ނުހެދި ހުރި ރިސޯޓުތަކުގެ ޖޫރިމަނާ މައާފުކުރަން ފަހު ފުރުސަތު
ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތައް ތަރައްގީކުރަން ދިން މުއްދަތު ފަހަނައަޅާ ދިޔުމާ ގުޅިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކުރަން އެދެވޭނެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 17 ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ.