ދެ ވަނަ ކުއާޓަރު ގައި އިގްތިސާދު ކުރި އަރާނެ

މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭ -- ފޮޓޯ : ހުސެއިން ވަހީދު / އަދަދު

މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭ -- ފޮޓޯ : ހުސެއިން ވަހީދު / އަދަދު

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިގްތިސާދު ކުރި އަރާތަން ފެންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވެއްޖެ އެެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެން، މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތީ މީގެ ކުރިން ދުވަހަކުވެސް ތަހައްމަލް ކުރަން ނުޖެހޭ ވަރުގެ އުނދަގޫ ހާލަތަކަށް ވެއްޓިފައި ކަމަށެވެ.

" ރާއްޖޭގެ އިގްތިސޯދީ ހާލަތް 2020 އަހަރު ނިމުން އިރުގައި 26 އިންސައްތަ އާއި 29 އިންސަތަ އާއި ދެމެދުގެ އަދަދަކަށް ވަނީ ދަށަށް ގޮސްފައި،" އޭނާ ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ މި އަހަރުގެ އެކޮނޮމިކް ގްރޯތު ހުންނާނީ 13 ޕަސެންޓްގައި ކަމަށް މިދިޔަ އަހަރު ނިމުނުއިރު ލަފާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޓުއަރިޒަމް އިންޑަސްޓްރީ ގެ އެނދުތައް 85 ޕަސެންޓަށް ވުރެ ބޮޑަށް ހުޅުވާފައިވާތީ ކުއާޓަރު އެކެއް ނިމުނު އިރު ރާއްޖެ މި އޮތީ ފާސްޓް ފޭސް ރިކަވަރީ އެއްގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެހެންކަމުން މިހާރު ލަފާ ކުރެވޭ ގޮތުގައި ކުއާޓާ ދޭއް ނިމޭ އިރު ރާއްޖެ ގްރޯތު ޕާތަކަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ނުވަދިހަ ހާހަށް ވުރެ ގިނަ ޓުއަރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރިއިރު މާޗް މަހު އެއް ލައްކަ އަށް ވުރެ ގިނަ ޓުއަރިސްޓުން ވަނީ އައިސްފަ އެވެ.

ޓޫރިޒަމް މާކެޓް ޝެއާ ގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރާ ޔޫރަޕް އަދި ޗައިނާގެ މާކެޓާ ނުލައި އަންދާޒާ ކުރި ވަރަށް ވުރެ ބޮޑަށް ކޮންމެ މަހަކު ވެސް ރާއްޖެ އަށް ޓޫރިސްޓުން އައުމާއި ގުޅިގެން، މިލިއަނުން ޓޫރިސްޓުން އަންނާނެ ކަމަށް މިހާރު ބެލެވޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox