1،344 ފްލެޓް ކުންފުނިތަކުގެ އިތުރުން އާއްމުންނަށް ވެސް ވިއްކަން ވިސްނަނީ

ހުޅުމާލެ: އެތަނުގައި އިމާރާތްކުރަމުން އަންނަ މަތީ ފެންވަރުގެ 1،344 ފްލެޓުގެ މަސައްކަތް މާޗް މަހު ނިމޭނެ ކަަމަށް ސުހެއިލް ވިދާޅުވި. -- ފޮޓޯ / އެޗްޑީސީ

ހުޅުމާލެ: އެތަނުގައި އިމާރާތްކުރަމުން އަންނަ މަތީ ފެންވަރުގެ 1،344 ފްލެޓުގެ މަސައްކަތް މާޗް މަހު ނިމޭނެ ކަަމަށް ސުހެއިލް ވިދާޅުވި. -- ފޮޓޯ / އެޗްޑީސީ

ހުޅުމާލޭގައި ކުރީގެ ސަރުކާރުން ފަށައި އެކި ސަބަބުތަކާ ހެދި ހުއްޓިފައި ވަނިކޮށް މި ސަރުކާރުގައި އަލުން އިމާރާތްކުރަމުން އަންނަ މަތީ ފެންވަރުގެ 1،344 ފްލެޓް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އާއްމުންނަށް ވެސް ވިއްކަން ވިސްނަމުން އަންނަ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް "އަދަދު" އަށް ވިދާޅުވީ ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ ގޮތަށް ނިންމި މަޝްރޫއު ފަހުން އެޗްޑީސީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކޮންޓްރެކްޓަރާ އެކު އޭރު ހައުސިން މިނިސްޓްރީން އެ މަޝްރޫއު ހިންގަން އެއްބަސްވެފައިވާ އަގުތައް ވަރަށް ބޮޑު ކަމަށާއި އެކަމަކު އެ އިމާރާތްތައް ހުރީ މި ފަހުން ހުޅުމާލޭގައި އުސްކޮށް ހަދާ ތަންތަނުގެ އުސޫލަށް ފެތޭ ގޮތަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

ސުހެއިލް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ފަހުން އިމާރާތްތައް ހަދަމުން އަންނަނީ ޕާކިން އާއި ކޮމާޝަލް ބޭނުންތަކަށް ވެސް ޖާގަ ހުސްކޮށްގެންނެވެ. އެކަމަކު އެ މަޝްރޫއުގައި އެކަން ހިމަނާފައި ނެތްއިރު، އެކަން ކުރެވެން އޮތީ އިތުރު ހަރަދުތަކާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމީ އެއަކަށް އިތުރު ލާރިއެއް [ކުންފުންޏަށް] ނުދޭނަމޭ. ޕްރޮޖެކްޓް ސްކޭލް ޑައުންކޮށްލާނީއޭ. ކުރިން އިނީ 1،500 ފްލެޓް އަޅާ ގޮތަށް. އަޅުގަނޑުމެން ގްރައުންޑް ފްލޯއަށާއި ފަސްޓް ފްލޯއަށް ކޮމާޝަލް އާއި ޕާކިންލާން ވެގެން ފްލެޓުގެ އަދަދު މަދުކުރީ 1،344 އަށް،" ސުހެއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގައި ޖުލައި، 2019 ގައި އަލުން ފެށި މަޝްރޫއުގައި ހައެއްކަ މަސް ކޮވިޑާ ހެދި މަސައްކަތް ނުކުރެވި ގެއްލިގެން ހިނގައްޖެ ކަމަށެވެ. އެކަމަކު އަންނަ މާޗަށް ނިމޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދީފައިވާ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

s
s

ސުހެއިލް "އަދަދު"އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވި ގޮތުގައި މަތީފެންވަރުގެ 1344 ފްލެޓް އާއްމުންނަށް ވެސް ގަތުމުގެ ފުރުސަތު ހުޅުވާލަން އަންނަނީ ވިސްނަމުން. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އެ ފްލެޓްތައް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިހާރު ހުޅުވާލައިފަ އެވެ. އެގޮތަށް ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، އަގުބޮޑުކޮށް އިމާރާތްކޮށްފައިވާ ފްލެޓްތަކަކަށް ވެފައި ބޭންކު ލޯނު ނަގައިގެން ފްލެޓް ގަންނަ ނަމަ އަގު ބޮޑުވާނެތީ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ތިން ކޮޓަރީގެ މި ފްލެޓްތަކުގެ އަގު އުޅެނީ 2.5-2.7 މިލިއަނާ ދެމެދުގަ އެވެ.

"ބޭންކުން މި އޮންނަ ރޭޓުން ކުރަންޏާ ވަަރަށް ބޮޑު އެއްޗެއް ދަައްކަން ޖެހޭ. ބެލީ ބޭންކަށް ނުވަދެ އެމްޕްލޯޔަރުން މެދުވެރިކޮށް ކޮންމެވެސް ކަހަލަ ގެރެންޓީއެއް ދީގެން އެކަން ކުރެވިދާނެ ކަމަށް. އޭރަށް މިސާލަކަށް އަޅުގަނޑު ސްޓާފެއްގެ ގޮތުގައި އުޅޭތީ އެމްޕްލޯޔާ މި ބުނަނީ އެޗްޑީސީން ޔަގީންކޮށްދޭނަމޭ މުސާރައިން ކަނޑާފައި މަހުން މަހަށް ދައްކައިދޭން،" ސުހެއިލް ވިދާޅުވި އެވެ.

"ކްރެޑިޓް ސްކީމް އޮންނަ ކަހަލަ ގޮތަކަށް. އަޅުގަނޑުމެން މިހާރު މިބަަލަނީ ޕަބްލިކަށް ހުޅުވާލައިގެން ވެސް ބޭންކަށް ނުވަދެ އެކަން ވާނެ އޮޕްޝަނެއް އޮތްތޯ. އަޅުގަނޑުމެން މިގޮތަށް ދާން ނިންމި މަގްސަދަކީ ވީހާވެސް ކުޑަ އަގެއްގައި ދިނުން."

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެކަމަށް ގޮތެއް ކަނޑައެޅޭނެ އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ވަނީ މި ފްލެޓްތައް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މަޝްރޫއެއް ކުރިއަށް ގެންދިޔަ ނަމަވެސް ބައެއް ތަންތަނުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

ސުހެއިލް ވިދާޅުވީ ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވިޔަސް އެއްވެސް ބަޔަކާ އެކު މިހާތަނަށް އެގްރިމެންޓެއްގައި ސޮއި ނުކުރާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މި މަޝްރޫއުގައި ފްލެޓްތައް އެޅީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިންނެވެ. މިއީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 1،000 ފްލެޓް އަދި އޭގެ ފަހުން ވެސް ހުޅުމާލޭގައި 700 ފްލެޓްގެ މަޝްރޫއަކާއި އަތޮޅުތަކުގައި ވެސް ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތައް ހިންގި ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox