ރަސްމާލޭގައި ހުންނާނެ ކަމަށް ބުނި ސްކޫލްތައް ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރައީސް މުހައްމަދު މުއިއްޒު: ރަސްމާލެއިން އީގަލް ހިލްސްއަށް ދޭން ނިންމި ސަރަހައްދުގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު: ރަސްމާލެއިން އީގަލް ހިލްސްއަށް ދޭން ނިންމި ސަރަހައްދުގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ސަހަރުގައި މަތީ ފަންތީގެ ތައުލީމު ލިބޭ ސްކޫލްތައް ހުންނާނެ ކަމަށް ބުނަމުން އައި ވާހަކަ ބަދަލުވެ، އެ ތަނުގައި ސްކޫލްތައް ނުހުންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުން ގެނެސްދޭ ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ރަސްމާލެއިން އީގަލް ހިލްސްއަށް ދޭން ނިންމި ސަރަހައްދުގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށާއި އެތަނުގައި ސްކޫލްތައްވެސް އިމާރާތް ނުކުރާނެ ކަމަށެވެ. 

"ރަސްމާލޭގައި މި އަޅާ ތަންތަން ނޫނިއްޔާ ޑިވެލޮޕްކުރާ ތަންތަން. އެތަންތަން ގަންނަ ފަރާތްތަކުން ނޫނިއްޔާ އެތަންތަނަށް ވިޒިޓްކުރާ ޓޫރިސްޓުން އެތަންތަނަށް އައިސްފައި ދާނެ. އެތަންތަނުގައި އެފަރާތްތަކުގެ އެއްވެސް ކަހަލަ ދީނީ ކަންކަމަކަށް ފުރުސަތެއް ނޯވޭ،" ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވި އެވެ. 

"އެތާކު ނުހުންނާނެ ސްކޫލެއްވެސް އެނގޭތޯ. ރަސްމާލޭގައި އީގަލް ހިލްސް ޕްރޮޖެކްޓް ނޫނިއްޔާ އީގަލް ހިލްސް އިންވެސްޓްމަންޓް ހިންގާ  ސަރަހައްދު 500 ހެކްޓަރުގެ ސަރަހައްދުގައި ނުހުންނާނެ ސްކޫލެއް އިމާރާތްކޮށްފައިވެސް. މިއީވެސް ދައްކާ ވާހަކައެއް."

ނަމަވެސް ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ހައުސިން މިނިސްޓްރީ އާއި އީގަލް ހިލްސް ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެތަނުގައި ސްކޫލްތަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި، ފެންވަރު ރަނގަޅު އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓަާފްރަންޓް މަގުތަކާއި، ރެސްޓޯރެންޓުތަކާއި، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ސިއްހީ މަރުކަޒުތައް ހިމެނޭނެ އެވެ.

މުއިއްޒު ވިދާޅުވީ ރަސްމާލޭގައި އީގަލް ހިލްސްއަށް ދިން ސަރަހައްދުގައި ދިވެހިންގެ ފުލުހުންގެ މަރުކަޒު ހުންނާނެ ކަމަށާއި މިސްކިތްތައްވެސް ގާއިމުކޮށްފައި ހުންނާނެ ކަމަށެވެ. ނަމަވެސް ބަޔަކު މީހުން އަންނަނީ އެތަނުގައި މިސްކިތްތައް ނުހުންނާނެ ކަމަށް ބުނެ ދޮގު ވާހަކަ ފަތުރަމުން ކަމަށާއި އެއީ ބިރުވެރިކަން އުފައްދަން ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އެތަނުގައި ހުންނާނެ ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ މަރުކަޒު. ދިވެހި ފުލުހުންގެ މަރުކަޒު. އެބަ ވާހަކަދައްކާ އެތަނުގައި ދިވެހިންގެ ޕޮލިސް ސްޓޭޝަނެއްވެސް ނުހުންނާނެއޭ. މިއީ ދިވެހިރާއްޖެއިން ބޭރު ތަނެއް ގޮތުގައި މީހުންގެ ސިކުނޑިއަށް ވައްދަދޭން އެތަނުގައި މިސްކިތެއްވެސް ނުހުންނާނެއޭ. އެތާ ފައްޅި ހުންނާނެއޭ. އެތަނުގައި  އައިސް އުޅޭ މީހުންގެ ކުދިން ކިޔަވާނެ ސްކޫލްތައް ހުންނާނެއޭ ކިޔައިގެން ބިރު ހިތަށް ވައްދަން މި ކުރާ ކަންކަމަކީ ހެޔޮ ނިޔަތަގައި ކުރާ ކަންކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެއަށް އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ. އެކަމަކު އީގަލް ހިލްސް އިން ބުނަނީ އެ ކުންފުނިން އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. އަލައްބާރު ފަހުން ވިދާޅުވީ 20 ބިލިއަން ޑޮލަރަކީ އެތަނުގެ މަސައްކަތް ނިމުމުން ތަނުގެ އަގު ހުންނާނެ މިންވަރު ކަމަށެވެ. 

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ރަސްމާލެ ހިއްކުމުެގ ޕްރޮޖެކްޓަކީ ޑިސެމްބަރު 17، 2023 ގައި ފެށި ޕްރޮޖެކްޓެކެވެ. އޭރު ބުނީ އަށް މަސް ތެރޭގައި ބިން ހިއްކާ ނިންމާލާނެ ކަމަށެވެ. ނަމަވެސް އެ ތާރީހާއި އެ ފަހުން ދިން އެއްވެސް ތާރީހަކަށް ރަސްމާލެ ހިއްކާ ނުނިމޭއިރު، މިއަދާ ހަމައަށް މި ޕްރޮޖެކްޓަށް 1000 އަށް ވުރެ ގިނަ ދުވަސް ވޭތުވެއްޖެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox