ދަ ގްރާންޑޭގައި ސްޓްރައިކަރެއް ނެތުމަކީ އިންމަ އަށް ބޮލުގެެރިހުމެއް

ދަ ގްރާންޑޭގެ މެޗެއްގެ ތެރެއިން އިންމަ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދަ ގްރާންޑޭގެ މެޗެއްގެ ތެރެއިން އިންމަ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގައި ތިބި ދިވެހި ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށާއި އެކަމަކު ރަނގަޅު ބިދޭސީ ސްޓްރައިކަރެއް ނެތި ކުޅެން ޖެހުމަކީ ބޮލުގެ ރިހުމެއް ކަމަށް ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

ދަ ގްރާންޑޭ އިން ފުރަތަމަ ޑިވިޝަނުގައި މިދިޔަ އަހަރު މުޅިން އަލަށް ކުޅުނުއިރު، އެ ޓީމުގެ އެޓޭކުގެ އެންމެ ކުރީގައި ސްޓްރައިކަރެއްގެ ރޯލު އަދާކުރީ އިރާގުގެ ފޯވާޑް އޮބައިދާ ކަދުމް އެވެ. މި ފަހަރު ލީގަށް ދަ ގްރާންޑޭ އިން ނުކުތީ އުޒްބެކިސްތާން ފޯވާޑް ހައިދަރޯފް އޮޓަބެކް ޓީމުގައި ހިމަަނައިގެންނެވެ. އެކަމަކު އޮޓަބެކް ރާއްޖޭގައި ހުންނަން ބޭނުންނުވުމާ އެކި ސަބަބުތަކާ ހުރެ ދަ ގްރާންޑޭ އިން މަޑުކުރަން އެދުނު ނަމަވެސް އޭނާ ވަނީ ކޮންޓްރެކްޓް އުވާލައި އެ ޓީމު ދޫކޮށްލައިފަ އެވެ.

"އަޅުގަނޑުމެންގެ ނަމްބަރު ނައިން އެއް ނެތް ކަމަށް ވިޔަސް ޓީމު ޕާފޯމް އެބަކުރޭ. އެކަމަކު އެއީ އެންމެ ރަނގަޅު ޕާފޯމަންސޭ ބުނަން އުނދަގޫ. ހާއްސަކޮށް ޓީމުގެ އެންމެ މުހިއްމު އެއް ޕޮޒިޝަން ނެތީމަ. އެތަން ނުދައްކާ ވޭތޯ ބަލާނަން. ލޯކަލް ކުޅުންތެރިން އެ މަގާމު ފޫބައްދާނެ. އެކަމަކު އެއީ ހުރިހާ ގޮތަކުން ހައްލެއް ހޯދުމެއް ނޫން. ބޭނުންވާ ހިސާބަށް ދާން ބަލާއިރު،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުންޏެވެ.

"އަޅުގަނޑުމެން ވެސް އޭނައާ ވާހަކަ ދައްކައި ވާނެ ގެއްލުން ކިޔައިދިނީމަ ވެސް ނުވި. އޭނަގެ ހިތްހަމަނުޖެހުމުގައި އޭނަ ލައްވައި ކުޅުވަން ބޭނުންނުވާތީ ދެ ފަރާތް ވާހަކަ ދައްކައިގެން އޭނަގެ ކޮންޓްރެކްޓް ޓާމިނޭޓް ކޮށްލީ. ޓްރާންސްފާ މާކެޓްގައި ކުޅުންތެރިއަކު ގެންނަން މަސައްކަތް ވެސް ކުރިން. އެކަމަކު ގެނެވެން ނެތީ. ތިބި ދިވެހި ކުޅުންތެރިން ލައިގެން އެތަން ނުފެންނަ ގޮތަށް ކުޅެވޭތޯ މި މަސައްކަތްކުރަނީ. އެހެން ނަމަވެސް އެތަން ފެނޭ،"

ލީގުގެ ފުރަތަމަ ބުރުގެ މެޗެއްގެ ތެރެއިން ދަ ގްރާންޑޭގެ އޮޓަބެކް (ކ) ބޯޅަ ހިފައިގެން: އޭނާ ވަނީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލާފައި.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ލީގުގެ ފުރަތަމަ ބުރުގެ މެޗެއްގެ ތެރެއިން ދަ ގްރާންޑޭގެ އޮޓަބެކް (ކ) ބޯޅަ ހިފައިގެން: އޭނާ ވަނީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލާފައި.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ ފުރަތަމަ ބުރުގެ މެޗެއްގެ ތެރެއިން ދަ ގްރާންޑޭގެ އޮޓަބެކް (ކ) ބޯޅަ ހިފައިގެން: އޭނާ ވަނީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލާފައި.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އެންމެ ފަހުން ކުޅުނު ގްރީން ސްޓްރީޓްސް މެޗަކީ ދަ ގްރާންޑޭ އިން އެ ޓީމުގެ ލެވަލްގައި ކުޅުނު މެޗެއް ނޫން ކަމަށް އިންމަ ބުންޏެވެ. އެކަމަކު އެ މެޗުން ދެ ކުޅުންތެރިން މަދުވި ފަހުން ދަ ގްރާންޑޭ އިން ދެއްކި ކުޅުން ފާހަގަކުރާ ކަމަށާއި އެއީ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ބައްދަލުކުރާއިރު އޮތް ހިތްހަމަޖެހުމެއް ކަމަށް އިންމަ ބުންޏެވެ.

ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ދަ ގްރާންޑޭގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު އަޔާޒް (އަޔާ) ނުކުޅެ އެވެ. ގްރީން ސްޓްރީޓްސް މެޗުގައި ރަތް ކާޑު ދައްކާފައިވާތީ މިއަދުގެ މެޗުގައި ދަ ގްރާންޑޭގެ އަހުމަދު ވިޖުދާން (ވިޖޫ) އާއި އަލީ އިފާޒް އަށް ނުކުޅެވޭނެ އެވެ.

"މިދިޔަ މެޗުގައި ވެސް ސަސްޕެންޝަނުގައި ތިބި. އަނެއްކާ ވެސް މި މެޗުގައި ވެސް ސަސްޕެންޝަން މައްސަލަ މި ދިމާވީ މުހިއްމު ކުޅުންތެރިންތަކަކަށް. ރިޕްލޭސްކުރަން ބަލާއިރު އަޅުގަނޑުމެންގެ ޓީމުގައި އެ ލެވަލްގެ ޕްލޭޔަރުންތަކެއް ނެތް ކަމުގައި ވިޔަސް އަރާ ކުޅުންތެރިން ޓީމުގެ ރޫހުގައި މިހާރު ކުޅެމުންދާ އެ ޓެމްޕޯގައި ހިފަހައްޓާނެ،" އިންމަ ބުންޏެވެ.

އިންމަ ބުނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ނުކުންނަނީ ރަނގަޅު ޕާފޯމަންސެއް ކޮށްގެން ރަނގަޅު ނަތީޖާ އެއް ނެރުމަށް ފަހު ޕޮއިންޓް ޓޭބަލްގައި ކުރިއަށް ޖެހިލުމަށް ކަމަށެވެ.

"ޓޭބަލްގައި އޮންނަ މަގާމު ލީގެއްގައި ކުޅޭއިރު ހިފެހެއްޓުމަކީ އުނދަގޫކަމެއް އަޅުގަނޑުމެން ކަހަލަ ޓީމަކަށް. ދެން މީގެ ބަދަލުތަކެއް އެބަ އާދޭ މީގެ އަޅުގަނޑުމެން އެކްސްޕެކްޓް (އުއްމީދު) ކޮށްގެން އަބަދުވެސް ހުންނަން ރަނގަޅު ޕާފޯމަންސެއް ކޮށްގެން ރަނގަޅު ލެވަލެއްގައި ޓީމު އޮތުމަށް. މިހާރު ވެސް ގަދަ ހަތަރެއްގައި ޓީމު އެބައޮތް،" އިންމަ ބުންޏެވެ.

ދަ ގްރާންޑޭ މި ވަގުތު އޮތީ 11 މެޗުން 16 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ ދެ ވަނަ އަށް އެރޭނެ އެވެ. އެއީ ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސްގެ މެޗުތައް އޮތީ ފަހުން ކަމަށްވާތީ އެވެ.

ޔުނައިޓެޑް ވިކްޓްރީ ލީގުގެ އެންމެ ފުލުގައި އޮތީ 11 މެޗުން ތިން ޕޮއިންޓާ އެކު އެވެ. ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ.

"އިދިކޮޅަށް ނުކުންނަ ޓީމަށް އެ ދޭން ޖެހޭ އިހުތިރާމެއް ދޭނަން. (ޔުނައިޓެޑް ވިކްޓްރީ އިން) ޕްރެޝަރެއް ނެތޭ އެ ބުނަނީ މިހާރު އޮތް ޕޮޒިޝަނުން (މަގާމުގެ ގޮތުން) ގެއްލޭނެ އިތުރު އެއްޗެއް ނެތޭ ކަންނޭނގެ. އެ ކަހަލަ ކަމެއް އޮވެއްޖިއްޔާ ޕްލޭޔަރުންނަށް ކުޅެން ފަސޭހަ ވެސް ވާނެ. އެހެން ނަމަވެސް އެ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާފައި އަޅުގަނޑަށް ހީނުވޭ އޭތި އަންނާނެހެން،" އިންމަ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox