މައުމޫންގެ މައްޗަށް ޖާބިރު ކުރި ދައުވާ ސާބިތެއް ނުވި

ރައީސް މައުމޫން: ޖާބިރު ހުށަހެޅި ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ނިންމާފައި - ފޮޓޯ: އެމްއާރްއެމް ޓްވިޓާ

ރައީސް މައުމޫން: ޖާބިރު ހުށަހެޅި ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ނިންމާފައި - ފޮޓޯ: އެމްއާރްއެމް ޓްވިޓާ

ލޯނެއް ނުދައްކާ ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގެ މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް "އަދަދު" އަށް މިއަދު ވިދާޅުވި ގޮތުގައި ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ހުކުމް ކުރީ، ޖާބިރު ހުށަހެޅުއްވި ލިޔެކިޔުންތަކުން އޭނާ ވިދާޅުވާ މުއާމަލާތް ހިންގި ކަމުގެ ހެކި ނެތުމުން ކަމަށެވެ.

ޖާބިރު، މައުމޫންއާ ދެކޮޅަށް ދައުވާ ކުރީ 29 މިލިއަން ރުފިޔާ އޭނާ އަތުން ނަންގަވައި، އެ އަނބުރާ ނުދެއްކެވި ކަމަށް ވިދާޅުވެ އެވެ. މި ތުހުމަތުތައް މައުމޫން ދޮގު ކުރައްވަ އެވެ.

Advertisement

ޕީޕީއެމްއިން މައުމޫން އެކަހެރިކޮށްފައިހުރި ދުވަސްވަރު ޖާބިރުގެ އަތުން ނެންގެވި ލޯނުގެ ފައިސާ ހަވާލުކޮށްފައިވަނީ، މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންއާ ކަމަށް ވެސް ޖާބިރު ތުހުމަތު ކުރައްވަ އެވެ. އެ ތުހުމަތު އެމްއާރްއެމްއިން ވެސް ވަނީ ދޮގުކޮށްފަ އެވެ.

މައުމޫންގެ މައްސަލަ ޖާބިރުގެ ފަރާތުން ފުލުހުންނަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، މަންމާ ދަންނަވައިގެން ކަމަށް ބުނެ، ޖާބިރު ވަނީ މައްސަލަ އަނބުރާ ނަންގަވާފަ އެވެ.

ވަކީލް ފައިސަލް ވިދާޅުވި ގޮތުގައި، ޖާބިރުގެ ފަރާތުން ސިވިލް ކޯޓުގައި ވެސް ވަނީ މައްސަލަ ލަސްކުރުމަށް އެކި ފަހަރު މަތިން އެދިފަ އެވެ. ނަމަވެސް މި މައްސަލާގެ ބާވަތުން ލަސްކުރުމުގެ ބޭނުމެއް ނެތް ކަމަށް މައުމޫންގެ ފަރާތުން ފާހަގަކުރުމުން ޖާބިރު ހުށަހަޅުއްވާފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް ހުކުމް އިއްވެވީ އެވެ.

"އެ ލިޔެކިޔުންތަކުން ޖާބިރު އެ ވިދާޅުވާ މުއާމަލާތް ހިނގި ކަމާއި ހިނގި ގޮތެއް ސާފުވާކަށް ނެތް، އެހެންވެ ދައުވާ ސާބިތު ނުވާ ކަމަށް ނިންމީ،" ފައިސަލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox