ރޯދަ މަހު އެމްއައިބީ ކާޑުތަކުން ކުރާ ވިޔަފާރީގެ ދެ ޕަސެންޓް އަނބުރާ ލިބޭނެ

އެމްއައިބީގެ ވިސާ އަދި ފައިސާ ކާޑު: ރޯދަ މަހުގެ ނިޔަލަށް އެ ބޭންކުގެ ހުރިހާ ޕްރޮމޯޝަނެއްގައި ދެ ވައްތަރުގެ ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ -- ފޮޓޯ: އެމްއައިބީ

އެމްއައިބީގެ ވިސާ އަދި ފައިސާ ކާޑު: ރޯދަ މަހުގެ ނިޔަލަށް އެ ބޭންކުގެ ހުރިހާ ޕްރޮމޯޝަނެއްގައި ދެ ވައްތަރުގެ ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ -- ފޮޓޯ: އެމްއައިބީ

އެމްއައިބީގެ ކާޑުތައް ބޭނުންކޮށްގެން 250ރ. އިން މަތިން ވިޔަފާރިކުރާ ކޮންމެ ފަހަރަކު ހަރަދުކުރި ފައިސާގެ ދެ ޕަސެންޓް އަނބުރާ ލިބޭ ކޭޝްބޭކް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަންގެ ބައިވެރިވާ އެމްއައިބީގެ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއެއްގައި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5000ރ. ލިބެއެވެ. އެއްވަނަ އިނާމުގެ ގޮތުގައި ހުށައަޅާފައި ވަނީ ސައިކަލެކެވެ.

އެމްއައިބީން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮމޯޝަނުގައި އެ ބޭންކުން މިފަހުން ތައާރަފުކުރި ވިސާ ޑެބިޓް ކާޑުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފައިސާ ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވޭނެ އެވެ.

މި ކޭޝްބެކް ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެމްއައިބީގެ އެވްރީޑޭ ބެނެފިޓްސް ޕްރޮމޯޝަނާ އެކުއެކީގަ އެވެ. އެވްރީޑް ބެނެފިޓްސް ޕްރޮމޯޝަނަކީ އެމްއައިބީގެ ވިސާ ޑެބިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓް އޮފާތަކެއް ހިމެނޭ ގޮތަށް އެކި ވިޔަފާރިތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ރޯދަ މަހުގެ ނިޔަލަށް އެމްއައިބީ ފައިސާ ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް އެވްރީޑޭ ބެނެފިޓްސް ޕްރޮމޯޝަނުގައި ބައިވެރިވޭނެ ކަމަށް އެމްއައިބީން މައުލޫމާތު ދިނެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox