ހަބަރުއޮމާނަށް ދިޔަ ދިވެއްސަކަށް އެތެރެ ނުވެވުނު މައްސަލައެއް
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިިދިޔަ މާޗް މަސް ތެރޭގައި ވަނީ, ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ ކަން ހާމަކޮށްފަ އެވެ. އޭރު ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އޮން-އެރައިވަލް ވިސާ ލިބޭނީ, ދެ ހަފުތާގެ މުއްދަތަށެވެ.
ހަބަރުޕީޕީއެމް/ޕީއެންސީ އިން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ
ޕީޕީއެމްގެ ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު 'އަދަދު' އަށް ވިދާޅުވީ, ޕީޕީއެމާއި ޕީއެންސީި ދެ ޕާޓީ ގުޅިގެން މަޖިލިސް އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލުތައް އެ ޕާޓީން އަދި ނުނިންމާ ކަމަށް ތޮލާލް ވިދާޅުވި އެވެ.
ހަބަރުއެމްޑީޕީން މަޖިލިސް އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު މިއަދު 'އަދަދު' އަށް ވިދާޅުވީ މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީން ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ ކަމަށެވެ. އެއީ މި އަހަރު މަޖިލީހަށް އިތުރުކުރާ ގޮނޑިތައް ވެސް ހިމެނޭހެން ކަމަށް އޭނާ ވިދާޅުވި އެވެ.

