މިފްކޯގެ މާކެޓިން ކޮންސަލްޓަންޓަކަށް ނަޒީހާ

ނަޒީހާ އަހުމަދު: އޭނާއަށް މަގާމު ހަވާލުކޮށްފައި ވަނީ އިއުލާނެއް ކޮށްގެންތޯ ނުވަތަ ނޫންތޯ މިފްކޯއިން ނުބުނޭ -- ފޮޓޯ / aequi.co.uk

ނަޒީހާ އަހުމަދު: އޭނާއަށް މަގާމު ހަވާލުކޮށްފައި ވަނީ އިއުލާނެއް ކޮށްގެންތޯ ނުވަތަ ނޫންތޯ މިފްކޯއިން ނުބުނޭ -- ފޮޓޯ / aequi.co.uk

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މާކެޓިން ކޮންސަލްޓަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޯފުޅު ނަޒީހާ އަހުމަދު ހަމަޖައްސައިފި އެވެ.

ނަޒީހާއަކީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ގެ އަނބިކަނބަލުންނެވެ.

މާކެޓިން ކޮންސަލްޓަންޓެއްގެ ގޮތުގައި އެ ކުންފުނީގައި ނަޒީހާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަން މިފްކޯގެ ޖެނެރަލް މެނޭޖަރު ހުސެއިން ޝުއާޒް ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

"މިތަނުގައި އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާނެ ވަރަށް ގިނަ ކޮންސަލްޓަންޓުން. އެއީ އިންޓަނޭޝަނަލް ބައިވަރު މަސައްކަތް ވެސް ކުރަންޖެހޭތީ،" ޝުއާޒް ވިދާޅުވި އެވެ.

ނަމަވެސް ނަޒީހާގެ ވަޒީފާއާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ނުދެއްވަ އެވެ. އެ މަގާމަށް ނަޒީހާ ހަމަޖައްސާފައި ވަނީ އިއުލާނުކޮށްގެންތޯ ނުވަތަ ނޫންތޯ ވެސް ޝުއާޒް ވިދާޅެއްނުވި އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މިފްކޯ އިން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކޮށްފައިވާ އިއުލާނުތަކަށް ބަލާއިރު މާކެޓިން ކޮންސަލްޓަންޓެއް ހޯދުމަށް އިއުލާން ކޮށްފައެއް ނުވެ އެވެ. އެކަމަކު މާކެޓިން މެނޭޖަރެއް ހޯދުމަށް މިދިޔަ ޑިސެމްބަރު 28، ގައި އިއުލާނެއް ކޮށްފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ނަޒީހާއަށް ގުޅުމުން ކޮމެންޓެއް ދެއްވަން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ނަޒީހާގެ ލިންކްޑް-އިން ޕްރޮފައިލްގައި އޭނާ ލިޔުއްވާފައި ވަނީ މިފްކޯގެ ވަޒީފާއަށް ނިކުންނެވީ މިދިޔަ ފެބްރުއަރީ މަހު ކަމަށެވެ. މީގެ ކުރިން މާކެޓިން ދާއިރާގެ ބައެއް މަސައްކަތްތައް ކުރައްވާފައިވާ ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.

އެގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ބޯޑު މެންބަރެއްގެ ގޮތުގައި އަށް އަހަރު ނަޒީހާ އުޅުއްވިއިރު މާކެޓް ޑެވެލޮޕްމަންޓަށް ސްޓްރެޓެޖިކް ޕްލޭނިންގެ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށްވެ އެވެ. އަދި އޭނާގެ އާއިލީ ކުންފުންޏެއް ކަމަށްވާ ސޯލްޓް ކެފޭ އެންޑް ރެސްޓޯރަންޓްގެ މާކެޓިންގެ މަސައްކަތްތަކެއް ދެ އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވާފައިވެ އެވެ.

ނަޒީހާއަކީ މާކެޓިން އެންޑް ކޮމިނިއުކޭޝަންސްގެ ރޮނގުން އިނގިރޭސިވިލާތުގެ ލަންޑަނުން ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox