ރެފްރީން ކުޅުންތެރިންގެ އޮޓޯގްރާފް ހޯދާތީ ޔުއެފާ ހިތްހަމަނުޖެހިއްޖެ

Apr 13, 2021, 4:46 AM
ސިޓީ އާއި ޑޯޓްމަންޑް މެޗުގެ ތެރެއިން ލައިންސްމަން ހާލަންޑްގެ އޮޓޯގްރާފް ހޯދަނީ.

ސިޓީ އާއި ޑޯޓްމަންޑް މެޗުގެ ތެރެއިން ލައިންސްމަން ހާލަންޑްގެ އޮޓޯގްރާފް ހޯދަނީ.

ޒިއުރިކް (އޭޕްރީލް 13) - މެޗުތަކުގެ ތެރެއިން ރެފްރީން މަޝްހޫރު ކުޅުންތެރިންގެ އޮޓޯގްރާފް ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔުއެފާގެ ރެފްރީސް ޗީފް ރޮބާޓޯ ރޮސެޓީ ވިދާޅުވެއްޖެ އެވެ.

ރޮސެޓީ މިހެން ވިދާޅުވެފައިވަނީ ދާދި ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗަށް ފަހު ޓަނަލް ތެރެއިން އެ މެޗުގެ ލައިންސްމަން ރުމޭނިއާގެ އޮކްޓާވިއަން ސޯވްރޭ، ޑޯޓްމަންޑަށް ކުޅޭ އާލިން ބްރައުޓް ހާލަންޑްގެ އޮޓޯގްރާފް ހޯދުމުންނެވެ. ސޯވްރޭ ލައިވް ޓީވީގައި ހާލަންޑްގެ އޮޓޯގްރާފް ހޯދަން އެދުމުން އެކަމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ޔުއެފާގެ ރެފްރީސް ޑިޕާޓްމަންޓުން މެމްބަރު ގައުމުތަކާއި ރެފްރީންނަށް ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ ޕްރޮފެޝަނަލް އުސޫލުގެ ތެެރެއިން އަމަލުކުރުމަށާއި އެގޮތުން ބަލާއިރު މެޗުގެ ލައިވް މަންޒަރުތަކުގެ ތެރެއިން ކުޅުންތެރިން ކައިރިން ރެފްރީން އޮޓޯގްރާފަށް އެދުން ބަލައިނުގަނެވޭނެ ކަމަށެވެ. ރޮސެޓީ ވަނީ ޕްރޮފެޝަނަލް އުސޫލު ހިފެހެއްޓުމަށް ރެފްރީންނަށް ނަސޭހަތްތެރިވެފަ އެވެ.

"ޔުއެފާގެ މިޝަންއެއްގައި އުޅޭއިރު މަސައްކަތްކުރަން ޖެހޭނީ އެތިކްސްގެ ތެެރެއިން. ރެފްރީންނަކީ މެޗުގެ ތެރެއިން އެންމެ އިސް ފަރާތް މެޗު ނިމުނު ކަމުގައި ވިޔަސް ރެފްރީ ޖޯޒީގައި ހުންނައިރު އޭގެ ހައިބަތު ހިފަހައްޓަންވާނެ. އެހެންވީމަ މި ފަދަ ކަންކަމަށް ރެފްރީން ވަރަށް ރަނގަޅަށް ވިސްނާލަންޖެހޭ،" ރޮސެޓީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެޗުތަކުގައި އަންނަ ހާލަތްތަކުގެ ސަބަބުން ރެފްރީންނާ މެދު އެކި ގޮތްގޮތަށް ފާޑުކިޔުން އަމާޒުވާއިރު، އެ ފަދަ ޒިންމާދާރު މަގާމެއްގައި ތިބި ބަޔަކު އަމަލުކުރަން ޖެހޭނީ އެންމެ އިންސާފުވެރިކަމާ އެކު ވީހާ ވެސް ބޮޑަށް ފާޑުކިޔުން ކުޑަކުރެވޭނެ ގޮތަށް ކަމަށެވެ.

"ޔަގީނުން ވެސް ރެފްރީއެއްގެ އޮޓޯގްރާފް ހޯދަން ކުޅުންތެރިއަކު ނުދާނެ. އެއީ ރެފްރީންނަށް އިހުތިރާމް ކުރަންޖެހޭތީ. އެކަމަކު ރެފްރީން ގޮސް ކުޅުންތެރިންގެ އޮޓޯގްރާފް ހޯދަން ފަށައިިފިނަމަ މި ޕްރޮފެޝަންގެ މުސްތަގުބަލަށް އެދެވެނީ ވަރަށް ނުރަނގަޅު މެސެޖެއް،" ރޮސެޓީ ވިދާޅުވި އެވެ.

ހާލަންޑް އޮޓޯގްރާފް ނެގި ލައިންސްމަން ސޯވްރޭ އެކަން ކުރީ ރުމޭނިއާގެ އޯޓިޒަމް ސެންޓަރަށް ފަންޑް ހޯދުމުގެ ގޮތުން އެ އޮޓޯގްރާފް ވިއްކާލުމަށް ކަމަށް ރުމޭނިއާގެ އެފްއޭ އިން ވަނީ ޔުއެފާ އަށް އަންގައިފަ އެވެ. ޖަވާުބުގައި ޔުއެފާ އިން ބުނީ އޮޓޯގްރާފް ހޯދަން ޖެހޭ އުސޫލުތަކެއް ވެސް ހުންނާނެ ކަމަށާއި އޭގެ އެންމެ ރަނގަޅު ގޮތަކީ މެޗުގެ މާހައުލު ނޫން ތަނެއްގައި އެ ފަދަ ކަންކަން ކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox