ރޯދައިގެ ކުރިން ފުރަތަމަ ޑޯޒް ޖަހަން އެޗްޕީއޭ އިން އެދިއްޖެ

ނަރުހަކު މީހެއްގެ ގަޔަށް ސިނޮފާމްގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަނީ -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ނަރުހަކު މީހެއްގެ ގަޔަށް ސިނޮފާމްގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަނީ -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ނުޖަހާ މީހުން ރޯދައިގެ ކުރިން ފުރަތަމަ ޑޯޒް ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެޗްޕީއޭއިން ބުނެފައި ވަނީ ކުރިއަށް އޮތް ރޯދަ މަހު ވެކްސިން ދޭ ގަޑިތައް މަދު ވާނެ ކަމަށެވެ. އެހެންކަމުން ރޯދަ މަހު ވެކްސިން ޖަހަން އުނދަގޫތަކެއް ކުރިމަތިވެދާނެތީ އޭގެ ކުރިން ފުރަތަމަ ޑޯޒް ޖެހުމަށް އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.

ދިވެހި ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހެވެ.

އެޗްޕީއޭއިން މިހާރު ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިނެވެ. ކުރިން ދެމުން ގެންދިޔަ ކޮވިޝީލްޑް ވެކްސިންގެ ދެން ޖަހާނީ ދެ ޑޯޒެވެ.

ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ ސިނޮފާމް ވެކްސިން އަކީ ކޮވިޑް 19 އަށް ދެމުން ގެންދާ އެހެން ވެކްސިންތަކެކޭ އެއް ފަދައިން ރައްކާތެރި ވެކްސިނެކެވެ. މި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމް ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުންނެވެ.

ސިނޮފާމް އުފައްދާފައި ވަނީ ކޮރޯނާ ވައިރަހަށް ބަދަލުތަކެއް ގެނެސްގެނެވެ. ކޮރޯނާ ވައިރަހަށް ކެމިކަލެއް އަޅާލުމުން އެ އިންއެކްޓިވްވެ އެވެ. ނަމަވެސް އޭގެ ބޭރު ފަށަލައިގަ ހުންނަ ކަށިތަކަށް ގެއްލުމެއް ނުވެ އެވެ. މިހެން ހެދުމުން ވައިރަހަށް ރެޕްލިކޭޓް ކުރުމުގެ ބާރު ކެނޑެ އެވެ. އަދި ހަށިގަނޑަށް މި ވެކްސިން ވަނުމުން ދިފާއީ ނިޒާމުން ކޮރޯނާ ވައިރަހަށް އެންޓިބޮޑީސް އުފައްދަން ދަސްވެ އެވެ.

ޕޯލިއޯ އާއި ރޭބީސް ފަދަ ވެކްސިންތައް ވެސް ތައްޔާރު ކޮށްފައި ވަނީ މިގޮތަށެވެ. މި ވެކްސިން 25 ގައުމެއްގައި މިހާރު ބޭނުން ކުރެ އެވެ.

މާލެ ސަރަހަށްދުން އިއްޔެ 776 މީހުން ވެކްސިން ޖަހާފައިވާ އިރު އަތޮޅުތަކުން 1،269 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. މިހާތަނަށް 232،175 މީހުން ވަނީ މުޅި ރާއްޖެ އިން ވެކްސިން ޖަހާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox