ނުރައްކަލެއް ނެތުމުން އަޑިއަށް ދިޔަ ތެޔޮ ބޯޓު ނުނަގައި ދޫކޮށްލަނީ

ބްރޯ ފިއުލްގެ ސީ ސްޓާ ބޯޓު: މި ބޯޓު އަޑިއަށް ދިޔަ ސަރަހައްދުގެ ފުންމިނަކީ 1000-1400 މީޓަރާ ދެމެދު. ފޮޓޯ: އެމްއެންޑީއެފް

ބްރޯ ފިއުލްގެ ސީ ސްޓާ ބޯޓު: މި ބޯޓު އަޑިއަށް ދިޔަ ސަރަހައްދުގެ ފުންމިނަކީ 1000-1400 މީޓަރާ ދެމެދު. ފޮޓޯ: އެމްއެންޑީއެފް

އިއްޔެގެ ވަގުތެއްގައި ރޯވެގެން އަޑިއަށް ދިޔަ ތެޔޮ ބޯޓުން ތިމާވެއްޓަށް ނުރައްކަލެއް ނެތް ކަމަށް އީޕީއޭ އިން ބުނެފި އެވެ.

ފަސްދޮޅަސް ޓަނުގެ ޑީސަލާ އެކު އަޑިއަށް ދިޔައީ ބްރޯ ފިއުލް ނަމަކަށް ކިޔާ ކުންފުންޏެއްގެ "ސީ ސްޓާ" ބޯޓެވެ. މި ބޯޓު އަޑިއަށް ދިޔައީ އެނބޫދޫފިނޮޅު ފަޅުގެ އިރުން 1.5 ނޯޓިކަލް މޭލު އޮންނަ ސަރަހައްދަކަށެވެ. މި ސަރަހައްދުގެ ފުންމިނަކީ 1000 މީޓަރާ 1400 މީޓަރާ ދެމެދެވެ.

މި ހާދިސާގައި ބޯޓުގައި ތިބި ހަތަރު މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، މި ހާދިސާގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެދާނެ ނުރައްކަލަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، އެ ފުން މިނުން ތިމާވެއްޓަށް ފާހަގަކުރެވޭ ވަރުގެ ނުރައްކަލެއް ނެތް ކަަމަށެވެ.

ނަމަވެސް، ދިމާވެދާނެ ކަމަކަށް ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދު މޮނީޓާ ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް އެމްއެންޑީއެފުން ވެފައިވާ ތައްޔާރިތަކާ ގުޅިގެން ކޯސްޓުގާޑުގެ ކޮމާންޑަންޓް މުހައްމަދު ސަލީމް ވިދާޅުވީ، އެ ސަރަހައްދުން ތެލުގެ އަސަރު ފެނޭތޯ މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.

އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ކޮންމެވެސް ވަރަކަށް "އޮއިލް ފިލްމް" ގެ އަސަރު ހުރި ނަމަވެސް، ފާހަގަކުރެވޭ ވަރަކަށް ތެޔޮ ލީކުވެފައި ނުވާކަމަށް ވިދާޅުވި އެވެ.

މިއަދު އީޕީއޭ އާއި އެމްއެންޑީފުގެ ކޯސްޓުގާޑު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. -- ފޮޓޯ: އެމްއެންޑީއެފް
މިއަދު އީޕީއޭ އާއި އެމްއެންޑީފުގެ ކޯސްޓުގާޑު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. -- ފޮޓޯ: އެމްއެންޑީއެފް

މިއަދު އީޕީއޭ އާއި އެމްއެންޑީފުގެ ކޯސްޓުގާޑު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. -- ފޮޓޯ: އެމްއެންޑީއެފް

ޑީސަލް އަކީ ސާފު ނުކުރާ ތެލޭ ހިލާފަށް ފަސޭހައިން ފެނުން މައްޗަށް އެރުމާ އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނެތިދާ އެއްޗެއް ކަމުން ލީކެއް ވިޔަސް މާ ބޮޑު ނުރައްކަލެއް ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ.

ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ހާދިސާ ހިނގަން މެދުވެރިވީ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުންނެވެ.

މި އަލިފާން ރޯވި ސަބަބާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ސަލީމް ވިދާޅުވީ، އެ ސުވާލުގެ ޖަވާބު ދޭން އަދި މާ އަވަސް ކަމަށާއި، ސަބަބު އިނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ.

ހަރަދު ބޮޑުކަމުން ބޯޓު ނުނަގައި ދޫކޮށްލަނީ

މި ތެޔޮ ބޯޓު ދިޔަ ފުން މިނުގެ ސަބަބުން ބޯޓު އަޑިން ނެގުމުގެ މަސައްކަތް ނުކުރާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

އެހާ އަޑިން ބޯޓު ނެގުމުގެ ގާބިިލިއްޔަތުކަން ލިބިފައި ވަނީ މަދު ގައުމަކަށް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ސެލްވޭޖް އޮޕަރޭޝަނެއް އެހާ ކޮސްޓް އިފެކްޓިވް ނުވާނެ ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ތިމާވެއްޓަކީ ނާޒުކު ތިމާވެއްޓެއް ކަމުން އެމްއެންޑީއެފް އިން މި ސަރަހައްދުން އެއްވެސް ވަރަކަށް އެތެރެވަރިިޔަށް ތެޔޮ އާދޭތޯ ބަލަމުންދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ގިނައިން ބޯޓު ދަތުރުކުރާ ސަރަހައްދެއް ކަމުން ތެލުގެ އަސަރު ފެންނަ ނަމަ އެ މައުލޫމާތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox