ރަސްމާލޭން އީގަލް ހިލްސްއަށް ދޭ ބައި ހިއްކަން ފަށައިފި

ރަސްމާލޭގައި ހިއްކާ ނިންމާފައިވާ ރެޒިޑެންޝަލް ޒޯން: އީގަލް ހިލްސްއަށް ދެނީ ފަޅުގެ އަނެއް ބިތުން ހިއްކާ ބައި --- ފޮޓޯ: އަދަދު

ރަސްމާލޭގައި ހިއްކާ ނިންމާފައިވާ ރެޒިޑެންޝަލް ޒޯން: އީގަލް ހިލްސްއަށް ދެނީ ފަޅުގެ އަނެއް ބިތުން ހިއްކާ ބައި --- ފޮޓޯ: އަދަދު

މާލެ ކައިރީ އޮންނަ ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލޭގައި ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލާ ސަރަހައްދު ހިއްކަން ފަށައިފި އެވެ. 

އަދަދު އިން ބެލި ސެޓެލައިޓް ފޮޓޯތަކާއި ވެސްލް ޓްރެކިން ޑޭޓާއިން ދައްކާ ގޮތުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސައިޓުތައް ހިއްކަން އުޅުނު ޔާން ޑަ ނަލް ގެ "ލީވް އެރިކްސަން" ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި އުޅަނދު ދުއްވި ދުވެއްޔާއި ރޫޓުން، އެ ޑްރެޖަރުން ބިން ހިއްކަން ފަށާފައިވާ ކަން ވަނީ ކަށަވަރުވެފަ އެވެ. ބެލެވޭ ގޮތުގައި، މި ޑްރެޖަރުން ހިއްކަމުން އަންނަނީ ރަސްމާލޭގެ އެންމެ ބޮޑު ސައިޓު ކަމުގައިވާ "ސައިޓު ޑީ" އެވެ.

މި ސައިޓަކީ ތިން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ރަސްމާލެ ހިއްކަން އުޅުނުއިރު، އިންޑިއާގެ މޯހަން މުތާ ކުންފުންޏާ ހަވާލުކުރި ސައިޓެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ ކުންފުނީގެ ހަވާލުގައި ހުރި އެއްވެސް ސައިޓެއްގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. 

ބިން ހިއްކުމުގެ މަސައްކަތް ހުއްޓުނުތާ އަހަރެއް ފަހުން، މޯހަން މުތާގެ ސައިޓުތައް ހިއްކަން ފަށާފައި މި ވަނީ އީގަލް ހިލްސްއާ އެއްބަސްވުމުގައި ސޮއިކުރުން އަވަސް ކުރުމުގެ ގޮތުންނެވެ.

މޯހަން މުތާއާ ހަވާލުކޮށްފައިވާ ސައިޓުތައް

  • ސައިޓު ޑީ -  264 ހެކްޓަރު
  • ސައިޓު އެފް - 24 ހެކްޓަރު
  • ސައިޓު ޖީ - 31 ހެކްޓަރު
  • ސައިޓު އެލް - 59 ހެކްޓަރު

މި ނޫހަށް މައުލޫމާތު ދިން މަސްދަރަކުން ބުނީ ސަރުކާރުން ވަނީ މި އަހަރުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކާ ނިންމަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްއޭސީއެލްއަށް އަންގާފަ އެެވެ. އެ މީހާ ބުނީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނޭ ކަމަށް ދެ ކުންފުނިން ވެސް ޔަގީންކަން ދީފައިވާ ކަމަށެވެ. 

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ސެޓެލައިޓް ފޮޓޯތަކުގެ ޓައިމްލައިން

މިހާތަނަށް އެއްކޮށް ހިއްކާ ނިމިފައި ވަނީ، ފުށިދިއްގަރު ފަޅުގެ ދެކުނުގައި ހުރި ސައިޓުތަކެވެ. ސަރުކާރުން ބުނަނީ ރެސިޑެންޝަލް ޒޯނުތައް އޮންނާނީ މި ސަރަހައްދުގައި ކަމަށެވެ. އެއީ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމެވެ. ބާކީ އޮތް ސަރަހައްދަކީ އީގަލް ހިލްސްއަށް ދޭ ބިމެވެ. 

އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ފުށިދިއްގަރު ފަޅުން ގާތްގަނޑަކަށް 700 ހެކްޓަރުގެ ބިން ހިއްކައިފި އެވެ. މިއީ އީއައިއޭ ރިޕޯޓުގައި ހިއްކަން ހުއްދަ ދީފައިވާ 1000 އެއްހާ ހެކްޓަރުގެ 70 ޕަސެންޓެވެ.

އެމްއޭސީއެލްގެ އިތުރުން ރަސްމާލެ ހިއްކުމުގައި ދެން ހަރަކާތްތެރިވަމުން ދަނީ ޗައިނާ ހާބާ އިންޖިނިއަރިން (ސީއެޗްއީސީ) އިންނެވެ. އެ ކުންފުންޏާ ހަވާލުކުރި "ސައިޓު ސީ" ގެ ބިން ހިއްކުން އެއްކޮށް ނިމިފައިވާއިރު، "ސައިޓު އީ" ގެ މަސައްކަތް އަދި ނުފަށަ އެވެ. 

ރަސްމާލެ ޕްރޮޖެކްޓަކީ ޑިސެމްބަރު 17، 2023 ގައި ފެށި ޕްރޮޖެކްޓެކެވެ. އޭރު ބުނީ އަށް މަސް ތެރޭގައި ބިން ހިއްކާ ނިންމާލާނެ ކަމަށެވެ. ނަމަވެސް އެ ތާރީހާއި އެ ފަހުން ދިން އެއްވެސް ތާރީހަކަށް ރަސްމާލެ ހިއްކާ ނުނިމޭއިރު، މިއަދާ ހަމައަށް މި ޕްރޮޖެކްޓަށް 1000 އަށް ވުރެ ގިނަ ދުވަސް ވޭތުވެއްޖެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox