ނުހެދި ހުރި ރިސޯޓުތަކުގެ ޖޫރިމަނާ މައާފުކުރަން ފަހު ފުރުސަތު

ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ ނ. އެކުޅިވަރު: ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަން ދޫކޮށްފައިވާ 70 ރަށެއްގެ މަސައްކަތް ހުއްޓިފައި އެބައޮތް -- ފޮޓޯ: އެސްޓީއޯ

ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ ނ. އެކުޅިވަރު: ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަން ދޫކޮށްފައިވާ 70 ރަށެއްގެ މަސައްކަތް ހުއްޓިފައި އެބައޮތް -- ފޮޓޯ: އެސްޓީއޯ

ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތައް ތަރައްގީކުރަން ދިން މުއްދަތު ފަހަނައަޅާ ދިޔުމާ ގުޅިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކުރަން އެދެވޭނެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 17 ކަމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާ މާފުކުރުމާ ގުޅޭ ގަވާއިދު ޓޫރިޒަމް މިނިސްޓްރީން އިސްލާހުކުރީ އާދިއްތަ ދުވަހު އެވެ.

މި ގަވާއިދަކީ ތަރައްގީނުވެ ގިނަ ދުވަސްވެފައިވާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްގީކުރާ އިންވެސްޓަރުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި އެކުލަވާލެވުނު ގަވާއިދެކެވެ.

Advertisement

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ގަވާއިދަށް ގެނެވުނު އިސްލާހާ ގުޅިގެން ދެން އެ ގަވާއިދުގެ ތެރެއިން ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރަން ހުށަހެޅޭނެ ފަހުގެ ތާރީހެއް ކަނޑައެޅުނީ އެވެ.

މި މުއްދަތުގެ ތެރޭގައި ޖޫރިމަނާ އާއި ކުލި މާފުކުރަން ހުށަނާޅާ ޑިވެލޮޕަރުންނާ މެދު އަމަލުކުރާނީ އެ ބަޔަކާ އެކު ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތެއްގެ މަތިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދުގެ ދަށުން ޑިވެލޮޕަރުން ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރަން ހުށައެޅެނީ މަސައްކަތް ހިނގާނެ ގޮތުގައި ވާކް ޕްލޭނަކާ އެކުގަ އެވެ. ބޭނުންނަމަ އެކި މަރުހަލާތަކަށް ބަހާލައިގެން ވެސް ހުށަހެޅޭނެ އެވެ.

މި ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޑިވެލޮޕަރުން ހުށައަޅާ ހުށައެޅުންތައް މިނިސްޓްރީން ބަލައިގަންނަން މަޖުބޫރެވެ.

ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ޖަމާކުރަން ޖެހެނީ ޓޫރިޒަމް އެކްޓިވިޓީ ޓްރަސްޓް ފަންޑަށެވެ. މި ފައިސާއަކީ ސީއެސްއާރުގެ ގޮތުގައި ޑިވެލޮޕަރުން ދައްކަން ޖެހޭ ފައިސާ އެވެ.

ޖޫރިމަނާގެ ގޮތުގައި ސީއެސްއާރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅަނީ އެކި ޒޯނުތަކަށް ބަހާލައިގެން، ރަށުގެ ކުޑަ ބޮޑު މިނަށާއި މުއްދަތު އިތުރުކުރަން އެދޭ ތާރީހަށް ބަލާފަ އެވެ. ގަވާއިދާ އެކު މި އަދަދުތައް ޓޫރިޒަމް މިނިސްޓްރީން ހާމަކުރި އެވެ.

އާ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމިއްޖެ ނަމަ ބޮޑު އަަދަބެއް

ފަތުރުވެރިކަމުގެ ބޭނުންތަކަށް ތަރައްގީކުރަން ދޫކޮށްފައިވާ ތަންތަނުގެ ކޮންސްޓްރަކްޝަން މުއްދަތާއި، ކުއްޔާއި ޖޫރިމަނާ މާފުކުރުމާ ގުޅޭ ގަވާއިދުގެ ދަށުން ހުށައަަޅާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަން މަޖުބޫރެވެ. އަދި އާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށް ޑިވެލޮޕަރުންނާ އެކު ވެފައިވާ އެއްބަސްވުންތައް މުރާޖާ ކުރާނެ އެވެ.

މި މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިންމާ ފަރާތްތަކުން ކުއްޔާއި ޖޫރިމަނާ އެއްފަހަރާ ދައްކަން ޖެހޭނެ އެވެ. އެެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ އެޔަށް ވުރެ ކުރިން މަސައްކަތް ނިންމައިފިނަމަ ކުއްޔާއި ޖޫރިމަނާ ދައްކަން ޖެހޭނީ ރިސޯޓު ހިންގަން ފަށާ މުއްދަތުގެ ފެށިގެން ފަސް އަހަރު ދުވަސް ފަހުންނެވެ. އަދި ކުއްޔަށް ހިފާފައިވާ މުއްދަތު (ލީސް ޕީރިއަޑް)ގެ ތެރެއަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުުގައި ރިސޯޓުތައް ނުހެދި މަސައްކަތް އެއްކޮށް ހުއްޓިފައިވާ 70 ވަރަކަށް ރިސޯޓް ޕްރޮޖެކްޓް އެބައޮތެވެ. މިއީ ރާއްޖޭގައި މި ވަގުތު ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާ 119 ރަށުގެ 58 ޕަސެންޓެވެ. މީގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުހިނގާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޕްރޮޖެކްޓުތައް ހިމެނެ އެވެ.

ހޮޓާތަކާއި ގެސްޓްހައުސް ތަރައްގީކުރުމުގެ މި މައްސަލަތައް މަދު ނަމަވެސް، ރާއްޖޭގައި ހޮޓާ ތަރައްގީކުރަން ދޫކޮށްފައިވާ ބައެއް ބިންތަކުގައި ހިންގަމުން ދިޔަ ބައެއް ޕްރޮޖެކްޓުތައް ވެސް ހުއްޓިފައި އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox