"މިހާރު" ގެ އެޑިޓަރު މޫސާ ލަތީފް އިސްތިއުފާ ދެއްވައިފި

މޫސާ ލަތީފް (ކ) އަށް 2018 ވަނަ އަހަރުގެ މީޑިއާ ކައުންސިލް އިނާމް ދިނުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "އަލިމަސް ގަލަން" ދެއްވަނީ. --ފޮޓޯ: މިހާރު

މޫސާ ލަތީފް (ކ) އަށް 2018 ވަނަ އަހަރުގެ މީޑިއާ ކައުންސިލް އިނާމް ދިނުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "އަލިމަސް ގަލަން" ދެއްވަނީ. --ފޮޓޯ: މިހާރު

"މިހާރު" ނޫހުގެ އެޑިޓަރު އަދި ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފް މިއަދު އެ ނޫހުން އިސްތިއުފާ ދެއްވައިފި އެވެ.

މޫސަ ވަނީ މިއަދު އެކަން "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި އިސްތިއުފާ ދެއްވިކަން އެތަނުގެ މުވައްޒަފުންނާ ވެސް ވަނީ މިއަދު ހިއްސާކުރައްވައިފަ އެވެ.

މޫސަ އިސްތިއުފާ ދެއްވި ސަބަބެއް ކަށަވަރެއް ނޫނެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މޫސަ ނޫސްވެރިކަމާ ދުރަށް ވަޑައިނުގަންނަވާނެ އެވެ.

"މިހާރު" ނޫސް 2016 ވަނަ އަހަރުގެ މޭ މަހު ވުޖޫދުވި ހިސާބުން މޫސަ އައީ އެޑިޓަރުކަމުގެ ޒިންމާ ނަންގަވަމުންނެވެ. އޭގެ ކުރިން 2010 އިން ފެށިގެން 2016 ގައި "ހަވީރު" ނޫސް ހުއްޓާލަން ޖެހުމާ ހަމަޔަށް އެ ނޫހުގެ އެޑިޓަރުކަން މޫސަ ކުރެއްވި އެވެ.

"ހަވީރު" ގެ ޕާޓްޓައިމް ލިޔުންތެރިއެއްގެ ގޮތުގައި 1989 ވަނަ އަހަރު އެ ނޫހާ ގުޅިވަޑައިގެންނެވި މޫސަ ފުލްޓައިމް ނޫސްވެރިއެއްގެ ގޮތުގައި ކެރިއަރު ފެއްޓެވީ 1990 ގަ އެވެ. އޭނާ ފާހަގަވީ "ހަވީރު" ގެ ކުޅިވަރު ރިޕޯޓަރުގެ ގޮތުގަ އެވެ. އެކަމަކު އޭނާގެ ގަލަން ތަފާތު އެހެން ދާއިރާތަކުގައި ވެސް ހިނގި އެވެ. އަދި "ހަވީރު" އިން ނެރުނު "ހުވާސް" މަޖައްލާގެ ޑެޕިއުޓީ އެޑިޓަރުކަން ވެސް ކުރެއްވި އެވެ. "ހުވާސް" އިން ގެނެސްދިން ތަފާތު މޮޅު ކަވަރޭޖްތަކާއި ފީޗާ ސްޓޯރީސްތަކުގައި މޫސަ ބޮޑު ހިއްސާއެއްވި އެވެ.

މޫސަ އަށް ދިވެހި ސަރުކާރުން ވަނީ ނޫސްވެރިކަމުގެ ރަންޔޫބީލް އަހަރު، 1993 ގައި "ރިހި ގަލަން" ދީފަ އެވެ. އަދި މީޑިއާ ކައުންސިލުން ވަނީ އަލިމަސް ޔޫބީލް އަހަރު، 2018 ގައި "އަލިމަސް ގަލަން" ދީފަ އެވެ. މީގެ އިތުރުން ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ނޫސްވެރިކަމުގެ ރޮނގުން 2001 ވަނަ އަހަރު ސަރުކާރުން ވަނީ އާއްމު ހިދުމަތުގެ އިނާމް ދީފަ އެވެ.

މޫސަ އަކީ ނޫސްވެރިއެއްގެ އިތުރުން ރާއްޖޭގައި އުފެދުނު އާދަޔާހިލާފު މޮޅު ލިޔުންތެރިއެއް ވެސް މެ އެވެ. އެގޮތުން "އަނދިރި ފަރާތް"، "އަނިޔާ" އަދި "އެކަނި" ނަމުގައި ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދި ދިގު ވާހަކަތަކެއް ލިޔުއްވި އެވެ. މޫސަގެ ބައެއް ވާހަކަތަކަށް ފިލްމް ވެސް ހަދާފައިވެ އެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ހިނގި ސިޔާސީ ހާދިސާ އަށް "ހަތެއް ފެބްރުއަރީ" ގެ ނަމުގައި ފޮތެއް ލިޔުއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox