މެދުރާސްތާގެ އިގުތިސޯދު ރަނގަޅު، މެނޭޖުކުރަންވީ ދަރަނި: ވާލްޑް ބޭންކު

މަރުކަޒީ ބޭންކު އެމްއެމްއޭ: ރާއްޖޭގެ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 140 ޕަސެންޓުގައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މަރުކަޒީ ބޭންކު އެމްއެމްއޭ: ރާއްޖޭގެ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 140 ޕަސެންޓުގައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މެދު ރާސްތާގައި ރާއްޖޭގެ އިގުތިސޯދު ރަނގަޅުވާން ފަށާފައިވީ ނަމަވެސް، ދަރަންޏަށް ސަމާލުވާން ޖެހޭ ކަމަށް ވާލްޑް ބޭންކުން ބުނެފި އެވެ.

ވާލްޑް ބޭންކުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަފްޑޭޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިގުތިސޯދީ ހާލަތު އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި އައި ހީނަރު ކަމަށް ފަހު ރަނގަޅު ހާލަތަކަށް އައުމުގެ މަގުމަތީގައި ކަމަށެވެ.

އަދި، މި އަހަރު އިގުތިސޯދީ ދުވެލި ހުންނާނީ 17.1 ޕަސެންޓުގައި ކަމަށް ބުންޏެވެ.

މިއީ ރާއްޖެއިން ލަފާކޮށްފައިވާ އަދަދަށް މި އަހަރުގެ ތެރޭގައި އެއް މިލިއަން ފަތުރުވެރިން އައިސްފިނަމަ، އިގުތިސޯދަށް އަންނާނެ ކުރިއެރުމެއް ކަން ވާލްޑް ބޭންކުން ފާހަގަކުރި އެވެ. އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށް ބަލާއިރު، މި އަމާޒަށް ވާސިލުވެވޭނެ ކަމަށް އެ ބޭންކުން ވެސް ލަފާކުރެ އެވެ.

އެންމެ ފަހުގެ ތަފާސްތަކުން ދައްކާ ގޮތުގައި އިއްޔެއާ ހަމައަށް 350،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖެ ރައްކާތެރި މަންޒިލެއްގެ ހުޅުވާލަން ނިންމި ނިންމުމަށް ވާލްޑް ބޭންކުން ތައުރީފުކުރި އެވެ.

"ރައްކާތެރި ގޮތެއްގައި ފަތުރުވެރިކަން ހުޅުވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ދައްކައިދީފައި" ވާލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު، ފާރިސް ހަދާދު-ޒާވޯސް ވިދާޅުވި އެވެ.

މެދުރާސްތާގައި ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ނަމަވެސް، ރާއްޖޭގެ އުފުލިފައިވާ ދަރަންޏަށް ސަމާލުވުމަށް ވާލްޑް ބޭންކުން އިލްތިމާސްކުރި އެވެ. އަދި، ދަރަނީގެ ގޮންޖެހުންތައް ހައްލުކުރުމުގެ މުހިއްމުކަން ބޮޑުކަމަށް ބުންޏެވެ.

ވާލްޑް ބޭންކުގެ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގެ ފިސްކަލް ޑެފިސިޓް ގާތްގަނޑަކަށް 900 މިލިއަން ޑޮލަރު އިތުރުވި އެވެ. މިއީ އެ އަހަރަށް ލަފާކުރި ޖީޑީޕީގެ ނިސްބަތުން 20 ޕަސެންޓެވެ. މިއާ އެކު ރާއްޖޭގެ ޖުމްލަ އަދި ގެރެންޓީ ދީގެން ނަގާފައިވާ ދަރަނީ 5.6 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 140 ޕަސެންޓެވެ.

މި މައްސަލަތައް ހައްލުކޮށްފި ނަމަ، ކުރިމަގުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރާއްޖެ ތައްޔާރުވެފައި އޮންނަ މިންވަރު އިތުރުވެގެން ދާނެ -- ވާލްޑް ބޭންކް

ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ ފަގީރުންގެ ނިސްބަތް ވަގުތީ ގޮތުން އިތުރުވެފައިވާ ކަމަށް ވާލްޑް ބޭންކުން ލަފާކުރެ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ މައި އިގުތިސޯދީ ހަރަކާތް ކަމުގައިވާ ފަތުރުވެރިކަން ހުއްޓާލުމުގެ ސަބަބުން، ފަތުރުވެރިން އަންނަ އަދަދު 70 ޕަސެންޓް ދަށަށް ދިޔަ އެވެ. އަދި އޭގެ ސަބަބުން އިގުތިސޯދު 30 ޕަސެންޓް ދަށަށް ދިޔަ ކަމަށް ވާލްޑް ބޭންކުން ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox