ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން، ކެމްޕެއިނަށް ފައިސާ ހޯއްދަވާ ގޮތާއި ހަަރަދުކުރައްވާ ގޮތުގެ ތަފްސީލު ހޯދަން، އެ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންނަށް ހުށަހެޅުމުން އެ ތަފްސީލު ނުދެއްވައި އެންމެ ބޭފުޅުން ވެސް މައުލޫމާތު ހިފެއްޓި ކަމަށް އިއްޔެ ރިޕޯޓު ކުރި އެވެ.
ކެމްޕޭނަށް ފައިސާ ހޯއްދަވާ ގޮތާއި ހަރަދުކުރައްވާ ގޮތުގެ ތަފްސީލު ދެއްވުން އެދި "އަދަދު" އިން އަށް ކެންޑިޑޭޓުންނަށް ވެސް ފޮނުވީ ސިޓީ އެކެވެ. އެ ތަފުސީލު ހޯދަން ބޭނުންވާ ހަ ސުވާލެއް އެ ސިޓީގައި ހިމަނާފައި ވާނެ އެވެ.
ކެމްޕެއިނަށް ހަރަދުކުރައްވާ ގޮތާ ގުޅޭ ސުވާލުތައް
- ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް (އޮގަސްޓު 15 ވަނަ ދުވަހުގެ ނިޔަލަށް) ލިބިފައިވާ ފައިސާގެ އަކީ ކިހާވަރެއްތޯ؟
- ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފައިސާ ނުހިމެނޭ ގޮތަށް ލިބިފައިވާ އެހެނިހެން އެހީތަކަކީ ކޮބައިތޯ ؟
- ކެމްޕޭނަށް ފައިސާ އާއި އެހެނިހެން ގޮތް ގޮތުން އެހީ ދީފައިވަނީ ކޮން ފަރާތްތަކަކުންތޯ ؟ (އެ ފަރާތްތަކުން ދީފައިވާ އެހީ އެނގޭ ގޮތަށް)
- އަމިއްލަ ބަޖެޓުން ކެމްޕޭނަށް މިހާތަނަށް ހޭދަކުރީ ކިހާވަރެއްތޯ ؟
- މި އޮގަސްޓު 15ގެ ނިޔަލަށް ކެމްޕޭނުގެ އެކިއެކި ކަންކަމަށް ހަރަދު ކުރެވިފައިވަނީ ކިހާ ވަރެއްތޯ؟
- ކެމްޕޭނު ހަރަދުގެ މައިގަނޑު ދާއިރާތަކާއި ހަރަދު.
- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އަނެއް ހަ ކެންޑިޑޭޓުންނަށް ވެސް މި ސުވާލުތައް ފޮނުވުމުން އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވަ އެވެ.
ޕާޓީތަކުން ބުނަމުން ދަނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައިވާ ގޮތުގެ މަތިން، މި އިންތިހާބު ނިމުމުން އެ ހަަރަދުތަކުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން
ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަ،
މާލެ ސަރަހައްދަށް އެކަނި 65,000 ގެދޮރު, އެއީ ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި ހިމަނައިގެން ގާއިމުކޮށްދިނުން އަޅުގަނޑުމެންގެ ޕްލޭނަކީ. އެއީ ގުޅީފަޅާއި, ގިރާވަރު ފަޅާއި, ފުށިދިއްގަރު ފަޅާއި, މާލެ ރީޑެވެލޮޕް ކުރީމާ ހުސްވާ ބިންތަކާއި, މި ހުޅުމާލޭ އާއި ވިލިމާލެ މި ހުރިހާ ތަނަކުން ލިބޭ ބިންތައް އެއްކޮށްލައިގެން 65,000 ގެދޮރު ގާއިމުކޮށްދޭނަން,"
ދުވަހުގެ ފޮޓޯ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ޑރ. މުއިއްޒުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތު ހާމަކުރަން ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު













