އެޑިޓޯރިއަލް: ދިވެހި ނޫސްވެރިކަމަށް އާ އަދަދެއް

މާތް ﷲ ގެ ވާގިފުޅާއެކު، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ޖައްވަށް އަނެއްކާ ވެސް އާ ނޫހެއް "އަދަދު" ގެ ނަމުގައި އުފަންވީ އެވެ. މި ނޫހަކީ މި ވަގުތު ރާއްޖޭގައިވާ އެންމެ ހަގު ނޫހެވެ. އެހެނަސް އެޑިޓަރުންނާއި ނޫސްވެރިންނާއި ލިޔުންތެރިންގެ ޓީމަކީ ވަރަށް ތަޖުރިބާކާރު ޓީމެކެވެ. އެހެންކަމުން، ޒިންމާދާރުކަމާ އެކު މި ނޫސް މަސައްކަތްކުރާނީ، ދިވެހި ނޫސްވެރިކަމުގެ އާއިލާގެ ދޮށީ މެންބަރެއްގެ ގޮތުގަ އެވެ.

ޒަމާނީ ޑިމޮކްރަސީއެއްގައި ނޫސްވެރިކަމަކީ، ވަރަށް މުހިންމު ބިލާދަރެކެވެ. ރައްޔިތުންގެ ހައްގުތައް ހޯދުމުގައެވެ. އެކަމަށްޓަކައި ސަރުކާރުގެ އިސް ފަރާތްތަކަށް ރައްޔިތުންގެ އަޑު އިއްވުމުގައެވެ. އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައެވެ. މި ކަންކަމާ އެކު މި ނޫސް އަދާކުރާނެ އެންމެ ބޮޑު އެއް ޒިންމާއަކީ، ޅަފަތުގައި އޮތް މިރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމެވެ. ރާއްޖޭގެ ސިޔާސީ ތާރީހަށް ބަލާއިރު، މިނިވަން ނޫސްވެރިކަމެއް ނެތުމުގެ އުނިކަން އޮތް ދުވަސްތަކެއްގެ ހިތިކަން ދިވެހިން ވަނީ ބަރުދާސްތުކޮށްފަ އެވެ. އެ ދުވަސްތައް މާޒީވެ، މިނިވަން ނޫސްވެރިކަމުގެ ޒަމާނަކަށް މި އަދު މިވަނީ ވާސިލުވެވިފަ އެވެ. "އަދަދު" ވުޖޫދަށް މިއައީ، ކުޅަދުންވަންތަ ރައްބުގެ އިރާދަފުޅާ އެކު، މިއަދު ފަހިވެފައިވާ ތަނަވަސް މިނިވަން ފުރުސަތުގެ ބޭނުން އޭގެ އެންމެ ފުޅާމިނުގައި ހިފުމަށެވެ.

އެހެން ނޫސްތަކެކޭ ވެސް އެއްފަދައިން، ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަކީ މި ނޫހުން ކުރާނެ އަސާސީ މަސައްކަތެކެވެ. އެހެނަސް، ހަމައެކަނި ހިނގަމުންދާ ހާދިސާތަކުގެ ތަސްވީރުތައް ކުރަހައިދިނުމަށްވުރެ، މި ނޫހުގެ އިންތަކާއި މިންތައް ފުޅާވާނެއެވެ. މި ނޫހުން އަމާޒު ހިފާފައިވަނީ، ކަންކަމާމެދު ނޫސްވެރިކަމުގެ ނަޒަރުން ފާރަވެރިވެ، ފޮލޯއަޕް ހަދައި، ދިރާސާކޮށްގެންނާއި ތަހުގީގުކޮށްގެން، ހަގީގަތް ގެނެސްދިނުމަށެވެ. މިއަދު މިރާއްޖޭ ހޭލުންތެރި ރައްޔިތުން އެދިއެދި ވަނީ، މި ފަދަ ހަރުދަނާ ނޫސްވެރިކަމަކަށް ކަމުގައި ވާތީއެވެ.

Advertisement

މި ނޫހުން ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގެ ހަބަރުތައް ގެނެސްދޭނެއެވެ. ސިޔާސީ ހަބަރާއި އިގުތިސާދީ ހަބަރެވެ. އާންމު ހަބަރާއި ކުޅިވަރުގެ ހަބަރެވެ. މި މޭރުމުން ގިންތިކޮށް ހުރިހައި ދާއިރާއެއްގެ ނަންތައް ނުކީކަމުގައި ވިޔަސް، ހަބަރުގެ ފަންތީގައި ހިމެނޭ ހުރިހައި ބާވަތެއް މި ނޫހުން ގެނެސްދޭނެ އެވެ. އޭގެތެރޭގައި ދުނިޔޭގެ ހަބަރުތައް ވެސް ނިކަން ތާޒާކޮށް ފަތުރައިލެވޭނެ އެވެ.

ހަބަރު ފެތުރުމުގެ މުހިންމަތުގެ އިތުރަށް، ތައުލީމުޔާފުތާ ރައްޔިތެއް އިންތިޒާރުކުރާނެ އަދަބިއްޔާތުގެ ބާބުތައް ވެސް މި ނޫހުގައި ވާނެއެވެ. އޭގެ ތެރޭގައި ދީނާއި ސިއްހަތާއި ތާރީހާއި މުނިފޫހިފިލުވުމާއި ގެވެހިދިރިއުޅުމަށް ހާއްސަ ބައިތައް ވެސް ހިމެނޭނެއެވެ. މިފަދަ ސަބަބުތަކަށްޓަކައި، މި ނޫސް ވެގެންދާނީ، ނޫސްވެރިކަމުގެ އިތުރަށް ދިވެހި ލިޔުންތެރިކަމާއި އަދަބިއްޔާތަށް ވެސް އާރޯކަން ގެނެސްދޭނެ އާޒާދީ އުފަކާރައެއް ކަމުގަ އެވެ.

ނުރަނގަޅު ނުފޫޒުތަކުން އެއްކިބާވެފައިވާ މި ނޫހުގެ އެޑިޓަރުންނާއި ނޫސްވެރިންނާއި ލިޔުންތެރިން ބަރޯސާވާނެ ބަހާއަކީ ދިރިހުރި ޒަމީރެވެ. އަޅުގަނޑުމެންގެ އާރުކާޓީއަކީ އެއީ އެވެ. ވަކި އަތަކަށް ނުޖެހި، މިނިވަން ނޫސްވެރިކަމެއް ކުރުމަށް މަގުދައްކައިދޭނެ އާރުކާޓީއަކީ އެއީ ކަމުގައި ގަބޫލުކުރެވޭތީ އެވެ.

މި ނޫހުން އަބަދުވެސް އެދޭނީ، ތިޔަ ބޭފުޅުންނަށް ދާއިމީ ލާބަ އާއި މަންފާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox