އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނު 26 އޭޕްރީލް ގައި ބާއްވަން ހަމަޖެހިއްޖެ

މާލެ މަގު މަތިން ސްކޫލް ކުދިންތަކެއް ހިނގާފައި ދަނީ: އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނު ބާއްވާނީ އޭޕްރީލް 26 ގައި -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މާލެ މަގު މަތިން ސްކޫލް ކުދިންތަކެއް ހިނގާފައި ދަނީ: އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނު ބާއްވާނީ އޭޕްރީލް 26 ގައި -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނުގެ ތާވަލަށް އެޑެކްސެލް އިން ގެނައި ބަދަލާއި ގުޅިގެން މިހާރު އިމްތިހާނު ބާއްވަން ހަމަޖެހިފައިވަނީ 26 އޭޕްރިލް ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ނޫސް ބަޔާނުގައި ވަނީ މި ބަދަލު ގެނެވިފައިވަނީ މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި މި ތާރީހް ބަދަލު ކުރުމަށް އެޑެކްސެލް އާއި ކުރެވުނު މަޝްވަރާތަކުން އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ.

މި ބަދަލާއި ގުޅިގެން އެޗްއެސްސީ އިމްތިހާނު އޮންނާނީ އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނު ނިމުމަށް ފަހު އެއް މަސް ފަހުން 13 ޖޫން އިން 17 ޖޫން އަށެވެ.

އޭ ލެވެލް އިމްތިހާނު މެއި/ޖޫން ގައި ނުބާއްވާނެކަން އެޑެކްސެލްއިން މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންގި އެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ކުރި މަސައްކަތުން މެއި/ޖޫން ގައި އިމްތިހާނު ބާއްވަން އެޑެކްސެލް އިން ވަނީ ހުއްދަ ދީފައި އެވެ.

ދުނިޔޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ވެފައިނުވާތީ މިދިޔަ އަހަރު އޯ ލެވެލް އަދި އޭލެވެލް އިމްތިހާނު ބާއްވާފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox