ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކުރަން ކޮނުމުގެ ތެރޭގައި އާސާރީ ތަކެތި ފެނުމުން އެތަނުގެ މަސައްކަތް ހުއްޓުވައިފި އެވެ.
ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖް އިން ބުނީ ޒިކުރާ މިސްކިތް ހުރި ބިން ކޮންނަމުން ދަނިކޮށް އާސާރީ ތަކެތި ފެނުމުން ސަގާފީ ތަރިކައިގެ ގާނޫނުގައިވާ ގޮތުން އެ ތަކެތި ރައްކާތެރި ކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެތަން ކޮނުމުގެ ތެރޭގައި މަހާނަ ގާ ފެނިވާއިރު، އިއްޔެ މިނީ ކަށިތަކެއް ވެސް ފެނުނެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީއިން އިއްޔެ ވަނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މިސްކިތް އެޅުމުގެ މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އޮފީސް އިމާރާތަކާ އެކު މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ ކުރީ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް އެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ އެގްރިމެންޓް ބާތިލްކުރީ އެވެ.













