ކަޝްމީރު މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން ސިއްރު މަޝްވަރާތައް ބާއްވައިފި

އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި ސިފައިން ދެ ގައުމުގެ ދިދަ ނަގައިގެން-- ފޮޓޯ: ރޮއިޓާޒް

އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި ސިފައިން ދެ ގައުމުގެ ދިދަ ނަގައިގެން-- ފޮޓޯ: ރޮއިޓާޒް

ކަޝްމީރު މައްސަލާގައި ހައްލެއް ލިބޭތޯ އިންޑިއާ އާއި ޕާކިސްތާނުގެ ޖާސޫސީ އޮފިޝަލުން މިދިޔަ ޖެނުއަރީ މަހު ޑުބާއީގައި ސިއްރުން މަޝްވަރާ ކުރި ކަމަށް ރޮއިޓާޒްއިން ރިޕޯޓުކޮށްފި އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑުވީ 2019 ވަނަ އަހަރު ކަޝްމީރުގައި އަމިއްލައަށް މަރުވެގެން އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގޮއްވާލުމުގެ ފަހަތުގައިވަނީ ޕާކިސްތާނުގެ ހަނގުރާމަވެރިން ކަން ހާމަވުމުންނެވެ.

އެކަމާ ހިތްހަމަނުޖެހިގެން އިންޑިއާއިން ވަނީ އެ ގައުމުން ކޮންޓްރޯލް ކުރާ މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ ކަޝްމީރުގެ ސަރަހައްދަށް އަމިއްލައަށް ވެރިކަން ހިންގުމަށް ދީފައިވާ ހުއްދަ އަތުލާފަ އެވެ. އެއާއެކު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުމަށް އަސަރުކޮށް، ވިޔަފާރި އަށް ވެސް ބުރޫއެރި އެވެ.

ނަމަވެސް މިހާރު ދެ ގައުމުން މަސައްކަތް ކުރަނީ އަލުން ޑިޕްލޮމެޓިކް ގުޅުން ހަމައަކަށް އަޅުވަން ކަމަށް ރޮއިޓާޒް ނޫހުން އޮފިޝަލުންނާ ހަވާލަދީ ރިޕޯޓުކޮށްފައި ވެއެވެ.

އިންޑިއާ އާއި ޕާކިސްތާނުން ވެސް ދެކެނީ މުޅި ކަޝްމީރަކީ އެ ގައުމެއްގެ ބަޔެއްގެ ގޮތުގަ އެވެ. އަދި ދެ ގައުމުން އަންނަނީ ކަޝްމީރު ދެ ފަޅިކޮށް، އެ ގައުމެއްގެ ފަޅި އެ ގައުމަކުން ކޮންޓްރޯލް ކުރަމުންނެވެ.

މަޝްވަރާތަކާ ގުޅޭ ގޮތުން ރޮއިޓާޒް އިން ރިޕޯޓުކުރީ ކީކޭ؟

ރޮއިޓާޒް އިން ބުނި ގޮތުގައި އިންޑިއާގެ ޖާސޫސީ އިދާރާއެއް ކަމަށްވާ ރިސާޗް އެނެލިސިސް ވިންގް އަދި ޕާކިސްތާނުގެ އިންޓަ ސާވިސަސް އިންޓެލިޖެންސުގެ އޮފިޝަލުން ޖެނުއަރީ މަހު ޑުބާއީއަށް ދަތުރުކޮށް ބޭއްވި މަޝްވަރާތަކުގެ މެދުވެރިއަކަށް އުޅުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުންނެވެ.

އެކަމާ ގުޅޭ ގޮތުން އިންޑިއާ އަދި ޕާކިސްތާނުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުން މީގެ ކުރިން ވެސް މިފަދަ މަޝްވަރާތައް ކޮށްފައި ވެއެވެ. ނަމަވެސް މަޝްވަރާއަށް ފަހު ރަސްމީކޮށް ދުވަހަކު ވެސް އެކަން ހާމައެއް ނުކުރެ އެވެ.

މި ފަހަރުގެ މަޝްވަރާތައް ޖެނުއަރީގައި ބޭއްވުމަށް ފަހު ދެ ގައުމުން ވެސް ނިންމީ ކަޝްމީރު ދެ ފަޅިކޮށްލާ "ލައިން އޮފް ކޮންޓްރޯލް" ސަރަހައްދުގައި ހަމަލާ ބަދަލު ކުރުން މެދުކަނޑާލުމަށެވެ. އަދި އެ ގައުމަކުން ކޮންޓްރޯލް ކުރާ ސަރަހައްދުގައި މި އަހަރު އިންތިހާބު ބާއްވަން ވެސް ނިންމާފައި ވެއެވެ.

އޭގެ އިތުރުން އިންޑިއާއިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ކަޝްމީރު ރައްޔިތުންނަށް ވެރިކަން ހިންގުމަށް އޮތް ހުއްދަ އަތުލުމުން ފާޑުކިޔުން ހުއްޓާލާނެ ކަމަށް ޕާކިސްތާނުން އެއްބަސްވެފައި ވެއެވެ.

ބަދަލުގައި އިންޑިއާއިން އެއްބަސްވީ އެ ގައުމުން ކޮންޓްރޯލް ކުރާ ސަރަހައްދުގައި އުޅޭ އިންޑިއާ ސިފައިންނަށް އަމާޒުވާ ހަމަލާތަކުގެ ތުހުމަތު ޕާކިސްތާނަށް ނުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox