ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ މޭޔަރަކަށް އާތިފް!

އާތިފް: ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރު ކަމަށް ވަނީ އިންތިހާބުވެފައި

އާތިފް: ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރު ކަމަށް ވަނީ އިންތިހާބުވެފައި

ކުޅުދުއްފުށީގައި އަލަށް އުފެދޭ، ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާތިފް އިންތިހާބުވެއްޖެ އެވެ.

އާތިފަކީ މީގެކުރިން ކަސްޓަމްސްގައި މަސައްކަތް ކުރައްވައި، ރަށުގެ އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވި ޒުވާނެކެވެ.

އޭނާއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ އިގުބާލެވެ. ދެން ވާދަ ކުރި އަމިއްލަ ދެ ކެންޑިޑޭޓުންނަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.

އާތިފް، މީގެ ދުވަސްކޮޅެއް ކުރިން "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އޭނާގެ އެންމެ ބޮޑު ތަސައްވުރަކީ ރައްޔިތުންގެ ލަފާއާއެކު ސިޓީގެ ތަރައްގީގެ ޕްލޭނަކާއި ލޭންޑް ޔޫސް ޕްލޭނެއް ހެދުން ކަމެވެ. އެ ޕްލޭންގެ ދަށުން އޭނާ ވިދާޅުވާ ގޮތުގައި، ކައުންސިލް ލެވެލްގަ ހައުސިން ސްކީމެއް ވެސް ތައާރަފް ކުރައްވާނެ އެވެ.

"ލޭންޑް ޔޫސް ޕްލޭން ހެދިގެން ދާނީ ވިޔަފާރިތަކަށް ވެސް ހަމަހަމަ ފަހި ފުރުސަތެއް އޮންނާނެ ގޮތުގެ މަތިން ޕަބްލިކް އޭރިޔާތަކާ ގްރީން ޒޯންތައް ވެސް ކަނޑައެޅި ތަރުތީބު ވާނެ ގޮތަށް، ދިރިއުޅުމަށް ފަހި ހިތްގައިމު ފެހި ސިޓީއެއްގެ ގޮތުގައި، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށް ވެސް އިސްކަން ދޭނަން،" އާތިފް، ރަށަށް އޮތް އުއްމީދުތައް ހާމަ ކުރެއްވި އެވެ.

ޒުވާނުންގެ ބޮޑު ތާއިދެއް ހޯއްދެވި، އާތިފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ޒިންމާދާރުކަމާއެކު ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން ހިނގާނެ ޒަމާނީ ސިޓީ ކައުންސިލެއް އުފެއްދުމަކީ އަމާޒެވެ. ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓް ކުރެވިގެންދާނެ ކަމަށް ވިދާޅުވެ އެވެ.

ކުޅުދުއްފުއްޓަށް ވެސް ލިބިގެން މި ދަނީ މައި ސަރުކާރަށް ބަރޯސާނުވެ ރައްޔިތުންގެ ބޭނުންތައް ފުއްދައި މާލީ ބާރުވެރިކަން ހޯދުމުގެ ފުރުސަތުކަން ފާހަގަ ކުރައްވަމުން، އާތިފު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލަށް ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox