އިންތިހާބުގެ ވާހަކަ މަޖިލީހުގައި ނުދެއްކެވި ސަބަބު ނަޝީދު ސާފުކޮށް ދެއްވައިފި

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ރައީސް ނަޝީދު ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ރައީސް ނަޝީދު ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލިސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މިއަދު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ އިންތިހާބާ ގުޅޭ ވާހަކައެއް ދައްކަވާފައިނުވާތީ އެކަން އިދިކޮޅުން ފާހަގަކޮށްފި އެވެ.

ގައުމުގައި ހިނގާ ކަންކަމާ ގުޅޭގޮތުން، ރިޔާސަތުގައި އިންނަވައިގެން އެކަމަކާ ގުޅޭ ގިނަ ވާހަކަތައް ނަޝީދު އާއްމުކޮށް ދައްކަވަ އެވެ. ނަމަވެސް، މި އިންތިހާބުގައި މާލޭ ސިޓީއާއެކު، އެމްޑީޕީގެ ސަޕޯޓު ބޮޑު ރަށްތަކުން މުހިއްމު ގޮނޑިތަކެއް ގެއްލިފައިވާއިރު، މިއަދުގެ ޖަލްސާގައި އިންތިހާބާބެހޭ އެއްވެސް ކަމަކަށް ނަޝީދު އިޝާރާތް ކުރައްވައިފައެއްނުވެ އެވެ.

އެކަމާ ގުޅިގެން، މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.

"ހޮނިހިރު ދުވަހު އިންތިހާބެއް ނިމިގެންދިޔަ އިރު، ރައީސް އެއްވެސް އެއްޗެއް ވިދާޅުނުވީ އަޅުގަނޑު ހީކުރީ ހަނދުމަފުޅު ނެތުނީކަމަށް. އެހެންވެ، އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވުމަކީ މުހިއްމުކަމެއް ކަމަށް ފެންނާތީ ހަނދުމަފުޅުކޮށް އެރުވީމި،" އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވައި އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އިންތިހާބާގުޅޭ ގޮތުން މީގެ ކުރިން އެއްޗެއް ވިދާޅުނުވީ، އެއް ޕާޓީއަކުން އެހާ ބޮޑު ކާމިޔާބީއެއް ހޯދިއިރު، މަޖިލީހުގެ ރައީސަކަށް އިންނަވައިގެން އެ ވާހަކަ ފާހަގަކުރުން އެންމެ ރަނގަޅުކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.

އެކަމަކު މިހާރު ފުރުސަތެއް ލިބިވަޑައިގެންނެވި ކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު ތަކުގައި އެމްޑީޕީން އަންނަނީ އެއް ފަހަރަށް ވުރެ އަނެއް ފަހަރު މާ ރަނގަޅު ކާމިޔާބީއެއް ހޯދަމުން ކަމަށެވެ.

އަދި މިފަހަރު މާލޭގެ މޭޔަރު ކަމުގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރި ކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ، އެހެން ފަހަރުތަކާ ހިލާފަށް ޕީޕީއެމްއިން ވެސް މި އިންތިހާބުގައި ރަނގަޅު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ.

"އެހެން ނަމަވެސް މި އިންތިހާބުގައި ނާދޭ މާބޮޑު ތަފާތެއް. ރާއްޖޭގެ ސިޔާސީ ތޮބިއްޔަތް ހުރި ގޮތަށް މިސްރާބު ޖަހާފައި އެބަހުރި އޭގެ މަންޒިލަށް. އެއީ ލަފާކުރެވެނީ ރަށްވެހި ފަތިހަކަށް ކަމަށް،" ކައުންސިލް އިންތިހާބުގައި އެމްޑީޕީން ބޭނުންކުރި ކެމްޕޭނު ޝިއާރަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އިންތިހާބުގައި ވަގުތީ ނަތީޖާތައް މިއަދު އިއުލާނުކުރަން ފަށާފައިވާއިރު، މުޅި އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީ އިންނެވެ.

ނަމަވެސް، ޒަމާނުއްސުރެ އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮންނަ މާލޭގެ އިތުރުން އައްޑޫގެ ބައެއް ގޮނޑިތައް އެމްޑީޕީއަށް ގެއްލުމަކީ މިފަހަރު ކުރިމަތިވި ނާކާމިޔާބީއެއްގެ ގޮތުގައި ހާއްސަކޮށް އިދިކޮޅު ފަރާތްތަކުން ސިފަ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox