އައިކޮމްއާ ގުޅޭ ހުކުމް: ހައިކޯޓުގެ މާނަކުރުން ގޯސްކަމަށް ބުނެ އޭޖީއިން އިސްތިއުނާފުކޮށްފި

ބަންޑާރަ ނައިބު ރިފްއަތު: އައިކޮމްއާ ގުޅޭ ހުކުމް ވަނީ އިސްތިއުނާފުކޮށްފައި

ބަންޑާރަ ނައިބު ރިފްއަތު: އައިކޮމްއާ ގުޅޭ ހުކުމް ވަނީ އިސްތިއުނާފުކޮށްފައި

އިންފޮމޭޝަންސުޕްރީމް ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހި، ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހްތިސޯސް ހައިކޯޓުގައި ނެތް ކަމަށް ބުނެ އެ ކޯޓުން ހުކުމް ކުރީ އެމްޑަބްލިއުއެސްސީއިން އިސްތިއުނާފު ކުރި މައްސަލައެއްގަ އެވެ. އެއީ، އިންފޮމޭޝަން ކޮމިޝަނަރު، އެ ކުންފުނިން އަމިއްލަ މީހަކަށް މައުލޫމާތެއް ހާމަކުރުމަށް އެންގި ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ހުށަހެޅި މައްސަލައެކެވެ.

ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައި އޮތް ގޮތުން، ކޯޓުތަކުގެ ގާނޫނުން ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާދީ އިހްތިސޯސްއަށް ބަލާއިރު އެ އިހްތިސޯސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ މައްޗަށެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ދަށު ކޯޓެއް އަދި ޓްރިބިއުނަލެއް ވެސް ނޫންކަން ހުކުމްގައި ފާހަގަކުރި އެވެ.

ހައިކޯޓުން އިއްވި ހުކުމްގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގުސަދަކީ އިސްތިއުފާނު ކުރުމުގެ ފުރުސަތު ހޯދައިދިނުން ނޫން ކަމަށާއި އެއާ ހިލާފަށް މަގުސަދަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ގާނޫނުގައި ކަނޑައަޅާ ގޮތެއްގެ މަތިން ލިބިދިނުން ކަމަށެވެ.

މި ހުކުމްގައި މިގޮތަށް ކަނޑައެޅުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުނު ކަމުގައިވީ ނަމަވެސް އެ މައްސަލައެއް އިސްތިއުނާފު ކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ "ހ" ގައި ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުމަކާ ގުޅޭ ގޮތުން ހިތްހަމަނުޖެހޭ ފަރާތަކަށް އެ މައްސަލައެއް އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

އިސްތިއުނާފު އޮތީ ހަ ނުކުތާއެއް މައްޗަށް

ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ހަ ނުކުތާ އެވެ.

އެގޮތުން، ފުރަތަމަ ނުކުތާއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފީ ކޯޓެއްގައި އެ ނިންމުން ތައުނުކުރުމުގެ ފުރުސަތު ލިބޭ ކަމެވެ.

ދެވަނަ ނުކުތާއަކީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ބެލުމުގެ އިހްތިސޯސް ލިބިފައިވަނީ ހައި ކޯޓަށްކަން ގާނޫނުގައި ބުނެފައިވާ ކަމާއި ހައި ކޯޓުން އެ މާއްދާ މާނަ ކޮށްފައިވަނީ އެ ފުރުސަތު ބަންދުވާ ގޮތަށް ކަމަށެވެ.

ހައިކޯޓުން "އިންފޮމޭޝަން ކޮމިޝަނަރު" މާނަ ކުރައްވާފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގުސަދުު ހާސިލުނުވާ ގޮތަށް ކަމަށް ތިންވަނަ ނުކުތާގައިވެ އެވެ. ހަތަރުވަނަ ނުކުތާގައި ބުނީ، ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގު ގެއްލޭ ގޮތަށް ހައިކޯޓުން މައްސަލަ ނިންމަވާފައިވުމެވެ.

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން، ގާނޫނަކުން މައްސަލަ ބެލުމުގެ އިހްތިސޯސް ހައިކޯޓަށް ދޭނަމަ، ހައިކޯޓަށް މައްސަލަ ބެލޭނެ ކަމަށް ފަސްވަނަ ނުކުތާގައި ފާހަގަކޮށްފައިވެ އެވެ. ފަހު ނުކުތާއެއްގެ ގޮތުގައި ފާހަގަކުރީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ހައިކޯޓަށް ބެލިދާނެކަމާމެދު އޮޅުމެއް ނެތް ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox