ހިޔާލު ތަފާތު އެކަމަކު، ވެންޓިލޭޓަރަށް ދެމެދަށް ނުވަދެވޭނެ: ރައީސް

ރައީސް ސޯލިހު ރައީސް އޮފީހުގައި: ރައީސް ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން އޮތް ކަމަށް ވިދާޅުވި

ރައީސް ސޯލިހު ރައީސް އޮފީހުގައި: ރައީސް ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން އޮތް ކަމަށް ވިދާޅުވި

ކޮވިޑްގެ އެންމެ ގޯސް ހާލަތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން އެބަ އޮތް ކަމަށާއި ނަމަވެސް، އެކަން އެ ދެ ބޭފުޅުންގެ ދެމެދުގެ ގުޅުމަށް އަސަރު ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މަޝްރަހު ހޫނުކޮށްލި، ވެންޓިލޭޓަރުގެ މައްސަލަ ނެތްނަމަ، ރައީސް ސޯލިހާ އެއްވެސް މައްސަލައެއް ނެތް ކަމަށް އިއްޔެ ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ވެންޓިލޭޓަރަށް އެމަނިކުފާނާއި ރައީސް ނަޝީދާ ދެމެދަށް ނުވަދެވޭނެ ކަމަށެވެ.

"ވެންޓިލޭޓަރަކަށް ނުވެދެވޭނެ އަޅުގަނޑުމެން ދެމީހުން ދޭތެރެއަކަށް އިނގޭތޯ،"

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުން ހުއްޓަސް އެމްޑީޕީއަށާއި ގައުމަށް ގެއްލުންވާނެ ކަމެއް ނުކުރައްވާނެ ކަމެވެ. އެމްޑީޕީއަކީ އަބަދުވެސް ހިޔާލު ތަފާތުވުންތަކާއެކު ކުރިއަށްދާ ޕާޓީއެއް ކަމަށެވެ.

"އެމްޑީޕީއަކީ ތަފާތު ވިސްނުމަށް ތަފާތު ފިކުރަށް ޖާގަދޭ ޕާޓީއެއް، އެހެންވީމަ އެމްޑީޕީ އަބަދުވެސް ކުރިއަށް ދާނީ އެ ފިކުރިގަ، އެހެންނަމަވެސް ޕާޓީއަށް ގެއްލުންވާނެ އެއްވެސް ކަމެއް އަޅުގަނޑުމެން އެއްވެސް މީހަކު ނުކުރާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހިޔާލު ތަފާތުމުގެ މައްސަލާގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އިއްޔެ ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި، ދެ ބޭފުޅުންގެ ދޭތެރޭގައި މައްސަލައެއް ނުހުންނާނެ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލާގައި ސަރުކާރަށް މީގެކުރިން ވެސް ނަޝީދު ފާޑުވިދާޅުވި އެވެ. އެގޮތުން ވަގު ސަރުކާރާއެކު އޮންނަން އެމްޑީޕީ ބޭނުން ނުވާނެ ކަމަށް ވެންޓިލޭޓަރު މައްސަލާގައި ދައުވާނުކޮށް ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖަނެރަލް (ޕީޖީ)ގެ އޮފީހުން ބޭރުކޮށްލުމާ ގުޅިގެން ނަޝީދު ވިދާޅުވެފައިވެ އެވެ.

އެ މައްސަލާގައި މިހާތަނަށް ދައުވާ ކުރެވިފައިނުވާއިރު އޭސީސީއިން ވަނީ ތަހުގީގުން 11 މީހެއްގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ވެސް ޕީޖީއިން ވަނީ އެ މައްސަލާގައި ބައެއް ކަންކަން އިސްލާހު ކުރުމަށް އޭސީސީއަށް އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފާއެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ ޕްރެޝަރުތަކާއި ފާޑުކިޔުންތަކާއެކު އިސްތިއުފާ ދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox