ގާނޫނެއް އޮތަސް ގެވެށި އަނިޔާ ހުއްޓުވަން ގޮންޖެހުން!

Apr 24, 2021, 7:14 AM
ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމުގެ ކުރުމުގެ ފޮޓޯއެއް: އަނިޔާ ރިޕޯޓްކުރުން އިތުރުވެފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނޭ.

ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމުގެ ކުރުމުގެ ފޮޓޯއެއް: އަނިޔާ ރިޕޯޓްކުރުން އިތުރުވެފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނޭ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް މީގެ ނުވަ އަހަރު ކުރިން ފެށިގެން އަމަލުކުރަމުން އައި ނަމަވެސް އެ ގާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކޮށް އަނިޔާ ހުއްޓުވުމާއި ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން ދޭން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފި އެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށިތާ އިއްޔެއަށް ނުވަ އަހަރު ފުރުނީކަން ފާހަގަކޮށް އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ރާއްޖޭގައި އަނިޔާގެ ހާލަތާއި އިންސާފަށް ހުރި ގޮންޖެހުންތައް ކިޔައިދީފައިވެ އެވެ.

އެ ގާނޫނު ހެދީ އަނިޔާ ހުއްޓުވައި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަންދީ އެހީތެރިވެދިނުމުގެ އުސޫލާއި މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމަށާއި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށެވެ.

އެ އޮތޯރިޓީން ބުނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ފޯރުކޮށްދޭން ޖެހޭ އިޖުތިމާއީ އަދި ނަފްސާނީ ހިދުމަތް ދޭން ބޭނުންވާ ވަސީލަތްތައް މަދުކަމީ މިފަދަ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދޭން ދިމާވެފައިވާ ގޮންޖެހުމެއް ކަމަށެވެ. ގެވެށި އަނިޔާކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެންނަން ބޭނުންވާ ކައުންސިލިން ފަދަ ހިދުމަތްތައް ދޭން ފަންނީ މީހުން ރާއްޖޭގައި މަދުވުން ވެސް ހުރަހެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

"ގާނޫނީ ގޮތުން މުއައްސަސާތަކަށް ލިބިދޭ ބާރުތަކުގައި ފުށުއެރުންތަކެއް ހުރުމަކީ ވެސް މި ގާނޫނު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް އޮތް ގޮންޖެހުމެކެވެ،" ބަޔާނުގައިވެ އެވެ.

އެކަމަކު ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރަމުން އެ އޮތޯރިޓީން ބުނީ އެއީ މި ގޮންޖެހުންތައް ނައްތާލަން އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ރިޕޯޓްކުރުން އިތުރު: މިދިޔަ އަހަރު 615 މައްސަލަ

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގެވެށިއަނިޔާ ރިޕޯޓްކުރުން އަންނަނީ އިތުރުވަމުންނެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި އަނިޔާގެ އެކި ބާވަތުގެ ޖުމްލަ 615 މައްސަލަ ހުށަހަޅާފައިވެ އެވެ.

މީގެތެރޭގައި ނިސްބަތުން ގިނައީ އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާކޮށްގެން ރިޕޯޓްކޮށްފައިވާ މައްސަލަތެކެވެ.

- މިދިޔަ އަހަރު 184 އަންހެން ކުދިންނާއި 432 އަންހެނުން އަނިޔާގެ ޝިކާރައަށް ވި ކަމަށް ރިޕޯޓްކުރި.

- 102 ފިރިހެން ކުދިންނާއި 91 ފިރިހެނުންނަށް އަނިޔާ ލިބުނު ކަމަށް ރިޕޯޓްކުރި.

- އެންމެ ގިނައިން ހުށަހެޅީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމުގެ މައްސަލަތައް.

- ގެވެށީ އަނިޔާގެ މަންޒަރު ގަސްތުގައި ކުޑަކުއްޖަކަށް ދެއްކުން، އަޑުއިއްވުން ނުވަތަ އެފަދަ އަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ހާލަތަަކަށް ކުއްޖަކު ގެންދިއުމުގެ 146 މައްސަލަ ހުށަހަޅާފައިވޭ.

އޮތޯރިޓީން ބުނިގޮތުގައި ގެވެށި އަނިޔާގެ ގާނޫނު ހުއްޓުވުމުގެ ބެލެނިވެރި މުއައްސަސާގެ ގޮތުގައި އެ އޮތޯރިޓީ އުފެދުނު ފަހުން އަނިޔާ ހުއްޓުވުގެ ގާނޫނު ތަންފީޒުކުރަން ގިނަ މަސައްކަތްތަކެއް މިހާތަނަށް ވަނީ ކޮށްފަ އެވެ. އޭގެތެރޭގައި އަނިޔާއާ ގުޅުން ހުރި ދިރާސާތާއް ކުރަން ހިތްވަރު ދިނުމާއި ގަވާއިދު އެކުލަވާލުމާއި ގަވާއިދުގައި ބުނާ ކޮމިޓީތަކުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށް ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ގާނޫނަށް އަހުލުވެރި ކުރުވުމާއި ގާނޫނު ތަންފީޒުވެފައިވާ މިންވަރު ބެލުމަށް ރިވިއުއެއް ވެސް ތައްޔާރުކުރި ކަަމަށެވެ. މީގެ އިތުރުން ގާނޫނަށް އަހުލުވެރިކުރުމަށް "ހޭލާ! ހޭލައްވާ!" ކެމްޕޭން ފެށުމަށް ވަނީ ނިންމައިފަ އެވެ.

އަނިޔާއަކީ އޭގެ ސަބަބުން އާއިލާތަކާއި މުޖުތަމައަށް އިޖުތިމާއީ ގޮތުންނާއި ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމެއް ކަން ފާހަގަކޮށް މިފަދަ އަމަލުތައް ސިއްރުނުކޮށް އެންމެވެސް ރިޕޯޓްކުރަން އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox