މަރުތަކުގެ މައްސަލައިގައި އެމްޕީއެލުން ޒިންމާތަކުން ބަރީއަނުވާނެ ކަމުގެ ޔަގީކަން ޝާހިދު ދެއްވައިފި

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވާހަކަ ދައްކަވަނީ: ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ކުޑަވުމުގެ ސަބަބުން އިތުރު ސަލާމަތީ ފިޔަވަޅު އަޅަންޖެހޭ ކަމަށް -- ފޮޓޯ / ހުސެއިން ވަހީދު

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވާހަކަ ދައްކަވަނީ: ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ކުޑަވުމުގެ ސަބަބުން އިތުރު ސަލާމަތީ ފިޔަވަޅު އަޅަންޖެހޭ ކަމަށް -- ފޮޓޯ / ހުސެއިން ވަހީދު

މިއަހަރު ކުރީކޮޅު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ދެ އެކްސިޑެންޓެއްގައި ދެ މީހަކު މަރުވި މައްސަލައިގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެ ކުންފުނީގެ ޒިންމާތަކުން ބަރީއަނުވާނެ ކަމަށް ސީއީއޯ ޝާހިދު އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ޖެނުއަރީ އަދި ފެބްރުއަރީ މަހު ދެ ދިވެހިން މަރުވި އެކްސިޑެންޓުތައް "ހިނގައިދިޔަ ހުރިހާ އެސްޕެކްޓެއް ބަލައިފަ ކޮބައިތޯ، ކޮންބައެއްތޯ އޭގައި ރެސްޕޮންސިބަލް ވަނީ" ބަލަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޒިންމާއެއް ނެތޭ ކިޔާފަ ތި ސުވާލުން ބަރީއަވާކަށް ވެސް ބޭނުމެއް ނޫން،" މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ، އެމްޕީއެލްގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭ އެންމެ ޒިންމާދާރުކޮށް ކުރަން."

ޖެނުއަރީ މަހު ބިއްލޫރި ބަރުކޮށްފައި އޮތް ޕެލެޓެއް ދަށުވެ ލިބުނު ހާނިއްކައިގަ ނ. ލަންދޫ، އަބްދުﷲ އާސިމް، މަރުވި މައްސަލަ އާއި ވިދިގެން އައި ފެބްރުއަރީ މަހު ކެރޭނަކުން ޖަހައި މައްޗަށް ނަގާފައި އޮތް ބިޔަ ކާޕެޓް ރޯލެއް ދަށުވެ ހދ. ނޮޅިވަރަމް، އިމްރާން އަލީ، 28، މަރުވި މައްސަލައިގައި އެމްޕީއެލްގެ މައްސަލަތަކެއް ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސާސް ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.

އެ އެކްސިޑެންޓުތަކުގައި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު އެސްއޯއީ ކޮމެޓީން ނެރެފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އެކްސިޑެންޓުތައް ހިނގިއިރު ބަނދަރުގެ ސަލާމަތީ އުސޫލުތަކަށް އަމަލުކޮށްފައިނުވާ ކަމަށް، އެމްޕީއެލުން އެ މައްސަލަތައް ތަހުގީގުކޮށް އެކުލަވާލި ދެ ރިޕޯޓެއްގެ ޑްރާފްޓުން އެނގޭ ކަމަށެވެ.

އެގޮތުން ބަނދަރުގެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާތަކާއި ރިސްކް މެނޭޖްމަންޓް ވާކްޝީޓްތަކެއް އެމްޕީއެލުން ހަދާފައި ހުރި ނަމަވެސް އެކްސިޑެންޓު ހިނގިއިރު އެ ތަކެއްޗަށް އަމަލު ކުރަމުން ނުދާ ކަމަށް އެމްޕީއެލްގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޮމެޓީއަށް ހޯދިފައިވާ ކަމަށް މަޖިލީހުގެ ރިޕޯޓުގައިވެ އެވެ.

ބަނދަރުގައި މަސައްކަތް ފެށުމުގެ ކުރިން ސޭފްޓީ ޗެކް ކުރުމާއި ތަޖުރިބާކާރުން ލައްވައި ބަރު މުދާ އުފުލުމަށާއި އަމިއްލަ ސަލާމަތަށް ހެލްމެޓާއި ބޫޓު ފަދަ ތަކެއްޗަށް އެރުމަށާއި މަސައްކަތުގެ މާހައުލު ސުޕަވައިޒް ކުރަމުން ގެންދިއުމަށް އެމްޕީއެލްގެ އުސޫލުތަކުގައި ލިޔެފައި ހުރި ނަމަވެސް އެކްސިޑެންޓުތައް ހިނގިއިރު އެކަންކަމަށް ވެސް އަމަލު ކުރަމުން ނުދާ ކަމަށް ކުންފުނީގެ އެތެރޭގެ ތަހުގީގުތަކުން އެނގުނު ކަމަށް މަޖިލީހުން ބުނެފައިވެ އެވެ.

އެކަމަކު ނޫސްވެރިންގެ ބައްދަލުވުމުގައި ބަނދަރު ހިންގާ ކުންފުނީގެ ސީއީއޯ ޝާހިދު ވިދާޅުވީ މަޖިލިސް ރިޕޯޓުގައި އެހެން ލިޔެފައި އޮތުން "އަޅުގަނޑަށް ހީވަނީ ތިއީ މިސްޓޭކެއްހެން" ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ މަޖިލީހުން ލިޔުއްވާފައިވަ ރިޕޯޓުގައި އެބައޮތްހެން އިޝޫއެއް،" އޭނާ ދެކިވަޑައިގަންނަވާ ގޮތް ޝާހިދު ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތީ ކަންކަމުގެ ވާހަކަ އިތުރަށް ދައްކަވަމުން ޝާހިދު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ " ވަރަށް ކުޑަ ކޮންފައިންޑް ސްޕޭސްއެއްގައި ވަރަށް ގިނަ މަސައްކަތްތަކެއް" ކުރަންޖެހުން ކަމަށެވެ.

"މިކަހަލަ މާހައުލެއްގައި އަޅުގަނޑުމެން އެހެން ތަންތަނުގައި އަޅާ ފިޔަވަޅުތަކަށްވުރެ އިތުރު ފިޔަވަޅުތަކެއް އަޅައިގެން ނޫން ގޮތަކަށް ސޭފްޓީ ކަންތައް ނުބެލެހެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރުގައި ތަކުރާރުކޮށް އަބަދުވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުންދެ އެވެ. އަދި މިފަދަ އެތައް ހާދިސާއެއްގައި ގިނަ ބައެއް މިހާރު ވަނީ މަރުވެފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ބޯޓަކުން ކޮންޓެއިނަރު ބާލަނިކޮށް ބޯޓުގެ ކެރޭނު ހަލާކުވެ ފަލްކާގައި ހުރި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox