ހައްގެއް ގެއްލުމުން މަދަނީ ބަދަލު ނަގައިދޭން ތައްޔާރު ވަނީ

އެޗްއާރުސީއެމްގެ މެމްބަރު އަދުހަމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ: އިންސާނީ ހައްގަކަށް އަރައި ގަތުމުން މަދަނީ ބަދަލު ދޭން ފަށަން ވަނީ ނިންމާފަ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އެޗްއާރުސީއެމްގެ މެމްބަރު އަދުހަމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ: އިންސާނީ ހައްގަކަށް އަރައި ގަތުމުން މަދަނީ ބަދަލު ދޭން ފަށަން ވަނީ ނިންމާފަ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އިންސާނީ ހައްގުތަކަށް އަރައިގަތުމުން މަދަނީ ބަދަލު ނަގައި ދޭން ފަށަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

އެޗްއާރްސީއެމްގެ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހުގައި ބުނެފައި ވަނީ އިންސާނީ ހައްގެއް ނިގުޅައިގެންފައިވާ ކަމަށް ކޮމިޝަނަށް ސާބިތުވެއްޖެ ހިނދެއްގައި މަދަނީ ފިޔަވަޅުއެޅުމާއި އަނިޔާ ލިބުނު ފަރާތަށް މަދަނީ ބަދަލު ނަގައިދެވޭނެ ކަމަށެވެ. އެހެންކަމުން އެ ބަދަލު ނަގައި ދޭނެ އުސޫލު ހެދުމުގެ މަސައްކަތް އެޗްއާރުސީއެމުން މިހާރު އަންނަނީ ކުރަމުންނެވެ.

އެޗްއާރުސީއެމްގެ މެމްބަރު ޑރ. އަހުމަދު އަދުހަމް އަބްދުالله، "އަދަދު" އަށް ވިދާޅުވީ އިންސާނީ ހައްގެއް ގެއްލިގެން މަދަނީ ބަދަލު ނަގައި ދިނުމުގެ ބާރު އެޗްއާރުސީއެމްއަށް ލިބިފައިވާއިރު ގިނަ މައްސަލަތަކެއް އެގޮތަށް ހުށަހެޅޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެކަން ކުރާނެ ގޮތްތަކެއް އެކުލަވާ ލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭރުން އަޅުގަނޑުމެން ހިންގާނީ ޓްރެބިއުނަލްއެއްގެ ގޮތުގައި. ހަމަ ވަޒީފާއާ ބެހޭ ޓްރެބިއުނަލްއިން ބަދަލު ނަގައިދޭ ގޮތަށް އަޅުގަނޑުމެން ވެސް އެ މަސައްކަތް ކުރިއަށް ދާނީ

މަދަނީ ބަދަލު ނަގައިދޭން ފެށުމާއެކު ހައްގު ގެއްލޭ މީހުންނަށް އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދެވޭނެ އެވެ. އެގޮތުން އެ ހައްގު ދިނުމުގައި އިހުމާލުވި މީހުންގެ ކިބައިން މަދަނީ ބަދަލެއް ނަގައިދޭނެ އެވެ.

މަދަނީ ބަދަލު ނަގައި ދިނުމަކީ އެޗްއާރުސީއެމްއިން އަލަށް ފަށާ ކަމެކެވެ. މިހާތަނަށް އެ ކޮމިޝަނުން ބަލާ މައްސަލަތައް ބެލުމަށް ފަހު ރަނގަޅު ކުރަން ޖެހޭ ކަންކަން ދައުލަތުގެ މުއައްސަސާތަކަށް އަންގަ އެވެ. އަދި ދައުވާ ކުރަން ޖެހޭ ހާލަތުގައި ޕްރޮސިކިއުޓާ ޖެނެރަލްއަށް ވެސް ފޮނުވަ އެވެ.

އަދުހަމް ވިދާޅުވީ މަދަނީ ބަދަލު ނަގައި ދިނުމަށް މުވައްޒަފުން ތަމްރީން ކުރުމާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަން ކުރަން ފަށާނެ ވަކި ދުވަހެއް އަދި ނުނިންމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox