ފްލެޓުތައް 7500ރ. އަށް ދިނުމަކީ އަނިޔާއެއް ކަމަށް މުއިއްޒު ސިފަ ކުރައްވައިފި

ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވަނީ ގާތްގަނޑަކަށް 5000ރ. އަށް ހިޔާ ފްލެޓްތައް ކުއްޔަށް ދެވޭނެ ކަމަށް -- ފޮޓޯ / ހުސެއިން ވަހީދު

ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވަނީ ގާތްގަނޑަކަށް 5000ރ. އަށް ހިޔާ ފްލެޓްތައް ކުއްޔަށް ދެވޭނެ ކަމަށް -- ފޮޓޯ / ހުސެއިން ވަހީދު

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތައް 7500ރ. އަށް ދޫކުރުމަށް ނިންމާފައިވާތީ އެއަގު ބޮޑު ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރަކަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު އެކަން ކުށްވެރި ކުރައްވައިފި އެވެ.

މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ކުރީގެ ސަރުކާރުން އިމާރާތްކުރި ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ހަމަޖެއްސީ 5،600ރ. ކަމަށް ތަކުރާރުކޮށް އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ. ފްލެޓްތަކުގެ އަގާ ގުޅޭ ގޮތުން މުއިއްޒު އަނެއްކާވެސް ހިތްހަމަނުޖެހުން މި ފާޅުކުރެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، 25 ބުރިއަށް ނަގާފައިވާ 16 ޓަވަރުގައި ހަދާފައިވާ 6,720 ފްލެޓްތަކުގެ ހަގީގަތުގައި އެންމެ ކުޑަކޮށް ކުއްޔަށް ދެވޭނީ 11،000ރ. އަށް ކަމަށެވެ.

ނަމަވެސް އެއީ ސޯޝަލް ހައުސިން ސްކީމަކަށް ބޮޑު އަގަކަށް ވާތީވެ، މުށި ނުޖައި، ދޮރު ހަރުނުކޮށް އަދި ފަންކަލާއި ދޮރު ނުލައި ހުރި އެ ފްލެޓުތައް އެގޮތަށް ބަހައްޓައިގެން 7500ރ. އަށް ކުއްޔަން ދޭން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވައި މިއަދު މުއިއްޒު ވިދާޅުވީ ފްލެޓުތަކުގެ އަގަކީ 7500ރ. ކަމަށް ކަނޑައެޅުމަކީ "ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއް" ކަމަށެވެ.

"ދޮރާއި ޓައިލްސާ އެއްކޮށް ނިންމައި 5600ރ. އަށް [ފްލެޓުތައް] ދެވޭނެ. އަދި 25 އަހަރަށް ބަހާލާ ނަމަ 3800ރ. އަށް ދެވޭނެ،" މުއިއްޒު އޭނާ ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައިވެ އެވެ.

ހިޔާ ފްލެޓުތައް އަގުހެޔޮޮކޮށް ދެވޭނެ ކަމަށް އިދިކޮޅުން އަޑުއުފުލަމުންދާއިރު މި ސަރުކާރުން އަބަދުވެސް ބުނެފައި ވަނީ ފްލެޓަކަށް 62،000 ޑޮލަރުގެ މަގުން، 434 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ އެ ފްލެޓްތަކަށް ސޯޝަލް ހައުސިން ސްކީމަކަށް އެކަށީގެންނުވާ ކަމަށެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު ހަދާފައިވާއިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. އަދި ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ލަފާކުރެ އެވެ. އެހެންކަމުން އެއީ ފްލޯއެއްގައި 100 މީހުންނެވެ.

އެ އަދަދުން ބަލާ ނަމަ ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox