މާލޭގައި މިއަދު ފުލުހުން، ސިފައިންނާ ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނުން ފެނުނީ ކުޅޭކުޅޭ ބަޑިއެއް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ސިފައިންގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ އެ އޮޕަރޭޝަންގައި ސިފައިން ހަރަކާތްތެރިވަނީ ފުލުހުން އެދިގެން ކަމަށާއި މިހާރު އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި، މާވެޔޮ މަގާ އިންވެގެން އޮންނަ މުއިވެޔޮ މަގުގައި އޮޕަރޭޝަން ހިންގީ ގެއެއްގައި ހަތިޔާރު ހުރި ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.
"އެމްއެންޑީއެފްއިން ޗެކްކުރިއިރު ހަތިޔާރަކީ ޓޯއީ ގަންއެއް،" އާޒިމް ވިދާޅުވި އެވެ.


އެ ސަރަހައްދަށް އާއްމުންނަށް ނުވަދެވޭ ގޮތަށް އޮތީ ބަންދުކޮށްފަ އެވެ.
ފުލުހުންގެ އޮޕަރޭޝަންތަކުގައި ވަރަށް މަދުން ނޫނީ ސިފައިންގެ އެހީތެރިކަން ނުހޯދަ އެވެ.












