އެމްޑީޕީގެ ރޫހު ހުރީ ނަޝީދުގެ މައްސަލަ ދޫކޮށްލާ ގޮތަކަށް ނޫން: އަސްލަމް

އެމްޑީޕީ ޕީޖީ ބައެއް މެންބަރުންނާއި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް; ނަޝީދުގެ މައްސަލައަށް ދޫނުދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ޝާބިން/ އަދަދު

އެމްޑީޕީ ޕީޖީ ބައެއް މެންބަރުންނާއި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް; ނަޝީދުގެ މައްސަލައަށް ދޫނުދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ޝާބިން/ އަދަދު

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުންގެ ރޫހު ހުރީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ދޫ ދޭގޮތަށް ނޫން ކަމަށް އެ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅުމަށްފަހު މިއަދު އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މި މައްސަލަ އަނބުރާ ގެންދަން އެއްވެސް ވަރަކަށް ޕާލިމަންޓްރީ ގްރޫޕުން ބޭނުން ނުވާ ކަމަށެވެ.

"ޕާލިމަންޓްރީ ގްރޫޕުގެ ރޫހެއް ނެތް މި މައްސަލަ އެއްވެސް ވަރަކަށް, އެއްވެސް ގޮތަކަށް ދެން ނަގާކަށް. ވަރަށް ސާފުކޮށް, ވަރަށް އެކަތިގަނޑަކަށް ބުނަމުން ގެންދަނީ މި މައްސަލަ ކުރިއަށް ގެންދަން ބޭނުން ކަމުގައި" އަސްލަމް ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮއާއެކު އެވެ. އަސްލަމް ވިދާޅުވި ގޮތުގައި މި މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅީ ގަރާރުގައި ސޮއިކުރަން ބޭނުންވެވަޑައިގެން ތިއްބެވި އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ވެސް ސޮއާ ނުލާ ކަމަށެވެ. އަދި ގަރާރުގައި ސޮއި ނުކުރެވުނު އެމްޑީޕީގެ ބައެއް މެންބަރުން ވެސް ތިއްބެވިކަން އަސްލަމް ފާހަގަކުރެއްވި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔައީ އެކަމަށް ވަރަށް ގިނަ މެންބަރުން އެދިވަޑައިގެންނެވުމުން ކަމަށާއި, އެއީ ބައެއް މެންބަރުން އެހާ ހިތްހަމަޖެހިވަޑައިގަންނަވާ ނިންމުމަކަށް ނުވުމުން ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އޭރު މައްސަލަ އަނބުރާ ގެންދިޔަ އެއް ސަބަބަކީ މަޖިލިސް ރައީސް ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓާއެކު ގުޅިގެން މަސައްކަތް ކުރުމަށް ޖާގަ ހޯދުމެވެ.

"މަޖިލީހުގެ ރައީސް ނިސްބަތްވެ ވަޑައިގަންނަވަނީ ދަ ޑިމޮކްރެޓަށް. އަޅުގަނޑުމެން ބެލީ ފުރަތަމަ ބުރަށްފަހު ޑިމޮކްރެޓާއެކު އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް. އެ މަސައްކަތްތަކެއް ކުރެވޭނެ ޖާގައެއް ހޯދުމަށް އަދި އުއްމީދު ކުރީ މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތަވާ, މަޖިލިސް ކުރިއަށް ގެންދަވާނެ ކަމަށް" އަސްލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަންކަން ފާހަގަ ނުވެ, މަޖިލީހުގެ ރައީސް އަމިއްލަ މަސްލަހަތު ކުރި ކަންކަމަށް އިސްކަން ދެއްވަމުން ގެންދެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox