ރައީސް ސޯލިހާ މައްސަލަ ޖެހިފައިވާ ކަމަށް ނަޝީދު އެއްބަސްވެވަޑައިގެންފި

ރައީސް ސޯލިހާއި ނަޝީދު: މައްސަލަ ޖެހިފައިވާ ކަމަށް ވަނީ އެއްބަސްވެވަޑައިގެންފައި

ރައީސް ސޯލިހާއި ނަޝީދު: މައްސަލަ ޖެހިފައިވާ ކަމަށް ވަނީ އެއްބަސްވެވަޑައިގެންފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި ވެރިކަން ކުރާ އެމްޑީޕީ ތެރޭގައި ވެސް މައްސަލަތަކެއް އުޅޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްފަހު ބަލި ގަބޫލު ކުރެއްވުމަށް އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހާ ހިޔާލުތަފާތުވެވަޑައިގަންނަވަނީ "މިސާލަކަށް ވެންޓިލޭޓަރު މައްސަލައިގައި" ކަމަށެވެ.

"ތިކަމާ ގުޅޭ ގޮތުން އަޅުގަނޑު ވިސްނާ ވިސްނުމަކީ، އަޅުގަނޑު އަމިއްލައަށް ހިތަށް ގެންނަ ކަމަކީ، އަޅުގަނޑުމެން ދެމީހުންގެ ދޭތެރޭގައި މައްސަލަ ހުރެގެން..، މިހާރު މައްސަލަ މި ހުންނަނީ މިސާލަކަށް ވެންޓިލޭޓަރު މައްސަލައިގައި. އަޅުގަނޑުމެން ދެ މީހުންގެ ދޭތެރޭގައި މައްސަލައެއް ނުހުންނާނެ ވެންޓިލޭޓަރުގެ މައްސަލަ ނެތް ނަމަ،" ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހާ ދެމެދު މައްސަލައެއް ޖެހިފައިވާ ކަމަށް އިޝާރާތް ކުރައްވާ މިއީ ނަޝީދު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އޭގެ އިތުރުން މާލެއިން އެމްޑީޕީ ނާކާމިޔާބުވީ ޕާޓީ ތެރޭގައި އުފެދިފައިވާ މައްސަލަތަކެއްގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާތީ، އެކަމަށް އެއްބަސްވެވަޑައިގެން ނަޝީދު ވިދާޅުވީ މައްސަލަތައް އުފެދެންޖެހޭ ސަބަބަކީ ކޮރަޕްޝަން ކަމަށެވެ.

"އާދެ. ކޮރަޕްޝަން. ދެން އަޅުގަނޑު ދަންނަވައިފިން އަޅުގަނޑުމެން އިތުރަށް ވިސްނާނަމޭ. އެމްޑީޕީގެ ގިނަ މެންބަރުން ނޭދޭނެ ރާއްޖޭގައި ކޮރަޕްޝަން އެހެން އޮންނާކަށް އަދި ފާޅުގައި ސަރުކާރު ތެރޭގައި އެކަހަލަ ކަންތައް ހިނގާކަށް. އެހެންވެ އެކަހަލަ ކަންތައް ހިނގާ ކަމަށްވަނީ ނަމަ އެއްބަޔަކު ހިތްހަމަނުޖެހޭނެ. ދެން އެކަން ފާހަގަވަމުން، ހާމަވަމުން ވެސް ބައެއް ފަހަރު ދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިހާތަނަށް ގުނި ވޯޓުތަކުން ގާތްގަނޑަކަށް 60 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯދައިގެން މާލޭ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ވެސް ފަސް ގޮނޑި އިދިކޮޅު ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox