ނިންމީ ޕްރޮފެޝަނަލް ނިންމުމެއް، މާޒިޔާއާ ޒާތީ ކަމެއް ނެތް: ނިޒާމްބެ

ލީގުގެ މެޗެއްގެ ތެރެއިން ނިޒާމްބެ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އަދަދު

ލީގުގެ މެޗެއްގެ ތެރެއިން ނިޒާމްބެ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އަދަދު

އޭނާ މާޒިޔާ ކޯޗުކަމުން އިސްތިއުފާ ދިނުމަކީ ޕްރޮފެޝަނަލް ނިންމުމެއް ކަމަށާއި އެކަމާ ހެދި މާޒިޔާއާ ދެމެދު ޒާތީ އެއްވެސް ކަމެއް އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު 21 ވަނަ ދުވަހު މާޒިޔާ އިން ނިޒާމްބެ އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ހާއްސަކޮށް މިދިޔަ އަހަރުގެ އޭއެފްސީ ކަޕާއި މި ފަހަރުގެ ސީޒަނަށް އަމާޒުކޮށެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ސެންޓަރަލައިޒްކޮށް އޮކްޓޫބަރު މަހު މާލޭގައި ކުޅެން ނިންމައި މެޗު ޝެޑިއުލް ވެސް ނެރުނެވެ. އެކަމަކު ފަހުން އޭއެފްސީން މުޅި މުބާރާތް ކެންސަލްކުރަން ނިންމުމުން ނިޒާމްބެ އަށް މާޒިޔާ ގޮވައިގެން އޭއެފްސީ ކަޕްގައި ވާދަނުކުރެވުނެވެ.

މި އަހަރުގެ ލޯކަލް ސީޒަނާ ނިޒާމްބެ މާޒިޔާ ގޮވައިގެން ކުރިމަތިލައި އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ވަނީ ޑިސެމްބަރު މަހު އަށް ވަނަ ދުވަހު އީގަލްސް އަތުން 3-2 އިން ބަލިވެފަ އެވެ. އޭގެ ފަހުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ވަނީ 4-0 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން 7-1 އިން މޮޅުވިއިރު، ތިން ވަަނަ މެޗުން ވެލެންސިއާއާ ލަނޑެއް ނުޖެހި އެއްވަރުވީ އެވެ. ނިޒާމްބެ މާޒިޔާ ކޯޗުކަމުން ވަކިވީ ވެލެންސިއާ އަތުން އެއްވަރުވި މެޗަށް ފަހު މެނޭޖްމަންޓާ ދެކެވުނު ވާހަކަތަކަށް ފަހު އެވެ.

މާޒިޔާގެ ޕްރެކްޓިހެއްގެ ތެެރެއިން ނިޒާމްބެ އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: މާޒިޔާ
މާޒިޔާގެ ޕްރެކްޓިހެއްގެ ތެެރެއިން ނިޒާމްބެ އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: މާޒިޔާ

މާޒިޔާގެ ޕްރެކްޓިހެއްގެ ތެެރެއިން ނިޒާމްބެ އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: މާޒިޔާ

މާޒިޔާ ކޯޗުކަމުން ވަކިވި ފަހުން ނިޒާމްބެ ފުރަތަމަ ފަހަރަށް އެ ޓީމާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މާދަމާރޭ އެވެ. އެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ އޭނާގެ ކެރިއަރުގައި މިދިޔަ 20 އަހަރު މަސައްކަތްކުރީ ޕްރޮފެޝަނަލް ރަނގަޅު އުސޫލުން ކަމަށެވެ.

"މިހާތަނަށް ކެރިއަރުގައި މިދިޔަ 20 އަހަރު މި ހިސާބަށް އައިއިރު ފާހަގަކުރެވޭނެ ކަމެއް ކަންނޭނގެ ހުންނަ ޓީމެއްގައި އެ ރެސިޕީ ނޫނިއްޔާ އެ ޓީމެއްގައި އެ ތިބި ކުޅުންތެރިން ގޮވައިގެން އަނެއް ޓީމަކަށް މޫވް (ބަދަލުވާ) ކުރާ ކޯޗެއް ނޫން މީކީ އެއް. އެއާ އެކު އެކީގައި އެއްވެސް އިރެއްގައި އެއް ކްލަބެއްގެ ވެސް އެއްވެސް ބަޔަކާ ޕާސަނަލް ގްރަޖް (ޒާތީ ކަމެއް) އެއް ގެންގުޅޭ މީހެއް ނޫން،" ނިޒާމްބެ ބުންޏެވެ.

"ދެން އެ އިރެއްގައި އެ ނަގަންޖެހޭ ޕްރޮފެޝަނަލް ޑިޒިޝަނަކީ (ނިންމުމަކީ) އެ ޕްރޮފެޝަނަލް ނިންމުމެއް. އޭގެ ސަބަބުން އެ ޓީމުގެ އޮފިޝަލުންނާއި ނޫނީ މެނޭޖްމަންޓާއި އަދި ކްލަބަކާ ވެސް އެއްވެސް ޒާތީ ކަމެއް ނުބާއްވަން އަދި ހާއްސަކޮށް މިިތަން މިއީ ވަރަށް ކުޑަކުޑަ ތަނަކަށް ވެފައި މި ތަނުގެ އާބާދީ އަކީ ގާތްގަނޑަކަށް އެކު އެކީގައި އުޅޭ އެކުވެރިންތަކެއް ކަމަށް ވެފައި އެ ގޮތަށް (ޒާތީ ކަމެއް) ބޭއްވުމުން އޭގެ ފައިދާ އަށް ވުރެ ގެއްުލުން ބޮޑުވާނެކަމަށް ގަބޫލުކުރަނީ. އެހެންވެ އެ ކަހަލަ އެއްވެސް ވިސްނުމެއް ނެތް،"

ނިޒާމްބެ ބުނީ ކުރިއެކޭ އެއްގޮތަށް މާޒިޔާގެ މެނޭޖްމަންޓާ ވާހަކަދައްކައި އެ ސަކަރާތްޖަހާ އެ ހުރިހާ ކަމެއް އަންނަ ކަމަށާއި އޭނާ މާޒިޔާ އިން ވަކިވުމަކީ ޕްރޮފެޝަނަލީ ނިންމި ނިންމުމެއް ކަމަށް މާޒިޔާ އިން ވެސް ގަބޫލުކުރާ ކަމަށެވެ.

މާޒިޔާގައި މިހާރު އޮތް ސްކޮޑާ އެކު އެންމެ ފަހުން މަސައްކަތްކުރި ދިވެހި ކޯޗަކީ ނިޒާމްބެ އެވެ. ނިޒާމްބެ ބުނީ އެ ޓީމުގައި ތިބި ކުޅުންތެރިންނާ އެކު މަސައްކަތްކޮށްފައިވުމަކީ މާދަމާރޭގެ މެޗަށް ނުކުންނައިރު އެޑްވާންޓޭޖެއްގެ ގޮތުގައި އެހާ ބޮޑަށް ނުދެކޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

"އެޑްވާންޓޭޖަކަށް ވެގެން ވާނެ އިނީ އެންމެ ކަމެއް އެއީ އެހެން ޓީމުތަކާ އަޅާބަލާއިރު މާޒިޔާ އަށް ކުޅޭ ކުޅުންތެރިން ކުޅޭނެ ގޮތަކީ ނުވަތަ ކޮށްފާނެ ކަމަކީ ފަސޭހައިން އެނގޭނެ އެއްޗެއް. އެ ކުޅުންތެރުންނަކީ އެ ކުޅުންތެރިންގެ ސްޓައިލެއް ގާއިމްކޮށްފައި ތިބި ކުޅުންތެރިންނަށް ވީމަ ކުޅޭނީ ކިހިނެއް ކަމެއް ކޮށްފާނެ ކަމެއް ބުނެވިދާނެ،" ނިޒާމްބެ ބުންޏެވެ.

"ދެން ޑިސެޑްވާންޓޭޖަކީ އެ ކުޅުންތެރިންނަކީ އެކުރާ ކަމެއް ކޮންމެ ވަގުތެއްގައި ވެސް ބަދަލުކޮށްލެވޭނެ ކުޅުންތެރިންނަށް ވީމަ އެެ އަށް ސަމާލުވާން ކުޅުންތެރިން ލާން ޖެހޭ އެފާޓް (މަސައްކަތް) މުހިއްމީ. ކޮންމެ ގޮތެއް ވިޔަސް ކޯޗެއް އައީމަ އެ ކޯޗެއްގެ ޕްލޭނާއި ފިލޯސަފީ އާއި ހުރިހާ އެއްޗެއް އޭނަގެ ވައްޓަފާޅި އަށް ބަދަލުވާނެ. މޮޅެތި އަދި ސީނިއާ ޕްލޭޔަރުންތަކެއް ތިބިއްޔާ އޭތި މޯލްޑް (ހޭނެން) ކުރުމުގެ ފަސޭހަ ކަމެއް ލިބިގެންދާނެ،"

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިޒާމްބެ ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިޒާމްބެ ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިޒާމްބެ ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މާޒިޔާ ބަލިކުރުމަކީ ނުކުރެވޭވަރުގެ ކަމެކޭ ނުބުނާނަން: ނިޒާމްބެ

ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. މާޒިޔާ އެއް ވަަނައިގައި އޮތީ ކުޅުނު 11 މެޗުން 25 ޕޮއިންޓާ އެކު އެވެ. މާޒިޔާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ހަތް މެޗުން މޮޅުވެފަ އެވެ. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މީގެ ކުރިން ޓީސީގައި ހުރެ ނިޒާމްބެ ވަނީ މާޒިޔާ ކައިރިން މެޗުތަކުގައި ނަތީޖާ ނެރެފަ އެވެ. މި ފަހަރު ޓީސީއާ އެކު މި ވަގުތު އެ ކްލަބްގައި އޮތް ސްކޮޑާ އެކު އެކަން ތަކުރާރު ކުރެވިދާނެތޯ ސުވާލުކުރުމުން ނިޒާމްބެ ބުނީ އެއީ ނުކުރެވޭނެ ވަރުގެ ކަމެކޭ ނުބުނާނެ ކަމަށެވެ.

" ހަމައެކަނި މި އޮތް ވިސްނުމަކީ މިހާތަނަށް ލީގުގައި އެއްވެސް ޓީމަކަށް ބަލިނުކުރެވި އޮތް ޓީމު ވީމަ މިހެން ދައްކާއިރު ވެސް ވަރަށް ބޮޑު ވާހަކައެއް މި ދެއްކެނީ (ޓީސީގައި މި އޮތް) މި ވަރުގެ ސްކޮޑަކާ ބަލާއިރު. އެ ޓީމު ބަލިކުރެވިއްޖިއްޔާމު އެ ބަލިކުރުން އެއީ މި ލީގުގައި އެންމެ ބޮޑު އެއް ވިން (މޮޅު) އަށް ވެގެންދާނެ. އެއީ އެންމެ ބޮޑަށް އިންނާނެ ޓާގެޓަކީ އަދި ޗެލެންޖަކީ އެއްވެސް އިތުރު ވިސްނުމެއް ވަކި މާޒިޔާ ވީމަ ނެތް،" ނިޒާމްބެ ބުންޏެވެ.

"މި ކުޅުންތެރިން އެކުގައި މަސައްކަތްތަކެއްކޮށްފި ކަަމަށްވަންޏާ (މާޒިޔާ ބަލިކުރުމަކީ) ނުކުރެވޭނެ ކަމެކޭ ނުބުނާނަން. ދެން މި ސްކޮޑުގައި އެބަތިބި ވަރަށް ޔަންގް (ޒުވާން) ވަރަށް ޓެލެންޓެޑް (ހުނަރުވެރި) ކުދިން. އެ ކުޅުންތެރިންނަށް މަޑުމަޑުން މެޗު ދޭ ވަރަކަށް އެ ދަނީ ޕްރޫވް (ސާބިތު) ކޮށްދެމުން އެހެންވީމަ މަސައްކަތްކޮށްފިއްޔާ (މާޒިޔާ ބަލިކުރުމަކީ) ކުރެވޭ ވަރުގެ ކަމެކޭ ބުނާނީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މާޒިޔާ މެޗަކީ ލީގުގެ ކޮންމެ ޓީމެއް ވެސް އެންމެ ތައްޔާރުވާނެ މެޗު ކަމަށާއި ޓީސީން ވެސް މި މެޗު ނަގާނީ ސީޒަނުގައި އެ ޓީމަށް އެންމެ މުހިއްމު އެއް މެޗުގެ ގޮތުގައި ކަމަށެވެ.

ޓީސީއާ އަލުން ހަވާލުވެ ނިޒާމްބެ އެންމެ ފުރަތަމަ އެ ޓީމު ގޮވައިގެން ނުކުތް ދެ މެޗުން ވީ ބައްޔެވެ. އެކަަމަކު ފަހުން ކުޅުނު ދެ މެޗުން އެ ޓީމު ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. އެއީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ހޯދި މޮޅާއި ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްގެން ލިބުނު ހަތަރު ޕޮއިންޓެވެ.

މާޒިޔާ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox