ތިން ގަޑިއިރުން 40،000 މީހުން ވޯޓުލައިފި

މިއަދުގެ އިންތިހާބުގައި މީހަކު ވޯޓުލާއިރު އިލެކްޝަންސްގެ އޮފިޝަލަކު އެހީތެރިވެދެނީ: ވޯޓުލުން ދަނީ އަމާންކަމާއެކު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިއަދުގެ އިންތިހާބުގައި މީހަކު ވޯޓުލާއިރު އިލެކްޝަންސްގެ އޮފިޝަލަކު އެހީތެރިވެދެނީ: ވޯޓުލުން ދަނީ އަމާންކަމާއެކު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މިހާތަނަސް 40،000 ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިހާތަނަށް ވޯޓުލެވޭ މީހުންގެ ޖުމްލަ 17 ޕަސެންޓު ވޯޓުލި ނަމަވެސް މިއީ ވޯޓުލުމަށް ތަރުހީބު މަދު އިންތިހާބެއް ކަމަށެވެ.

"ކުރީ އިންތިހާބުތަކުގެ މި ގަޑިއަށް ބަލާއިރު ވޯޓުލާން ނިކުތް މީހުންގެ ނިސްބަތް މަދު،" މިހާރު ކުރިއަށްދާ އިންތިހާބަށް ލާފާ ދޭ ކޮމެޓީގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.

އިސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އަބްދުއްރަހީމް ކުރިން ވިދާޅުވީ ހެނދުނު 9:00 އާ ހަމައަށް މުޅި ރާއްޖެއިން ވޯޓުލާފައި ވަނީ 19،040 ފިރިހެނުންނާއި 10،485 ފިރިހެނުން ކަމަށެވެ.

"ތަރުހީބު ކުޑަ ކަމަށް ފެންނަނީ. މާލެގައި ބައެއް ފޮށިތައް އެބަހުރި އެއްވެސް މީހަކު ކިއުގައި ނެތް ތަންތަން ވެސް،" ހަބީބް ވިދާޅުވި އެވެ.

މިހާތަނަށް އިލެކްޝަނުން ބެހެއްޓި 713 ވޯޓު ފޮށީގެ ތެރެއިން 709 ވޯޓު ފޮށީގެ ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވި އެވެ.

މި އިންތިހާބުގައި 273،128 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންތިހާބު ކުރިއަށް ގެންދާއިރު އިލެކްޝަނުން ވަނީ ސިއްހީ ރައްކާތެރި ކަމާއެކު ވޯޓުލުން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅައިފަ އެވެ.

އެގޮތުން ވޯޓުލާންދާ މީހުން ތިބެންޖެހެނީ ހަ ފޫޓު ދުރުގަ އެވެ. އަދި ވޯޓުލާ ސަރަހައްދަށް ވަނުމުގެ ކުރިން އަތް ދޮންނަން ޖެހެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އަދި ޕޮޒިޓިވް މީހާ ދިމާވެގެން ނަމަވެސް އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމަށް ހާއްސަކޮށްފައި ވަނީ ހަވީރު 5:00-6:00 ހަމައަށެވެ. އެފަދަ މީހުންނަށް ވޯޓު ލެވޭނީ އާންމު ގޮތެއްގައި ވޯޓުލާން ދާ މީހުން ވޯޓުލުމުންނެވެ.

އެޗްޕީއޭ އިން ބުނާ ގޮތުގައި މުޅި ރާއްޖެއިން 265 މީހުން އެކަހެރިކޮށްފައި އެބަ ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox