ވޮލީބޯޅައިގެ އާ ރައީސަކަށް ރަނޭ އިންތިހާބުކޮށްފި

ވީއޭއެމްގެ ރައީސަކަށް އިންތިހާބުވި ރަނޭ (ކ) އެހެން މަގާމުތަކަށް އިންތިހާބުވެވަޑައިގަތް މެމްބަރުންނާ އެކު.-- ފޮޓޯ: ސޯޝަލް މީޑިއާ

ވީއޭއެމްގެ ރައީސަކަށް އިންތިހާބުވި ރަނޭ (ކ) އެހެން މަގާމުތަކަށް އިންތިހާބުވެވަޑައިގަތް މެމްބަރުންނާ އެކު.-- ފޮޓޯ: ސޯޝަލް މީޑިއާ

އިންތިހާބުގައި ބައިވެރިވި ކްލަބްތަކުގެ މެޖޯރިޓީ ތާއީދާ އެކު ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް ކަމަށް ކުރީގެ އެއް ވަނަ ކުޅުންތެރިޔާ މުހައްމަދު ރަނޭޝް (ރަނޭ) މިއަދު އިންތިހާބުވެވަޑައިގެންފި އެވެ.

ސޯޝަލް ސެންޓަރުގެ ސެމީނާ ރޫމްގައި މިއަދު ހަވީރު ކުރިއަށްދިޔަ ވީއޭއެމްގެ އިންތިހާބުގައި ރައީސްގެ މަގާމަށް ރަނޭއާ ވާދަކުރެއްވީ ވީއޭއެމްގެ ކުރީގެ ނައިބު ރައީސް އިލްޔާސް ވަހީދު (އިއްލަ) އެވެ. އިންތިހާބީ ކޮންގްރެސް ފެށިއިރު އިއްލަ އިންނެވި ނަމަވެސް ވޯޓްގެ ކަންތައްތައް އިލެކްޓޯރަލް ކޮމިޓީން ފެށުމުގެ ކުރިން އިއްލައާ އެކު ތިން ކުލަބަކުން ވަނީ ކޮންގްރެސް ދޫކޮށް ނުކުމެފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ ކްލަބްތައް ކޮންގްރެސްގައި ބައިވެރިނުވާން ނިންމި ސަބަބަކީ ވީއޭއެމްގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ސުންގަނޑި މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 12:00 ހަމަވިފަހުން ވެސް މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ކެންޑިޑެންސީ ބަލައިގަންނަން ނިންމުމާ ގުޅިގެންނެވެ.

އިއްލަގެ މައްޗަށް ރަނޭ ކުރި ހޯއްދެވީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ ނުވަ ކްލަބްގެ ތެރެއިން ހަ ކްލަބްގެ ތާއީދު ހޯދައިގެންނެވެ. ރަނޭ އިންތިހާބަށް ނޮމިނޭޓްކުރީ ގުޑީސް ސްޕޯޓްސް ކްލަބުންނެވެ. ވީއޭއެމްގެ ނައިބު ރައީސްކަން 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ފުރުއްވި އިއްލަ އަށް މި ފަހަރުގެ އިންތިހާބުގައި ވޯޓެއް ނުލިބެ އެވެ.

މި ފަހަރުގެ އިންތިހާބު ކުރިއަށްދިޔައީ 2015 ވަނަ އަހަރުގެ އާސާސީ ގަވާއިދާ އެއްގޮތަށް ކަމަށްވާތީ ރައީސާއި ނައިބު ރައީސް އަދި ހަޒާންދާރުގެ އިތުރުން ތިން ކޮމިޝަނުންގެ މެމްބަރުން މިއަދު ވަނީ މަގާމުތަކަށް އިންތިހާބުކޮށްފަ އެވެ. އެއީ ޓެކްނިކަލް އަދި ޑިވެލޮޕްމަންޓް ކޮމިޝަންގެ ތިން މެމްބަރުންނާއި ރޫލްސް ކޮމިޝަންގެ ތިން މެމްބަރުންގެ އިތުރުން ބީޗް ވޮލީ ކޮމިޝަންގެ ހަ މެމްބަރުންނެވެ.

ނައިބު ރައީސަކަށް އިންތިހާބުވީ ގުޑީސް އިން ނޮމިނޭޓްކުރި އަލީ އަޝްރަފް (އަޝްރާ) އެވެ. އޭނާ އަށް ވެސް ވަނީ ހަ ވޯޓު ލިބިފަ އެވެ. އޭނާއާ ވާދަކުރި ޔޫތު ނިއު ޖެނެރޭޝަންގެ ޔުމްނާ އަބްދުލް އަޒީޒް އަށް ވޯޓެއް ނުލިބެ އެވެ. ހަޒާންދާރަކަށް އިންތިހާބުވީ ގުޑީސްގެ މުހައްމަދު ރާމިޒް (ރާމްބެ) އެވެ.

ކޮމިޓީގެ މަގާމުތައް ކާމިޔާބުކުރެއްވި ފަރާތްތަކަކީ ރޫލްސް ކޮމިޝަން އަށް ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ގިނަ ފަހަރުތަކެއްގައި މަސައްކަތްކުރި އަހުމަދު އަދީލް (ބޭބެ) އާއި މުހައްމަދު ޝަހަދާއި މުހައްމަދު ހަމީދް އެވެ. ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަންގައި ހިމެނޭނީ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގެ އިތުރުން ވީއޭއެމްގެ ހިންގުމުގައި ވެސް ފަހަކަށް އައިސް އިސްކޮށް ފެނުނު މުހައްމަދު ސާޖިދު (ބޮޑުކާއްޓޭ) އާއި ކުރިއަރަމުން އަންނަ ވޮލީ ކޯޗު ޝުއައިބް އަހުމަދު އަދި ތަޖުރިބާކާރު ރެފްރީ އަހުމަދު ސަލީމް (ކުނޑި) އެވެ.

ބީޗްވޮލީ ކޮމިޝަނުގައި ހިމެނެނީ މީގެ ކުރިން ވެސް އެ ކޮމިޝަނުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކޯޗު އަބްދުﷲ ނަޝީދު (އަބުޅޯ)، އިސްމާއިލް ސަމާހު އާއި، އިސްމާއިލް ޝަރީފް، ހުސައިން ޝަރީފް (ނަލަ) އަދި އަދުނާން އަބްދުއްރަހީމެވެ.

އިންތިހާބު ބޭއްވުމާ އެކު މިިދިޔަ ދޮޅު އަހަރެއްހާ ދުވަހު ހައްލެއް ނުލިބި އޮތް ވީއޭއެމްގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބުނީ އެވެ. ރާއްޖެ ވޮލީން ސަސްޕެންޑްވިޔަ ނުދޭން ގިނަ ފަރާތްތަކެއް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ވީއޭއެމް އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނާ (އެފްއައިވީބީ) އެކު ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފްގެ އިސްނެންގެވުމާ އެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ހިމެނިވަޑައިގަންނަވާ ގޮތަށް ވަނީ 2019 ވަަނަ އަހަރުގެ ނޮވެމްބަރު މަހު ސްވިޓްޒަލެންޑްގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އެ ފަހަރުގެ މަޝްވަރާތަކަށް ފަހު އެފްއައިވީބީން ވަނީ ވީއޭއެމްގެ ކަންތައްތަކަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ހާއްސަ އެޑްހޮކް ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ފަށައިފަ އެވެ.

އެ ކޮމިޓީގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ލަތީފްގެ ފަރާތުން މެމްބަރެއް ހިމެނެ އެވެ. އެ ކޮމިޓީގައި އޮލިމްޕިކް ކޮމިޓީގެ ފަރާތުން ހީވާގި މަސައްކަތްތަކެއް ކުރެއްވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އެވެ. އެ ކޮމިޓީގެ މަސައްކަތްތައް ރަނގަޅު ދުވެއްޔެއްގައި ދަނިކޮށް ކޮވިޑް-19ގެ ސަބަބުން ލަސްތަކެއް ކުރިމަތިވި އެވެ.

މިއަދު އިންތިހާބު ބޭއްވުމުގެ ކުރިން މުހިއްމު ކަންތައްތަކެއް ނިންމަން މިދިޔަ މަހު 24 ވަނަ ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ވަނީ މި މަހުގެ 12 ވަނަ ދުވަހަށް އިންތިހާބު ލަސްކުރަން ހުށަހަޅައިފަ އެވެ. އެކަމަކު އެ ގޮތަށް ކްލަބްތަކުން ބޭނުމެއްނުވުމުން މިއަދު އިންތިހާބު ކުރިއަށްދިޔައީ އެވެ.

އިންތިހާބުގެ ކަންތައްތައް މިއަދު ކުރިއަށްގެންދިޔައިރު އިލެކްޓޯރިއަލް ކޮމިޓީގެ ޗެއާމަން އަކީ ވީއޭއެމްގެ އެންމެ ފުރަތަމަ އިންތިހާބީ ރައީސް މުހައްމަދު ރިޔާޒް އެވެ. ދެން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދެ މެމްބަރުންނަކީ އެސޯސިއޭޝަންތަކުގެ އިންތިހާބުގައި ހީވާގި މަސައްކަތްތަކެއް ކުރާ އެއް ފަރާތް ކަމަށްވާ އަހުމަދު އަބީރު އިސްމާއިލް އާއި އަބްދުالله ޒުހައިރު އެވެ.

ވީއޭއެމްގެ ރައީސަކަށް އިންތިހާބުވެވަޑައިގަތް ރަނޭ އަކީ 2016 ވަނަ އަހަރު ލަތީފްގެ ޓީމުގައި ހަޒާންދާރެއްގެ މަގާމުގައި އިންތިހާބު ކާމިޔާބުކުރެެއްވި ފަރާތެކެވެ. ފަހުން ލަތީފްގެ ސީނިއާ ނައިބު ރައީސެއްގެ ގޮތުގައި ވެސް މަސައްކަތްތަކެއް ކުރެއްވި ރަނޭ 2018 ވަނަ އަހަރު އެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ފާއިތުވި އަހަރުތަކުގައި ރަނޭ އަންނަނީ ވޮލީބޯޅައިގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންނެވެ. ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ވޮލީގެ ހިންގުމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރަނޭ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox