަކީ ވަރަށް އިންޑިޕެންޑެންޓް ވަރަށް ރަނގަޅު މަސައްކަތެއް ހެން. އެހެންވީމަ މިއީ ވަރަށް ފުރިހަމަ މަސައްކަތެކޭ އަޅުގަނޑު ދަންނަވާނީ. މި ފަދަ ފުރަތަމަ މަސައްކަތޭ ވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ،" ރަނޭ ވިދާޅުވި އެވެ.

ނުވަދިހައިގެ ކުރީކޮޅުން ފެށިގެން ވޮލީ ކުޅެން ފެށި މަޝްހޫރު ސެޓަރު ރަނޭ އަކީ 2006 ގެ ދޯހާ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނެވެ. އަދި ޤައުމީ ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ސެޓަރުގެ މަގާމު ޖެހިޖެހިގެން ތިން އަހަރު ހޯދި ރަނޭ ވަނީ ވޮލީގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެގޮތުން ރަނޭ ވަނީ ހިޒް ކުލަބަށް ގައުމީ ތަށި މިލްކުކޮށްދީ އައްޑޫ ސްޕޯޓްސް ކްލަބާއި ދ. ވާނީ ޒުވާނުގެ ޖަމިއްޔާ އާއި ދިވެހި ސިފައިންގެ ކްލަބް އަދި މޯލްޑިވިއަން ސްޕޯޓްސް ކުލަބުން ގައުމީ ތަށި އުފުލާލަދީފަ އެވެ. ލީގައި ރަނޭ ގައުމީ ފެންވަރުގައި ނުދެކޭ ކާމިޔާބެއް ނެތެވެ.

ރަނޭ ވިދާޅުވީ ވޮލީބޯޅަ އަކީ އޭނާ ދެ ވަނަ އާއިލާ ކަމަށެވެ. އަދި އެއީ ސަބަބުތަކެއް ވެސް ހުރީމަ އެވެ.

ހަގީގަތުގައި ރަނޭ ރަނޭ އަކަށް ވެގެން މީހުން ދަންނަން ފެށީ ވެސް ވޮލީ ކުޅުނީމަ. އަޅުގަނޑުގެ ސްކޫލް ދައުރު މަޖީދިއްޔާ ނިންމާފައި ކްލަބްތަކަށް ކުޅުނު ކުޅުމުގައި އަޅުގަނޑު ނެޝަނަލް ޓީމަށް އަރައި އޭގެ ޕާފޯމް ކުރެވި، އެ ކުޅިވަރުގެ ސަޕޯޓަރުންގެ ލޯބި އަޅުގަނޑަށް ލިިބިގެން ދިޔަ ދިއުން ހަނދާން އެބަހުރި. އެއީ އަޅުގަނޑަށް ރަނޭ ކިޔާ ކިއުމަކީ. ކުޑަކޮށް އިމޯޝަނަލް ވެސް ވޭ އެ ވާހަކަ ދައްކާލަން

ރަނޭ ވިދާޅުވީ އޭނާ އަކީ ޕްރޮފެޝަނަލް ލެވަލްގައި ވޮލީ ކުޅެގެން ލިބުނު ފައިސާ އިން ކެރިއަރު ޑިވެލޮޕްކުރި މީހެއް ކަމަށެވެ. އެ ގޮތުން މި ވަގުތު ގައުމީ އެއާލައިނުގެ ކެޕްޓަނަކަށް ހުރިއިރު، އެކަން ކުރަން އެންމެ ބޮޑަށް މަގުކޮށައިދިިނީ ވޮލީންކަން ރަނޭ ގަބޫލުކުރެ އެވެ. ރަނޭ ބުނީ އެ ދުވަހުން ފެށިގެން އޭނާ އަޒުމު ކަނޑައެޅި އެއް ކަމަކީ ވޮލީ އަށް ތަފާތު މަސައްކަތެއް ކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑަށް ވޮލީބޯޅައިން ދިރިއުޅުން ހޯދައިދިނީމަ. ވޮލީބޯޅަ އަޅުގަނޑު މީހަކަށް ހަދައިދިނީމަ އަޅުގަނޑު އޭގެ ބަދަލު ވޮލީބޯޅަ އަށް ދޭން ބޭނުންވި. ވޮލީބޯޅައިގައި ތިބި ކުޅުންތެރިންނާއި ކޯޗުންނަށް ހަގީގީ ވޮލީބޯޅަ ދައްކައިދޭން ބޭނުން. އަޅުގަނޑު ދެކޭ ހަގީގީ ވޮލީބޯޅަ އަކީ އެންމެންނަށް ހަމަހަމަ އަށް މަންފާ ކުރާ ވޮލީބޯޅަ އެއް،" ރަނޭ ވިދާޅުވި އެވެ.

ފާޑުކިޔަން ޖެހޭ، ޕްރެޝަރެއް ވެސް އޮންނަން ޖެހޭ

ވީއޭއެމްގެ އިންތިހާބުގައި ރަނޭއާ ވާދަކުރީ ކުރިން އެސޯސިއޭޝަންގެ ނައިބު ރައީސަކަށް މަސައްކަތްކުރި އިލްޔާސް ވަހީދު (އިއްލަ) އެވެ. ވީއޭއެމް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި އޮތީ ނުވަ ކްލަބަކަށެވެ. ރަނޭ އަށް ހަ ކްލަބްގެ ތާއީދު ލިބުނުއިރު، އިއްލަ އަށް ތާއީދުކުރި ތިން ކްލަބުން ވޯޓުގައި ބައިވެރިއެއްނުވެ އެވެ.

ރަނޭ ވިދާޅުވީ ހަގީގަތުގައި މިއީ ވަރަށް ވާދަވެރިކޮށް ދިޔަ އިންތިހާބެއް ކަމަށާއި އިންތިހާބު ނިމުނުއިރު ނަތީޖާ އަކީ 6-0 ވިޔަސް އޭނާ ގަބޫލުކުރާ ނަތީޖާ އަކީ 6-3 ކަމަށެވެ.

"އެއީ ވޯޓުނުލީމަ އަޅުގަނޑު މި ބަލަނީ އަޅުގަނޑާ އިދިކޮޅު ތިން ޓީމު ކަމަށް. އެތިން ކްލަބާ ހަ ކްލަބް އެއްކުރުން އެއީ މުހިއްމު ކަމެއް އަޅުގަނޑު ކުރާނެ. އެކަން ކޮށްގެން ނޫނީ ދިވެހި ވޮލީބޯޅަ ކުރިއަކަށް ނުގެންދެވޭނެ،" ރަނޭ ވިދާޅުވި އެވެ.

ރަނޭ ދެކޭ ގޮތަށް ބަލާއިރު، ވޮލީއާ ހިޔާލުތަފާތުވާ އެއްވެސް މީހަކު ނެތެވެ. ހިޔާލު ތަފާތުވުންތައް މި އުޅޭނީ ލީޑަޝިޕާ ދެމެދުގަ އެވެ. އެކަން އެ ގޮތަށް އޮތުމަކީ ހަގީގަތުގައި ރަނގަޅުކަމެއް ކަމަށް ރަނޭ ގަބޫލުކުރައްވަ އެވެ. އެންމެން އެއްކޮޅުގައި ތިބެގެން އެންމެ ރަނގަޅު މަސައްކަތެއް ނުވެސް ކުރެވޭނެ އެވެ.

"އަޅުގަނޑާ ދެކޮޅު ބަޔަކު ތިބެން ވެސް ޖެހޭ. ތިބީމަ ޕްރެޝަރަކަށް ވެސް އެބަވޭ ޕާފޯމްކުރަން. ސްޓްރެސް އެއް ނެތިއްޔާ އިންސާނުންނެއް ޕާފޯމެއް ނުކުރާނެ. ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮންނަން ވާނެ. މާ ބޮޑަށް ހަމަޖެހިލައިފިއްޔާ ދެން އެ މީހާ އަކީ ވަރަށް ކޫލް މީހަކަށްވާނީ. އެހެންވީމަ އިދިކޮޅު އޮންނަން ޖެހޭ. އޭގެ އޮންނަން ވާނީ ބިނާކުރި ފާޑުކިޔުމާއި ވޮލީބޯޅަ އަށް ފައިދާ ހުންނަ ކަންތަކުގެ ވާހަކަ ދައްކަންވާނީ،" ރަނޭ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނުތިބޭނެ އިދިކޮޅު މީހުންނެއް. ވޮލިބޯޅައާ ޖެހުނީމަ އަޅުގަނޑަށް ތިބޭނީ އެއް ޓީމެއް އެއް ބަޔަކު"

ރަނޭ ބުނީ އިންތިހާބުގައި އޭނާއާ ދެކޮޅަށް ތިބި މީހުން މުސްތަގުބަލުގައި އޭނާގެ ޕްލޭންތަކުގައި އެކުގައި މަސައްކަތްކުރުމުގެ ވެސް ފުރުސަތު އެބައޮތް ކަމަށާއި އޭނާގެ ޕްލޭންތަކަށް އެހީވާން އަބަދުވެސް ނަގާނީ އެކަމަށް އެންމެ ގާބިލުމީހާ ކަމަށެވެ.

އެންމެ ފަހުން އޮތް ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިޕްގައި ރަނޭ ހިމެނިވަޑައިގެންނެވި އެވެ. ފުރަތަމަ ހަޒާންދާރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ފަހު ދެން ފެނުނީ ސީނިއާ ނައިބު ރައީސެއްގެ މަގާމުގަ އެވެ. އެކަމަކު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ރަނޭ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރަނޭ ވިދާޅުވީ އޭރު އޮތް ލީޑަޝިޕާ އެއްކޮޅު އެއްވެސް ކްލަބެއް ނެތޭ ބުންޏަސް ދޮގަކަށްނުވާނެ ކަމަށާއި އޭގެ ސަބަބުން ވޮލީބޯޅަ އާއިލާ އޮތީ އާއިލާ ރޫޅިފައިކަމަށެވެ. އަދި ވޮލީ އާއިލާ އަކަށް މި ވަނީ ކްލަބްތަކާ މި އޮންނަ ގުޅުން ވަރުގަދަވުން ކަމަށާއި އެ ގުޅުން ގޯސްވުމުން ހުރިހާ ވޮލީ ކުުޅުންތެރިންނަށް އަސަރުކޮށްފައިވާ ކަަމަށް ރަނޭ ވިދާޅުވި އެވެ.

"ބޯޅައެއް ހޯދާލަން ދާނެ ދިމާލެއް ނެތް. ރެފްރީއެއް ހޯދާލާނެ ދިމާލެއް ނެތް. ކޯޗަކު ހޯދާލަން ގުޅަންވީ ކާކަށް ކަމެއް ވެސް ނޭނގެ. ކޮން ކަމެއް ކަމެއް ކޮށްދޭނީކީ އެއް ވެސް ނޭނގެ،" އެންމެ ފަހުން އޮތް ލީޑަޝިޕްގެ ފަހު ދުވަސްތަކަށް އިޝާރާތް ކުރައްވައި ރަނޭ ވިދާޅުވި އެވެ.

ރަނޭ އަށް މި ވަގުތު އޮތް ހިތްހަމަ ޖެހުމަކީ މިހާރު މި ވަގުތު މެޖޯރިޓީ ކްލަބްތަކަށް އެއް ގަލަކަށް އެރިފައި ތިބުމެވެ. ދެން ރަނޭ އަށް އޮތް ޗެލެންޖަކީ ދެން ހުރި ކްލަބްތަައް އެއް ގަލަށް އެރުވުމެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑު މިތަނަށް (ވީއޭއެމް) އަށް ކުރިމަތިލީ އެ ގޮނޑި އަޅުގަނޑަށް މާ މުހިއްމުވެގެނެއް ނޫން. އަޅުގަނޑުގެ ވިސްނުންތަކެއް އެބަހުރި ވޮލީބޯޅަ އަށް ހިދުމަތްތަކެއް ކޮށްދޭން. އަޅުގަނޑު ވޮލީ އަށް އޮތް އިހުލާސްތެރިކަން އެއީ އެންމެ ބޮޑު ހިތްހަމަޖެހުން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ހަތަރު އަހަރުގެ ދައުރެއް ނިމޭއިރުގައި އެ ބޭފުޅުން އަޅުގަނޑުގެ ކައިރިގައި އިތުރު އެއް ދައުރަަކަށް އެދޭ ވަރަށް މަސައްކަތްކުރުން،" އިތުބާރާ އެކު ރަނޭ ބުންޏެވެ.

"ފެތެމުންދިޔަ އޮޑިއެއް ފެތުމުގެ ކުރިން ސަލާމަތްވެފައި މި ތިބީ. މިހާރު މި ތިބީ ހިކިފަސްތަނެއްގައި. ދެން އޮންނާނީ ދަނޑު ކޮށައިގެން މޭވާ ހައްދައިގެން ލިބޭ މޭވާގެ ފޮނިކަން ލިބިގަތުން. އެ މަސައްކަތުގައި އެންމެން ބައިވެރިވާންވީ."

ސަރުކާރާ ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ދިވެހި ވޮލީ އަށް ކޮށްދިނުމުގެ ވިސްނުމުގައި ހުރި ރަނޭ ވިދާޅުވީ ކްލަބްތައް ހަރުދަނާ ކޮށް ކޯޗުންނާއި ކުޅުންތެރިންނަށް ލިބޭ ފުރުސަތު އިތުރުކުރުމަކީ އޭނަ ވޮލީ އާއިލާ އަށް ވާ ވައުދެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox