އަދާލަތުގެ ޒަމީރަށް އުނދަގޫވާނަމަ، އިންސާފުގެ ދޮރު ބަންދު ނުކުރޭ!

ފަނޑިޔާރު ހުސްނުއްސުއޫދު: އަދާލަތު ޒަމީރަށް އުނދަގޫވާނަމަ، އިންސާފުގެ ދޮރު ބަންދުކޮށް ނުވާނެ -

ފަނޑިޔާރު ހުސްނުއްސުއޫދު: އަދާލަތު ޒަމީރަށް އުނދަގޫވާނަމަ، އިންސާފުގެ ދޮރު ބަންދުކޮށް ނުވާނެ -

"ހަސްމުން [މައްސަލާއެއްގައި ހިމެނޭ ފަރާތްތައް]ގެ މައްޗަށް އަނިޔާވެރިވެ، ހިތުހުރި ގޮތަކަށް ހުކުމް ކުރުމުގެ މިނިވަންކަން ފަނޑިޔާރުންނަށް ލިބިގެން ނުވޭ."

ދާދިފަހުން ސުޕްރީމް ކޯޓުގެ ހުކުމެއްގައި ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވީ މިހެނެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމާމެދު އަބަދުމެ ޝަކުވާ އޮވެ އެވެ. އިންސާފު ނުލިބޭ ކަމާއި ދޯދިޔާކަމުގެ ވާހަކަ ނުހަނު ދެކެވެ އެވެ. އިޖުރާއީ ބޮޑެތި ގޯސްތައް ވެސް ކޯޓުތަކުން ފެނިގެންދެ އެވެ. ގާޒީން މުޅިން އިދިކީލަ ގޮތަކުން އަމަލު ކުރައްވާފައިވާ މައްސަލަތައް ވެސް އެހާމެ ގިނަ އެވެ.

Advertisement

އެފަދަ ގޯސްތަކުގެ ތެރެއިން މަދަނީ ގިނަ މައްސަލަތަކެއްގައި ނިންމުމަށް ގާޒީ ވާސިލްވާ ސަބަބުތައް ބަޔާން ނުކޮށް، ޣައިރު ހާޒިރުގައި ސާބިތު ނުވަތަ ސާބިތު ނުވާ ކަމަށް ކަނޑައަޅުން ގިނަ އެވެ. ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ނިންމާފައި ނިންމުމަކީ މިފަދަ މައްސަލަތަކަށް އިންސާފެއް ލިޔެދިން ހުކުމެކެވެ.

އެ މައްސަލައަކީ އަމިއްލަ ދެ މީހެއްގެ މެދުގައި ވެފައިވާ އެއްބަސްވުމަކާ އެއްގޮތަށް އޭގެ ތެރެއިން އެކަކު އަމަލު ކުރަމުން ނުދާ ކަމަށް ބުނެ އުފަންވި މައްސަލައެކެވެ. އެތައް އަހަރުތަކެއްވެފައިވާ މައްސަލާގައި ސުޕްރީމް ކޯޓާ ހަމައަށް އައިސްފައިވަނީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެކެވެ. އެ ހުކުމުގައި ކަނޑައަޅާފައިވަނީ އެއްބަސްވުމާ އޭގެ ތެރެއިން އެކަކު ހިލާފުވެފައިވާ ކަމަށެވެ. އެ ހުކުމް ކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

ޣައިރު ހާޒިރުގައި ކުރި ހުކުމް އޭނާ ހައިކޯޓުން އިސްތިއުނާފު ކުރުމުން ބޭރުކޮށްލީ އެވެ. ސަބަބަކަށްވީ އިސްތިއުނާފަށް އޭނާ މައްސަލަ ހުށަހަޅާފައި ވަނީ އެކަމަށް ގާނޫނުން ދީފައިވާ މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ އެވެ. އެކަމާހުރެ، އޭނާ މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ދިޔުމުން ޝަރުއީ ގޮތުން އުފެދިފައި އޮތް މުހިންމު ދެ މައްސަލައަކާ ގުޅޭ މުހިންމު ނިންމުންތަކެއް ފެނިގެންދިޔަ އެވެ.

ފަނޑިޔާރު ސުއޫދު ލިޔުއްވާފައިވާ ހުކުމްގައި ބުނެފައިވާ ގޮތުގައި ޝަރީއަތަކީ ފަނޑިޔާރުގެ ކުރި މައްޗަށް ހުށަހެޅޭ ދައުވާއެއްގައި ހަސްމުން ހުށަހަޅާ ހެކިތައް ވަޒަންކޮށް އެ ހެކިތަކުގެ މައްޗަށް ފަނޑިޔާރު ބަލައި ވިސްނުމަށްފަހު އޭނާއަށް ބުރަވެވޭ ގޮތަކަށް އެ ދައުވާއާމެދު ގޮތެއް ނިންމުމެވެ.

ފަނޑިޔާރު ނިންމާ ނިންމުމަކީ ސުއޫދު ވިދާޅުވި ގޮތުގައި، ހެއްކާ ގަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާއި އެކުގައި ކުރި ހުކުމެއްކަން ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ ކުރި މައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައިކަމާ، އެ ހެކިތައް ވަޒަންކުރި ގޮތާއި، އެ ހުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކުރުން ކަމެވެ.

ހުކުމަށް ފަނޑިޔާރު ވާސިލްވި ސަބަބުތައް ލިޔެ ބަޔާން ކުރުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ)އިން ކަށަވަރުކޮށްދޭ އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ހައްގުގެ މައިގަނޑު އުންސުރު

"ހުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުވާ ސަބަބަކީ، އެ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް އެ ފަނޑިޔާރު ބަލައިފިކަން ކަށަވަރު ކުރެވޭނެ ވަސީލަތަކީ އެއީ ކަމުގައިވާތީ،" ޝަރުއީ އެކި ކަންކަމާ ގުޅޭ ގިނަ ފޮތްތަކެއް ވެސް ލިޔުއްވާފައިވާ ސުއޫދު ފާހަގަކުރެއްވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި މައްސަލާގައި ރިއާޔަތްކުރި ނުކުތާތަކާއި ހެކިތަކާއި އެ ވަޒަންކުރި ގޮތާއި ބުރަދަން ދިން ގޮތާއި ސާބިތު ނުވަތަ ސާބިތު ނުވާ ސަބަބުތައް ސާފުކޮށް އޮޅުންފިލާނޭ ގޮތަށް ތިލަބަހުން ފަނޑިޔާރުން ބަޔާން ކުރަން ޖެހޭނެ އެވެ. އެކަން އެގޮތަށް ފަނޑިޔާރު ނުކޮށްފިނަމަ، މައްސަލަ އިސްތިއުނާފު ކުރުމަށް ހަސްމަކު ބޭނުންވެއްޖެނަމަ އޭނާ ޗެލެންޖު ކުރާނެ ނުކުތާތަކެއް ވެސް ނޯންނާނެ އެވެ. އެއީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އިސްތިއުނާފު ކުރުމުގެ ހައްގަށް ވެސް އުނިކަން ލިބޭނެ ކަމެއްގެ ގޮތުގައި ސުއޫދު ފާހަގަކުރެއްވި އެވެ.

"...ވީމާ، ފަނޑިޔާރު ހުކުމަށް ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި ނެތްނަމަ އެ ޝަރީއަތަކީ ސައްހަ ޝަރީއަތެއް ކަމަށް ނުބެލެވޭނެ، ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވޭ މަދަނީ މައްސަލަތަކުގައި ވެސް މިކަން އޮންނަން ވާނީ މި މަގަށް،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އަނިޔާވެރިކޮށް ހިތުހުރި ގޮތަކަށް ހުކުމް ކުރުމުގެ މިނިވަންކަން އެއީ ފަނޑިޔާރުންނަށް އޮތް އެއްޗެއް ނޫނެވެ. ޝަރީއަތް ކުރުމުގައި އަނިޔާވެރިކަމުގެ މަގަށް ނިކުމެވޭނެ ހަމަ އެންމެ ދޮރެއް ވެސް ހުޅުވިފައި ހުރެގެން ނުވާނެ އެވެ.

"އެހެންކަމުން، ހުކުމް ކުރަނީ ބޭއިންސާފުގެ މަގުން ކަމުގެ ޝައްކާއި ވަހުމްތައް ނެތިކޮށްލައި އެކަމުން ދުރުވެގަންނަން އޮތް އެންމެ ރަނގަޅު ގޮތަކީ ހުކުމަށް ވާސިލްވި ސަބަބުތައް ސާފުކޮށް ލިޔެ ބަޔާންކުރުން،" ސުޕްރީމް ކޯޓުގެ ގިނަ މުހިންމު ނިންމުންތަކުގައި ބައިވެރިވަޑައިގަންނަވާ ފަނޑިޔާރު ސުއޫދު ލިޔުއްވި އެވެ.

މި ހުކުމް ނެރުއްވި މައްސަލާގައި ހިމެނޭ ސިވިލް ކޯޓުގެ ނިންމުން ނެރުމުގައި ގާޒީ، މި އުސޫލުން ކަން ކުރައްވާފައި ނެތުމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ އެ ނިންމުމަކީ ގާނޫނާ އެއްގޮތަށް އިންސާފުވެރި ޝަރީއަތެއް ކުރުމަށްފަހު ކޮށްފައިވާ ހުކުމެއްކަން ބަލާނެ ޖާގައެއް ނެތް ކަމަށެވެ.

އެހެންވެ ސުއޫދު ހުކުމް އިއްވެވީ، ހައިކޯޓަށް މައްސަލަ އަލުން ބެލުމަށެވެ.

އެގޮތަށް ނެރުއްވި ހުކުމްގައި ދެން އަލިއަޅުއްވާލައްވާފައި ވަނީ އިސްތިއުނާފު މުއްދަތާ ގުޅޭ ނުކުތާއަށެވެ.

އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި މީހާ، ހައިކޯޓަށް މައްސަލަ ވެއްދީ ގާނޫނީ މުއްދަތު ފަހަނަ އަޅައި ދިޔަ ފަހުން ކަމުގައިވީ ނަމަވެސް ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި އަދާލަތުގެ ހަމަތައް ލާޒިމް ކުރަނީ، ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް އެ ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމެވެ. އެއީ، އެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތުން އޭނާ، އިންސާފުވެރި ޝަރީއަތެއްގެ ހައްގުން މަހުރޫމްވެފައިވާތީ އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ގިނަ މައްސަލަތަކެއްގައި ކުރިން ވަކާލާތު ވެސް ކުރައްވާފައިވާ، ފަނޑިޔާރު ސުއޫދު ލިޔުއްވާފައިވާ ގޮތުގައި ޝަރީއަތުގެ ބައެއް މަރުހަލާތަކަށް ގާނޫނުން މުއްދަތެއް ކަނޑައަޅާފައިވަނީ އެންމެންގެ ހެވާ ލަބާއަށް ކަމުން އިސްތިއުނާފު ކުރުމަށް ދީފައިވާ މުއްދަތު ފަދަ އިޖުރާއަތުތަކަށް ފަރުވާ ބަހައްޓަން ޖެހޭނެ އެވެ. އެ ފަރުވާ ނުބަހައްޓާ ފަރާތްތަކަށް ހިމާޔަތެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި މައްސަލަ ގެއްލޭ ފަރާތަށް އިންސާފުގެ ދޮރު މުޅިން ބަންދުކުރުމުގެ ކުރިން އޭނާގެ ވާހަކަ އަޑުއަހައި އޭނާއަށް ދިމާވެފައިވާ ހާލަތަކީ ކޮބައިތޯ ބަލައި ލަސްވީ ކީއްވެގެންތޯ އަޑުއެހުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"...އެއީ އިންސާފުގެ ދޮރު ބަންދު ކުރުމުގެ ކުރީން އަދާލަތުގެ ޒަމީރަށް އުނދަގޫ ކުރާ ކަމެއްތޯ ބެލުމުގެ ގޮތުން ކުރާ ކަމެއް، އެފަދަ ކަމެއް އޮތްނަމަ، އެމީހަކަށް ފުރުސަތު ދިނުމަކީ އިންސާފާ އެންމެ ގާތްކުރާ ގޮތް،" ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. މުހައްމަދު އިބްރާހިމް ތާއިދު ކުރައްވާފައިވާ ސުއޫދުގެ ހުކުމް ނިންމާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox