އޮފިޝަލުންގެ އަމަލުތަކާ މެދު ޝަކުވާ ބޮޑު އިންތިހާބެއް

އިންތިހާބުގައި އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ: މިފަހަރުގެ އިންތިހާބުގައި އޮފިޝަލުންގެ ޝަކުވާ އިތުރު-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އިންތިހާބުގައި އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ: މިފަހަރުގެ އިންތިހާބުގައި އޮފިޝަލުންގެ ޝަކުވާ އިތުރު-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ އެހެން އިންތިހާބުތަކާ އަޅާބަލާއިރު އޮފިޝަލުންނާ ގުޅޭ ޝަކުވާތައް ގިނަ އިންތިހާބެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް، "އަދަދު" އަށް ވިދާޅުވީ އެންމެ ގިނައިން ހުށަހަޅާފައިވަނީ ޑޭޓާ އެންޓްރީ އޮފިޝަލުންނާ ގުޅޭ ޝަކުވާ ކަމަށެވެ. ވޯޓު ފޮށިތަކުގެ ނަތީޖާ އީސީގެ ވެބްސައިޓަށް ލުމަށް ޑޭޓާ އެންޓްރީ އޮފިޝަލުންތަކެއް މިފަހަރު ނަގާފައިވާއިރު ނުބައި ޝީޓުތައް ސައިޓަށް ލައިފައިވާ ކަމުގެ ޝަކުވާ ބޮޑު ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެފަދަ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

އިންތިހާބުގެ 2،000 އޮފިޝަލުން ތަމްރީންކުރަން ލިބުނީ ހަފުތާއެއް. މި މުއްދަތުގައި އެކަށީގެންވާ މައުލޫމާތު ދެވި ތަމްރީން ފުރިހަމައަށް ނުގެންދެވޭ. -- ޝަރީފް

ވޯޓުލާ މަރުކަޒުތަކުގައި ފޮށީގެ ވެރިން އަމަލު ކޮށްފައިވާ ގޮތްތަކާ ގުޅޭގޮތުން ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން މަޖިލިސް މެމްބަރުން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވުން ނުހުއްޓުވުމާއި ވޯޓުލާން ގޮސް ހުއްދަ ނެތި ފޮޓޯ ނެގިއިރު ނުހުއްޓުވައިގެން ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން ވޯޓުލީ ވަގުތު އެހެން މީހުންނަށް ވޯޓު ލާން ފުރުސަތު ދީގެން ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެހެން އިންތިހާބުތަކަށް ވުރެން މިފަހަރު އޮފިޝަލުންނާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާ އިތުރުވި ސަބަބެއް ކަމަށް ޝަރީފް ވިދާޅުވީ ކޮވިޑުގެ ސަބަބުން އޮފިޝަލުން ތަމުރީނު ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުމެވެ.

"ޕެންޑަމިކް ވީމަ އޮފިޝަލުންނަށް ދޭން ޖެހޭ ވަގުތު ދެވުންލެން މަދުވި. ދޭން ބޭނުންވާ މައުލޫމާތާއި ތަމްރީނުތައް ދިނުމަށް އުނދަގޫތައް ކުރިމަތިވި. 2000 އެއްހާ މީހުން ޓްރެއިން ކުރަން ލިބުނީ ހަފުތާއެއް. ޓްރެއިން ކުރާނެ އެކަށީގެންވާ ވަގުތެއް ނުލިބުނު،" ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ އެންޓާ ކުރުމުގައި ދިމާވި އޮޅުންތަކެއްގެ ސަބަބުން ވަގުތީ ނަތީޖާ އިއުލާން ކުރުން ވެސް ވަނީ ފަސް ވެފަ އެވެ. ނަތީޖާ އޮޅުން އަރާ 18 ފޮއްޓެއް އަލުން ގުނަން އީސީން އިއްޔެ މަސައްކަތް ކުރުމުން އިދިކޮޅާއި އެމްޑީޕީގެ ސަޕޯޓަރުން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ގުޅޭ މައި މަރުކަޒު ހިންގާ ބާ ޖަމާލުއްދީނަށް އެއްވެ ވަނީ މުޒާހަރާ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox