ހޯމަ ދުވަހުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާން ކުރަނީ

އީސީގެ އޮފިޝަލަކު ވޯޓް ގުނުމުގައި: ހޯމަ ދުވަހުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އީސީ ބުނޭ-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

އީސީގެ އޮފިޝަލަކު ވޯޓް ގުނުމުގައި: ހޯމަ ދުވަހުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އީސީ ބުނޭ-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިއުލާންކޮށް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.

އީސީގެ އިސް އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ދާއިރާތައް ވަކިން މިއަދު އިއުލާން ކުރަން ފެށޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ރޯދައިގެ ކުރިން ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އެހެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބެކޭ އެއްގޮތަށް މިފަހަރުގެ އިންތިހާބުގައި ވެސް ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވާނެ ކަމަށް ބެލެވުނު ނަމަވެސް ފަހުން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ވަނީ ވޯޓުލައިފަ އެވެ. އެގޮތުން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 63.67 ޕަސެންޓް މީހުން ވަނީ ވޯޓުލައިފަ އެވެ. އެއީ 173،909 މީހުންނެވެ. ވޯޓު ނުލަނީ 99،219 މީހުންނެވެ.

މިފަހަރުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން އިދިކޮޅު ކޯލިޝަނުން އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. އެންމެ ބޮޑު ދެ ސިޓީގެ ކައުންސިލްގެ ސުޕަ މެޖޯރިޓީ ގެއްލި، އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

އެގޮތުން، މާލޭ ސިޓީގެ 18 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް މިހާތަނަށް ޔަގީން ކުރެވިފައިވަނީ ހަތް ގޮނޑި އެވެ. އިދިކޮޅު، ޕީޕީއެމްއިން ވަނީ މިހާތަނަށް ނުވަ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އެންމެ ވާދަވެރި، އަދި ބާރުގަދަ މޭޔަރުގެ މަގާމަށް، އެމްޑީޕީގެ އެސްޖީކަން ކުރިން ކުރެއްވި އަނަސް އަބްދުއްސައްތާތު ބަލި ކުރައްވައި ވަޑައިގެންނެވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އައްޑޫ ސިޓީ ކައުންސިލަށް ބަލާއިރު، މޭޔަރުގެ މަގާމު އެމްޑީޕީގެ އަލީ ނިޒާރު ވަނީ ކާމިޔާބު ކުރައްވާފަ އެވެ. އެހެން ނަމަވެސް، ކައުންސިލްގެ 12 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ޔަގީން ކުރެވުނީ ހަ ގޮނޑި އެވެ. އިދިކޮޅު ޕީޕީއެމްއިން ތިން ގޮނޑި ހޯދިއިރު އަމިއްލަ ތިން ކެންޑިޑޭޓަކު ވެސް އިންތިހާބުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox