ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ މަސައްކަތްތައް ނުނިމޭތީ, މާދަމާ ވެސް ސަރުކާރު ބަންދުކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ, އިލެކްޝަންސް ކޮމިޝަނުގެ އެދުމުގެ މަތިން މާދަމައަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާ ކަމަށެވެ.
އިލެކްޝަންސް އިން އެފަދައިން އެދުނީ އިންތިހާބުގެ މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ކުރަންޖެހުނު މަސައްކަތްތައް އަދި ނުނިމޭތީ ކަމަށް މިއުވާން ވިދާޅުވި އެވެ.
އިންތިހާބުގެ މަސައްކަތްތައް ނުނިމޭތީ މިއަދަކީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށްފަހު ވެސް އިންތިހާބުގެ މަސައްކަތްތައް ނިންމަން ޖެހިގެން އައި ދެ ދުވަސް ސަރުކާރު ބަންދު ކުރި އެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގައި, ރާއްޖޭގެ އިންތިހާބީ ރައީސްގެ މަގާމު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް އަދި މިވަގުތު މަލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެނާ އިންތިހާބު ކާމިޔާބު ކުރެއްވީ 120,000 އަށްވުރެ ގިނަ ވޯޓާއެކު 54 ޕަސަންޓު ހޯއްދަވައިގެންނެވެ.













