ނ. އަތޮޅުގައި ހިންގާ ރިސޯޓުތަކަށް އަހަރަކު 60 މިލިއަން ޑޮލަރު ލިބޭ

ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑް: މި އަތޮޅުގައި މުޅިންހެން އޮންނަނީ މަތީ ފަންތީގެ ރިސޯޓުތައް ---

ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑް: މި އަތޮޅުގައި މުޅިންހެން އޮންނަނީ މަތީ ފަންތީގެ ރިސޯޓުތައް ---

ފަސް ތަރީގެ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް އޮންނަ ނ. އަތޮޅުގައި ހިންގާ ރިސޯޓުތަކަށް އަހަރެއްގެ ތެރޭގައި އެވަރެޖުކޮށް 60 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ލިބޭ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރިސޯޓުތަކަށް ލިބޭ އާމްދަނީ އާއި ރިސޯޓުތަކުން ދައުލަތަށް ދައްކާ ސާވިސް ޓެކްސް (ޓީޖީއެސްޓީ) ގެ މައުލޫމާތު މީރާއިން އާންމުކުރަނީ "ސޭލްސް އެންޑް ބެޑް ނައިޓްސް ރިޕޯޓަޑް ފްރޮމް ދަ ރިސޯޓު ސެކްޓާ އެޓް އެޓޯލް ލެވަލް ފްރޯމް 2016-2024" ރިޕޯޓުގަ އެވެ. މިއީ ރިސޯޓުތަކުން ދައްކާ ޓީޖީއެސްޓީއަށް ބިނާކޮށް ޓެކްސް އިދާރާއިން ކުރާ ލަފާކުރުންތަކެއް ހިމަނައިގެން އެކުލަވާލާ ރިޕޯޓެކެވެ.

މީރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ރިޕޯޓުގައި ވަނީ 2016 އިން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ރިސޯޓުތަކަށް ލިބުނު އާމްދަނީގެ މައުލޫމާތެވެ. އެ ރިޕޯޓުގައިވާ ގޮތުގައި 2024 ވަނަ އަހަރު ރިސޯޓުތަކަށް 5.1 ބިލިއަން ޑޮލަރު (79.2 ބިލިއަން ރުފިޔާ) ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 634 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ރެކޯޑުތަކަށް ބަލާއިރު، 2024 ވަނަ އަހަރަކީ ޓޫރިޒަމް ސިނާއަތަށް ފަސް ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބުނު ފުރަތަމަ އަހަރެވެ. އޭގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރު ކަމުގައިވާ 2022 ވަނަ އަހަރުގައި ރިސޯޓުތަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 4.9 ބިލިއަން ޑޮލަރެވެ.

މީރާގެ ރިޕޯޓުން ވަކިވަކި ރިސޯޓުތަކަށް އާމްދަނީ ލިބޭ ވަރެއް ނޭނގުނަސް، އަތޮޅުތައް ވަކިކޮށްފައި އޮންނާތީ ރިސޯޓުތައް ގިނަ އަތޮޅުތަކުގައި އެވަރެޖުކޮށް ރިސޯޓަކަށް ޖެހޭ އާމްދަނީ ހިސާބުކުރެވެ އެވެ. މިހެން ހިސާބުކުރާއިރު ބޮޑު ތަފާތަކާއެކީ ލިސްޓުގެ އެންމެ ކުރީގައި ނ. އަތޮޅެވެ.

އެވަރެޖުކޮށް ރިސޯޓުތަކަށް ލިބުނު އާމްދަނީ (2024)

  • ނ. އަތޮޅު - 59.3 މިލިއަން ޑޮލަރު
  • ދ. އަތޮޅު - 35.7 މިލިއަން ޑޮލަރު
  • ކ. އަތޮޅު - 33.8 މިލިއަން ޑޮލަރު
  • ރ. އަތޮޅު - 30.3 މިލިއަން ޑޮލަރު
  • ޅ. އަތޮޅު - 28.1 މިލިއަން ޑޮލަރު
  • ބ. އަތޮޅު - 27.2 މިލިއަން ޑޮލަރު
  • ހއ. އަތޮޅު - 26.5 މިލިއަން ޑޮލަރު
  • އދ. އަތޮޅު - 23.6 މިލިއަން ޑޮލަރު
  • އއ. އަތޮޅު - 19.2 މިލިއަން ޑޮލަރު
  • ގދ. އަތޮޅު - 17.3 މިލިއަން ޑޮލަރު
  • ފ.، ހދ.، ލ.، މ.، ސ.، ށ.، އަދި ތ. އަތޮޅު - 13.9 މިލިއަން ޑޮލަރު
  • ވ. އަތޮޅު - 13.9 މިލިއަން ޑޮލަރު
  • ގއ. އަތޮޅު - 13.7 މިލިއަން ޑޮލަރު

ނ. އަތޮޅުގައި އަށް ރިސޯޓެއް ހިންގަމުން އަންނައިރު، 2024 ވަނަ އަހަރު އެ ރިސޯޓުތަކަށް ލިބުނު ޖުމްލަ އާމްދަނީ 475 މިލިއަން ޑޮލަރަށް އަރަ އެވެ. މިއީ އެއަށް ވުރެ ގިނަ ރިސޯޓުތައް ހުރި ބައެއް އަތޮޅުތަކުން ލިބުނު އާމްދަނީއަށް ވުރެ ވެސް ބޮޑު އާމްދަނީއެކެވެ.

ޖުމްލަ އާމްދަނީގެ ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ރިސޯޓުތައް ވެސް އެންމެ ގިނަ ކ. އަތޮޅުންނެވެ. ކ. އަތޮޅުގައި ހިންގާ 58 ރިސޯޓަށް ލިބުނު އާމްދަނީ 1.9 ބިލިއަން ޑޮލަރަށް އަރަ އެވެ. އެވަރެޖުކޮށް ކޮންމެ ރިސޯޓަކަށް ޖެހޭ އާމްދަނީއަކީ 33.8 މިލިއަން ޑޮލަރެވެ.

މުޅި ރާއްޖެއަށް ބަލާއިރު، އެވަރެޖުކޮށް ރިސޯޓަކަށް ލިބޭ އާމްދަނީ އުޅެނީ 28.8 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ރިސޯޓުތައް މަދު އަތޮޅުތަކުގެ އެވަރެޖު އުޅެނީ އަހަރަކު 20 މިލިއަން ޑޮލަރަށް ވުރެ ދަށުގަ އެވެ. އެވަރެޖުކޮށް ބެޑްނައިޓަކަށް (ޓޫރިސްޓަކު ހުންނަ ކޮންމެ ރެއަކަށް) ޖެހޭ އާމްދަނީ އުޅެނީ 439 ޑޮލަރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox