ބޯޑަރު ހުޅުވާލި ފަހުން ފުރަތަމަ ފަހަރަށް މަސް ދުވަހުގެ ޓޫރިސްޓުންގެ އަދަދު ލައްކައަކަށް

މާޗް މަހު ރާއްޖެ އަށް ޒިޔާރަތް ކުރި އެއް ލައްކަ ވަނަ ފަތުރުވެރިޔާއާ އިނާމު ހަވާލު ކުރަނީ: މަންތްލީ ޓޫރިސްޓް އެރައިވަލްސް ލައްކައަކަށް މިއެރީ އަހަރު ދުވަސް ފަހުން - ފޮޓޯ / ޓޫރިޒަމް މިނިސްޓްރީ

މާޗް މަހު ރާއްޖެ އަށް ޒިޔާރަތް ކުރި އެއް ލައްކަ ވަނަ ފަތުރުވެރިޔާއާ އިނާމު ހަވާލު ކުރަނީ: މަންތްލީ ޓޫރިސްޓް އެރައިވަލްސް ލައްކައަކަށް މިއެރީ އަހަރު ދުވަސް ފަހުން - ފޮޓޯ / ޓޫރިޒަމް މިނިސްޓްރީ

މާޗް މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަށް އަރައިފި އެވެ.

މިއީ ކޮވިޑް ހާލަތުގެ ފަހުން ރާއްޖެ އަށް މަސް ދުވަހުގެ ތެރޭގައި އެއް ލައްކަ ފަތުރުވެރިން ޒިޔާރަތް ކުރި ފުރަތަމަ ފަހަރެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އެވަރެޖްކޮށް މަހަކު އުޅެނީ އެއް ލައްކަ އަށް ވުރެ މަތީގަ އެވެ.

އެންމެ ފަހުން ރާއްޖޭގެ މަހަކު ޓުއަރިސްޓުން ލައްކައަކަށް ވުރެ އިތުރުވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ މަހު ރާއްޖެ އަށް 149,785 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ޑިސެމްބަރު މަހު ފެށުނު ފަހުން ކޮންމެ މަހަކު އަންނަ ފަތުރުވެރިންގެ އަދަދުތައް ހުރީ 90،000 ގެ އަދަދުތަކުގައި ހިފެހެއްޓިފަ އެވެ.

މި މަހު ރާއްޖެ އަށް ޒިޔާރަތް ކުރި އެއް ލައްކަ ވަނަ ފަތުރުވެރިޔާއަކީ، މިސްރުގެ ރައްޔިތެއް ހަނާ މުހައްމަދު އަހުމަދާއި ކާމިލް މުސްތަފާ އެވެ. އެމިރޭޓްސް އެއާލައިންގެ ފްލައިޓެއްގައި އޭނާ ރާއްޖެ އަށް އައީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ އައީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ގައި ޗުއްޓީ އެއް ހޭދަ ކޮށްލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox