ޓޫރިސްޓުންނަށް އަހަރު ދުވަހުގެ ހިލޭ ވިސާ ދޭކަށް ނޫޅޭ

މާލޭގައި ފަތުރުވެރިންތަކެއް. ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގައި ފަތުރުވެރިންތަކެއް. ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އެއް އަހަރު ދުވަހަށް ހިލޭ ވިސާ ދޭން އުޅޭ ކަމަށް އަޑުފެތުރުމާއި ގުޅިގެން، ފާޅުކުރަމުންދާ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އޮޅުންފިލުވައި ދެއްވައިފި އެވެ.

މި މައްސަލާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ ހިޔާލު ތަފާތުވުން ވަނީ އުފެދިފަ އެވެ. މިކަމަށް ތާއީދުކޮށް މަދު ފަރާތްތަކަކުން ވާހަކަ ދެއްކި ނަމަވެސް، ގިނަ ފަރާތްތަކުން މިފަދަ ބަދަލަކާ ދެކޮޅެވެ.

މި މައްސަލައާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މައުސޫމް ވިދާޅުވީ، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމެށެވެ.

ނަމަވެސް، ރާއްޖޭގައި ދިގު މުއްދަތަކަށް ތިބެން ބޭނުންވާ ފަތުރުވެރިންނަށް ގާނޫނުގެ ތެރެއިން އެ ފުރުސަތު ހޯދައިދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

މުއްދަތު އިތުރުކުރާނީ ފީއެއް ނަގައިގެން، މަހުން މަހަށް އާކުރާ ގޮތަށް

މިހާރު ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބެ އެވެ. އޮން އެރައިވަލް ވިސާ ތިން މަސް ދުވަހަށް ވިސާ ލިބެނީ އިންޑިއާ، ބަންގްލަދޭޝް އަދި ރަޝިއާއިން އަންނަ ފަތުރުވެރިންނަށެވެ.

އެކަށީގެންވާ ސަބަބަކާއި ހަރަދުކުރާނެ ފައިސާ ހުރިކަމުގެ ހެއްކާ އެކު އިިމިގްރޭޝަނަށް ހުށައަޅައިގެން ހުރިހާ ފަތުރުވެރިންނަށް 90 ދުވަހަށް މި މުއްދަތު އިތުރުކުރެވެ އެވެ.

މިހެން ގަވާއިދުތައް ހުރުމުގެ ސަބަބުން ރާއްޖޭގައި ދިގު މުއްދަތަށް ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ނުލިބެ އެވެ.

ޑރ. މައުސޫމް ވިދާޅުވީ ގޮތުގައި ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ވިސާ މުއްދަތު އިތުރުކުރެވޭނެ ގޮތެއް އޮތްތޯ ބަލަން ބޭނުންވި ކަމަށެވެ. އެކަމަކު ގާނޫނުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ނެތުމުން، އެ ހުއްދަ ނުދެވުނު ކަމަށް ވިދާޅުވި އެވެ.

މިހާރު އުސޫލު އޮންނަ ގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިން ޖެހެނީ 90 ދުވަސް ހަމަވުމުން ރާއްޖެއިން ބޭރުވުމަށް ފަހު އަނެއްކާ އަނބުރާ އަންނާށެވެ.

ޑރ. މައުސޫމް ވިދާޅުވީ، ވިސާ މުއްދަތު އިތުރުކުރުމުގެ މަސައްކަތް ފެށީ މި މައްސަލަ ހައްލުކުރަން ކަމަށެވެ. އެއްވެސް ގޮތަކަށް ރާއްޖެއަށް އަންނަ ހުރިހާ ފަރާތަކަށް ވިސާ ދިނުމަކަށް ނޫން ކަމަށެވެ. އަދި، ބޭނުމަކީ މިހާރު ލިބޭ 90 ދުވަސް ހަމަވުމުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ނަމަ، އެ މަގު ފަހިކޮށް ދިނުން ކަމަށް ވިދާޅުވި އެވެ.

ހިލޭ ވިސާ ދިނުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ޑރ. މައުސޫމް ވިދާޅުވީ، ވިސާ މުއްދަތު އިތުރުކުރާނީ ފީއެއް ނަގައިގެން ކަމަށެވެ.

އަދި އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރާނީ 90 ދުވަސް ހަމަވުމުން ކޮންމެ މަހަކު އެއް ފަހަރު ވިސާ އާ ކުރާ ގޮތަށް ކަމަށެވެ. ފީ ކަނޑައަޅާނީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox