ވައުދު ނުފުއްދައި ދެވަނަ ދައުރަކާ މެދު ރައީސް ނުވިސްނަވާ

Mar 28, 2021, 1:17 PM
މިދިޔަ ބުރާސްފަތި ދުވަހު ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ބުރާސްފަތި ދުވަހު ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ދެވަނަ ދައުރަކާމެދު ނުވިސްނަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް މި ވަގުތު އެންމެ މުހިއްމީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުން ކަމަށެވެ.

"އަޅުގަނޑު މި މަސައްކަތް ކުރަނީ ވީ ވައުދުތައް އިހަށް ފުއްދޭތޯ. އެ ނޫން ވިސްނުމެއް އަޅުގަނޑުގެ ނެތް. ވެރިކަމުގެ ވާހަކަ ދައްކަން އަޅުގަނޑު ހެޔޮނުވާނެ ވީ ވައުދުތައް ނުފުއްދައިދީ، ރައްޔިތުން ގަބޫލެއް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށްފަހު ޖެހިގެން އަންނަ ދުވަހު ދެވަނަ ދައުރަކާމެދު ވިސްނާނަމަ، މަޝްރޫއުތައް ހިންގައި، ރައްޔިތުންނަށް ހިދުމަތްކުރުމަށް ހުރަސްއެޅޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަށް ފުރިހަމަ ތަރައްގީ ގެންނަން ވެރިކަމުގެ ދެ ދައުރު ލިބެން ޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ދާދިފަހުން ވިދާޅުވި ވާހަކައަށްވެސް ތާއީދުކުރައްވައި، ރައީސް ސޯލިހު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

މިގޮތުން، ފަސް އަހަރު ދުވަހުގެ ދައުރަކީ ސިޔާސީ ގޮތުން ބަލާއިރު ރަނގަޅު މުއްދަތެއް ނަމަވެސް، ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން އެއީ އެކަށީގެންވާ މުއްދަތެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަބަބަކީ، ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އެއް ސިޔާސަތުން އަނެއް ސިޔާސަތަށް ބަދަލުވުން ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށާއި ގައުމަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންގުޅުއްވި އެއްފަސްކުރުމުގެ ސިޔާސަތު މިސާލެއްގެ ގޮތުގައި ނަންގަވަމުން، ރައީސް ވިދާޅުވީ މި ސަރުކާރުގެ ލާމަރުކަޒުކުރުމުގެ ސިޔާސަތަކީ އެއާ ދިމާ އިދިކޮޅު ސިޔާސަތެއް ކަމަށެވެ.

"އެންމެން ގަބޫލުކުރާ ތަރައްގީގެ ސިޔާސަތެއް ނެތި ފަސް އަހަރުން ފަސް އަަހަރުން ބަދަލުކުރަން ވެއްޖިއްޔާ ވަަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ. އެހެންނެއް ނޫން، ސިޔާސީ ގޮތުން ބަލާއިރުގައި އަޅުގަނޑު ގަބޫލުކުރަނީ ފަސް އަހަރަކީ ދިގު މުއްދަތެއް ކަަމަށް ވެރިކަން ކުރަން،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، ތަރައްގީގެ ސިޔާސަތުތަކަކީ، އެންމެންނަށް ގަބޫލުކުރެވޭ، ކޮންމެ ސަރުކާރަކާއެކު ބަދަލުނުވާނެ ސިޔާސަތުތަކަކަށް ވާން ޖެހޭ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox