ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ ލީސް އެކުއިޒިޝަން އަގު ހެޔޮކޮށްފި

Oct 19, 2026, 2:33 PM
ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކުރާ ތ. ފުށި، ކަނި، ވަންބަނދި: އަގު ހެޔޮކުރީ ރިސޯޓު މަދު އަތޮޅުތަކުން ދޫކުރާ ރަށްތަކުގެ --- ފޮޓޯ: ގޫގުލް އާތު

ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކުރާ ތ. ފުށި، ކަނި، ވަންބަނދި: އަގު ހެޔޮކުރީ ރިސޯޓު މަދު އަތޮޅުތަކުން ދޫކުރާ ރަށްތަކުގެ --- ފޮޓޯ: ގޫގުލް އާތު

ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓުތައް ތަރައްގީކުރުމަށް ދޫކުރާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ދެ އަހަރު ވަންދެން ސޭލް އަގުގައި ދޫކުރާ ފަސް އަތޮޅުގެ ރަށްތަކުގެ އަގު މިހާރު ހުރި އަގަށް ވުރެ ކުޑަކޮށްފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ ޖޫންގައި ނެރުނު އިއުލާނެއްގައި ވަނީ  ހއ، ހދ، ށ، ތ، ލ، އަދި އައްޑޫ ސިޓީން ރިސޯޓު ހަދަން ދޫކުރާ ރަށްތަކާއި ފަޅުތަކާއި ބިންތަކުގެ އަގު ހެޔޮކޮށްފަ އެވެ.

މި އިއުލާނަށް އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ މިނިސްޓްރީން ވަނީ މި އަތޮޅުތަކުން ދޫކުރާ ރަށްތަކުގެ އަގުން 25 ޕަސެންޓު ކަނޑާލާފަ އެވެ. ނަމަވެސް ފަޅުތައް ކުއްޔަށް ދޫކުރާ އަގަކަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. 

ޓޫރިޒަމުން ގެނައި ބަދަލުތަކާ އެކީ ބޭސް ރޭޓާއި ރަށުގެ ބޮޑުމިނަށް ބަލައި ހެކްޓަރަކަށް ޖެހޭ ރޭޓު ވެސް ވަނީ ކުޑަކޮށްފަ އެވެ. އެ ގޮތުން ލ. އަތޮޅު ނޫން އެހެން ހުރިހާ އަތޮޅަކުން ރަށްތައް ދޫކުރާ ބޭސް ރޭޓު ނުވަތަ ފަށާ އަގު ވަނީ ފަސް ލައްކަ ޑޮލަރުން ހަތަރު ލައްކަ ޑޮލަރަށް ކުޑަކޮށްފަ  އެވެ. އަދި ހެކްޓަރަކަށް ޖެހޭ ރޭޓު ވަނީ 35،000 ޑޮލަރުން 25،000 ޑޮލަރަށް ކުޑަކޮށްފަ އެވެ. 

ލ. އަތޮޅުގެ ރަށްތަކުގެ ބޭސް ރޭޓު ވަނީ އަށް ލައްކަ ޑޮލަރުން ހަތް ލައްކަ ޑޮލަރަށް ކުޑަކޮށްފަ އެވެ. އަދި ހެކްޓަރަކަށް ޖެހޭ ރޭޓު ވަނީ 75،000 ޑޮލަރުން 60،000 ޑޮލަރަށް ކުޑަކޮށްފަ އެވެ. 

މީގެ އިތުރުން، ބޮޑެތި ރަށްތަކުން ނަގާ ލޮކޭޝަން ޕްރީމިއަމް ސައިޒް ޕްރީމިއަމްއަށް ބަދަލުކޮށް، އެ އަގުތައް ވެސް ވަނީ ހެޔޮކޮށްފަ އެވެ. މިހާރު 41 ހެކްޓަރަށް ވުރެ ބޮޑު ރަށަކުން ޕްރީއަމްގެ ގޮތުގައި ނަގާނީ ފަސް ލައްކަ ޑޮލަރެވެ. ކުރިން އޮންނަނީ މިލިއަން ޑޮލަރު ނަގާ ގޮތަށެވެ.

ސަރުކާރުން މި ހުރިހާ ލުއިތަކެއް ދެމުން އަޔަސް، ފާހަގަކޮށްލެވޭ ކަމަކީ ގިނަ ތަންތަން ދޫކުރަން އިއުލާންކޮށްފައި ހުއްޓަސް، އެކަށީގެންވާ ވަރަށް އިންވެސްޓަރުން ނުވާ ކަމެވެ.

މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތައް ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އޭގެ ތެރެއިން ވަރަށް ގިނަ ތަންތަނަކީ މަސައްކަތް ނިންމަން ދިން މުއްދަތު ހަމަވެފައިވާ ތަންތަނެވެ. އަދި، އެއްވެސް ވަރަކަށް މަސައްކަތެއް ނުހިނގާ ތަންތަނާއި، އަމަލީ މަސައްކަތް އެއްގޮތަކަށް ވެސް ނުފަށާ ހުރި ރަށްތައް ވެސް މަދެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox