ނިޒާރު މަސައްކަތް ފައްޓަވައިފި، އިސްކަން ދެއްވާނީ އައްޑޫގެ އިގްތިސޯދު އާރާސްތުކުރަން

މުހައްމަދު ނިޒާރު (ދެކުނު ނިޒާރު): އައްޑޫ ސިޓީގެ މޭޔަރަށް ނިޒާރު ވާދަކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ޓިކެޓުގައި. -- ފޮޓޯ: އައްޑޫލައިވް

މުހައްމަދު ނިޒާރު (ދެކުނު ނިޒާރު): އައްޑޫ ސިޓީގެ މޭޔަރަށް ނިޒާރު ވާދަކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ޓިކެޓުގައި. -- ފޮޓޯ: އައްޑޫލައިވް

މޭޔަރު ކަމުގައި އެންމެ އިސްކަމެއް ދެއްވާނީ ވީރާނާވެފައިވާ އައްޑޫގެ އިގްތިސޯދު އާރާސްތުކުރަން ކަމަށް އެ ސިޓީގެ އިންތިހާބީ މޭޔަރު މުހައްމަދު ނިޒާރު (ދެކުނު ނިޒާރު) ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ކާމިޔާބީއާ ގުޅިގެން "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިގްތިސޯދީ ނިކަމެތިކަމުގެ މައްސަލަ ކަމަށެވެ.

އަދި އެންމެ އަވަސް ހައްލެއް ބޭނުންވާ މައްސަލައަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ އިގްތިސޯދު ހައްލު ކުރަން ޕްލޭނެއް އެބައޮތް ކަމަށެވެ. މި ޕްލޭންގެ ތެރެއިން އެ ސިޓީއަށް އިގްތިސޯދީ ބަދަލުތަކެއް ގެެނެސް، ވަޒީފާތައް އުފައްދައި، އެ ސިޓީއަށް ލިބޭ އާމްދަނީ އެތެރޭގެ އިގްތިސޯދުގައި ހިފެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އުއްމީދަކީ އައްޑޫއަށް އިގްތިސޯދީ ބަދަލުތަކެއް ގެނައުން. އައްޑޫގެ ވަޒީފާތައް އިތުރުވާނެ ގޮތެއް ހެދުން. އައްޑޫގެ ތަނަވަސްކަން ރަނގަޅުކުރުން" ނިޒާރު ވިދާޅުވި އެވެ.

މިއީ ހަރަދު ބޮޑު، ބުރަ މަސައްކަތެއް ނަމަވެސް އެކަން ކުރާނެ ކަމުގެ ޔަގީންކަން އައްޑޫގެ ރައްޔިތުންނަށް ނިޒާރު އެރުވި އެވެ.

އަދި މިކަން ކުރަން ގާނޫނީ އިމުގެ ތެރެއިން ކައުންސިލުގެ އާމްދަނީ އިތުރުކުރަން ހުރި މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ހިޔާލު ތަފާތު ވާނެ އެކަމަކު ކުރިއަށް ދާނީ ގުޅިގެން

މިފަހަރުގެ އިންތިހާބުގައި ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް ވަނީ ގެއްލިފަ އެވެ. އެކަމަކު މިއީ މައްސަލައެއް ގޮތުގައި ނިޒާރު ދެކިވަޑައިނުގަންނަވަ އެވެ.

އަދި ވިދާޅުވީ ހިޔާލު ތަފާތުވުންތަކާ އެކީ ވެސް، ގުޅިގެން އެކީގައި މަސައްކަތްކުރެވޭނެ މާހައުލެއް ގެންނަވާނެ ކަމަށެވެ.

އޭގެ އިތުރުން، ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއްގައި ރައްޔިތުންގެ މަޝްވަރާ އާއި ލަފާ ހޯދާ، ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނެ ބަޔަކަށް މި ފަހަރުގެ ކައުންސިލް ވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ކައުންސިލުގެ އަމާޒަކަށް ވާން ވާނީ ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް، ރައްޔިތުން ބޭނުންވާ އަމާޒަށް އައްޑޫގެ ތަރައްގީގެ ކަންކަން ގެންގޮސް ދިނުންކަމަށް އިލްތިމާސް ކުރެއްވި އެވެ.

ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރެވެން ޖެހޭ. ހިޔާލު ތަފާތުވުން އަތުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ކުރިޔަށް ދާން އުނދަގޫ ވާނެ. އަޅުގަނޑު އެ މާހަލު ނުގެނެސް ވޭތޯ މަސައްކަތް ކުރާނަން. -- ނިޒާރު

ގޮންޖެހުންތައް ހުންނާނެ، މަޖިލިހުގެ ދައުރު ބޮޑު

ނިޒާރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބޮޑެތި ބަދަލުތަކާއި އަދި ކައުންސިލްތަކަށް ލިބުނު އިތުރު ބާރުތަކާ އެކު މައްސަލަތައް ނުކުމެ، ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލަތައް ހައްލުކޮށް، ސަރުކާރުން ބޭނުންވާ އަމާޒަށް ލާމަރުކަޒީ ނިޒާމު ގެންދަން މަޖިލިސް މެމްބަރުންގެ އެހީތެރިކަން ބޭނުން ވާނެ ކަމަށެވެ.

މި ނިޒާމުގެ ތެރެއިން ރަށުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދަން ސަރުކާރުން ބަހަައްޓާ އިހުލާސްތެރިކަން މަޖިލިސް މެމްބަރުން ވެސް ބަހައްޓަވަން ޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އަދި، މިިހާރުގެ ރައްޔިތުންގެ މަޖިލިހުގައި އައްޑޫ ތަމްސީލުކުރައްވާ ހަތް މެމްބަރުންނަށް އިޝާރާތްކުރައްވާ ނިޒާރު ވިދާޅުވީ، ކައުންސިލަށް ކަންކަން ފަހިކޮށްދޭން ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލަން މަޖިލިހުން އެހީތެރިވެދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް، އައްޑޫ ތަރައްގީކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިހާރުވެސް ބިން ހިއްކުމާއި، މަގު ހެދުމާއި ބަނދަރު ފުޅާކުރުމުގެ މަޝްުރޫއުތަކުގެ އަމަލީ މަސައްކަތް ފެށިފައިވާ އިރު، އައްޑޫގެ ތަސައްވުރު ހަގީގަތަކަށް ހެދޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ، އައްޑޫ ކައުންސިލް ތަފާތު ވާނެ ކަމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު މަތީ މި ހުންނެވީ ސާބިތުކަމާ އެކީ، އައްޑޫ ބަދަލުކޮށްލަން ތައްޔާރަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox