ގައުމުގެ ދިފާއުގައި ތެދުވުމަށް އައްބާސް ގޮވާލައްވައިފި
ރަސްމާލެ މަޝްރޫއު ބޭރުގެ ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ތެދުވެ، އަމިއްލަ އެދުމަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް މެންބަރު މުހައްމަދު އައްބާސް ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. މިއަދު ނިންމާ ނިންމުންތަކުގެ ހިތްދަތި ނަތީޖާ އަންނަން އޮތް ޖީލުތަކަށް ތަހައްމަލުކުރަން ޖެހިދާނެ ކަމަށާއި، ވަގުތު ފާއިތުވުމުގެ ކުރިން ގައުމުގެ ދިފާއުގައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.